Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ނިމުމެއްނުވާ ހިތާމަ………

Husaan Level 1100 Login
August 26, 2021 2 Mins Read
1 Comment

ޖުމާނާއާއި އަހަރެންގެ ކައިވެންޏަށް 3 އަަހަރު ވެއްޖެެއެވެ. އަމާންކަމާއި އުފާވެރި ކަމާއެކުގައެވެ. މިހާރު އަހަރެމެންނަށް ދެކުދިން ލިބިއްޖެެއެވެ. އަނޫފް އާއި އަލޫކެވެ. ދުޅަހެޔޮ، އުފާވެރި ސިއްހަތެއްގައި އެދެކުދިން ބަލައި ބޮޑުކުރުމުގެ ބުރަ މަސްއޫލިއްޔަތު ގިނައިން އުފުލަމުން ދަނީ ޖުމާނާއެވެ. އަހަރެން ވަޒީފާ އަދާކުރަމުންދާތީ، ގިިނަ ފަހަރު އެކުދިންނާއި ޖުމާނާ ގާތުގައި ގޭގައި މަޑުކޮށް ނުލެވެއެވެ. އާއެކެވެ. އަހަންނަކީ ބިޒީ ޝެޑިއުލެއްގެ ވެރިޔަކީމެވެ. ނަމަވެސް މިހުރިހާ މަސައްކަތެއް ކުރަމުން މިދަނީ ހަމަ އެކަނި އަހަރެންގެ ދެފިރިހެން ކުދިންގެ ހައްޤުއެވެ. ޖުމާނާގެ އުފަލައްޓަކައެވެ.

އޮފީސް ބަންދުވެ، އަހަރެންނަށް 1 މަސްދުވަހުގެ ދިގު ޗުއްޓީއެއް ލިބިއްޖެއެވެ. ހަމަ އެހެންމެ އިސްކޫލްގެ ކިޔެވުންވެސް ބަންދުވެ، އަނޫފް އާއި އަލޫކަށް ވެސް ޗުއްޓީ ލިބުނެވެ. އަހަރެންގެ ސިކުޑީގައި ޚިޔާލުތަކެއް ކަނޑާ، ނަގަން ފެށުނީ އެހާ ހިސާބުންނެވެ. އެތަށް ގޮތަކަށް ވިސްނުމަށްފަހު އަހަރެން ޖުމާނާއާއި މަޝްވަރާ ކުރީމެވެ. ޖުމާނާއަށް އަހަރެންގެ ޚިޔާލު ވަރަށް ކަމުދިޔައެވެ. އަހަންނަށް ފެނުނީ ޖުމާނާގެ މޫނު މަތިން އުފާވެރިކަމެވެ. ސާދަ ފަނަރައިގެ ހަނދުގެ އަލިކަން ފަދައިން ޖުމާނާގެ މޫނު ވަނީ އުޖާލާވެފައެވެ. ޖުމާނާއާއި އަހަރެން ނިންމީ ދެކުދިން ގޮވައިގެން ކައިރީގައިވާ ވައްކަރު ރިޒޯޓަށް ޗުއްޓީ ހޭދަކޮށްލުމަށް ދިޔުމަށެވެ.

އޭގެ ދެދުވަސް ފަހުން އަހަރެމެން ތިބީ ވައްކަރު ރިޒޯޓުގައެވެ. ހިތްގައިމު މާހައުލެއްގައި އަނޫފް އާއި އަލޫކްގެ އުފަލުން އުތުރި އަރާފައިވާ، ހިތްތަށް މަޖާ ކުރަމުންދާ މަންޒަރުތައް ބެލުމަށް އަހަރެމެން ދެމީހުން ދުވާލުގެ ކޮންމެ ވަގުތެއްވެސް ހޭދަކުރަމުން ގެންދިޔައީމެވެ. ކުޑަ ދެކުދިން ގޮވައިގެން ޗުއްޓީ ހޭދަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ވެސް އަހަންނަށް އިނގެއެވެ. ނަމަވެސް އަހަރެންގެ މަގުސަދަކީ މި ޗުއްޓީ އުފާވެރިގޮތަކަށް ހޭދަކޮށްލުމެވެ. ރިޒޯޓުގައި ހޭދަކުރުމަށް ނިންމާފައިވާ 7 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކީވެސް ހަނދާނުން ފޮހެލަން އުނދަގޫ ދުވަހަކަށް ހެދުމެވެ. ކޮށްޓެއްގައި ސިންގާއެއް ބަންދު ކޮށްފައި އިންނަ ފަދައިން އެ ހަދާންތައް އަހަރެންގެ ޑައިރީގައި ރައްކާކޮށްފައި ބެހެއްޓުމެވެ.

