ސިޓީ -މުޙައްމަދު ދީދި/ހ.ވައިޓްމޫން- އަލަމާރީގައި ހުރި ބައެއް ސާމާނުތައް ރަމަތަކުރަމުން އަލަމާރީގެ އެކިވަތްގަޑުތަކަށް ބަދަލުކުރަމުން ދަނިކޮށް އަލަމާރީގެ އެއްމެ މަތީވަތްގަނޑުގައި ބާއްވާފައިއޮތް ޑެނިސް ރޮބިންސްގެ “މޯ ދޭން ލަވު” މި ވާހަކަފޮތެއް ވެއްޓިއްޖެއެވެ. ވާހަކަފޮތް ވެއްޓުމާއެކު ފޮތުގެ ތެރޭގައިއޮތް ސިޓީ ވެސް ފޮތުގެތެރެއިން ކޮޓަރީގެ ކާރޕެޓުމައްޗަށް ވެއްޓިއްޖެއެވެ. ނާޒުނީނަށް ސިހިގެންގޮސް ކުއްލިއަކަށް އެ ސިޓީއަށް ބަލައިލެވިއްޖެއެވެ. އެ ސިޓީއަކީ ނާޒުނީން ވަރަށް ފަރުވާތެރިކަމާއެކު ފޮރުވައިފައިއޮތް ސިޓީ އެކެވެ. އޭނާގެ ހިތުގައި ފޮރުވާފައި ވާ ޙަޔާތުގެ ސިއްރެކެވެ. އެއްވެސް […]