ވައްކަރުގައި ދެވަނައަށް ވީދުވަހެވެ. މޫދު ކުޅިވަރުތަކާއި، އަތިރިމަތީގެ ހިތްގައިމުކަން ލިބިގަތުމަށް ހަމަޖެހިފައިވާ ދުވަހެވެ. އަހަރެންނާއި ޖުމާނާ، ދެކުދިން އަތުގައި ހިފައިގެން ރިޒޯޓުގެ އެންމެ ރީތި އަތިރިއަށް ދިޔައީމެވެ. އެކި ކުލަކުލައިގެ މާތަކުން ޖަރީވެފައިވާ ގަސްތަކާއި ހިމުން ދޮންވެލީގެ ސާލެކެވެ. “ހާދަހާވެސް ރީއްޗޭ…” އަހަރެން ހިތަށް އެރިއެވެ. އަނޫފް އާއި އަލޫކް ގާތު މޫދާއި އެހާ ކައިރިނުވުމަށް ޖުމާނާ އެންގިއެވެ. އަހަރެން އެ ހިމުން ދޮންވެލިގަނޑުމަތީީ އޮށޯވެލި ތަނާ ނިދިއްޖެއެވެ. ކުއްލިއަކަށް އަހަންނަށް ހޭލެވުނީ ޖުމާނާގެ ހަޅޭކުގެ އަޑަށެވެ. އެވަގުތު އަހަންނަށް ފެނުނީ ކައިރީގައި ތިބި އެހެން މީހުންވެސް އަހަރެމެން ތިބި ސަރަހައްދަށް އަންނަ މަންޒަރެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ކަށަވަރެވެ. އަހަރެން ދެން ބެލީ އަނޫފް އާއި އަލޫކް ކޮބައިތޯއެވެ. އެދެކުދިން ފެންނަން ނެތުމުން އަހަރެންގެ ހިތްު ބާރަށް ތެޅެންފެށިއެވެ. މޭ ކަށިގަނޑު ފަޅާފަ ނިކުންނަހެން ވެސް ހީވިއެވެ. މޫދުކައިރީގައި މީހުން އެއްވެ ތިބިތަން ފެނުމުން ދުވެފައި އަހަރެން އެދިމާލަށް ދިޔައީމެވެ. ވަޅިއަކުން ހަރު އެއްޗެއް ކަފާހެން، އަހަރެން މީހުންތަށް ދުރުކުރަމުން ގޮސް ހުއްޓުނީ ޖުމާނާ ކައިރީގައެވެ. ޖުމާނާ ވެލިގަނޑުމަތީ އިށީނދެލައިގެން އިނީ، ދެކޮނޑުގައި ދެކުދިން ބާއްވައިގެން ބާރު ބާރަށް ރޮމުންނެވެ. އާއެކެވެ. އަހަންނަށް ވެގެން އުޅޭ ގޮތްވެސް އެނގިއްޖެއެވެ. އަހަރެންގެ އެލޯބިވާ ދެކުދިން ތާއަބަދަށް މި ދުނިޔެއާއި ވަކިވީއެވެ. އުފާވެރި މިޗުއްޓީ މިބަދަލުވީ ހިތާމައިގެ ތޫފާނަކަށެވެ. އަހަންނަށް ވާނުވާ އެއް ނޭނގެއެވެ. ރޮވޭހެން ހީވިއެވެ. ތުރުތުރު އަޅާހެން ހީވިއެވެ. އަހަންނަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ހުރިހާ ހިތާމައެއް ބަންޑުން ކޮށްލީމެވެ. ބާރަށް ޖުމާނާގެ ގައިގައި ހިފެހެއްޓުމަށްފަހު ރޯން ފެށީމެވެ. އެކަމަކު އިރުކޮޅެއް ނުވެ، އަހަރެންގެ ހެޔަށް ގޮތްވެ، ބިންމައްޗަށް ތިރިވިއެވެ.

 

………………………………………………………ނިމުނީ………………………………………………………..

Share Article

Follow Me Written By

Husaan

Level 1100 Login

Other Articles

Previous

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 4

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ ( ނަވާވީސް ވަނަ ބައި)

Next
August 26, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ ( ނަވާވީސް ވަނަ ބައި)

Previews
August 26, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 4

One Comment

  1. Husaan says:
    August 26, 2021 at 11:03 am

    Hey guys….
    Its me again…after a llllooonnnggggggg time….
    Hope u like this…

    Insha allah adhi vrh avahah ehn vhk eh vx liyaanan…. Mi v ha dhuvaheh nuve avs musthagubalehga kiyaalevey varu vaane…??

Comments are closed.



All Right Reserved!