މާލޭ މާފަންނުގައި ހުރި ގެއެއްގެ އަށްވަނަ ބުރިއެވެ. ވާރޭކެރިތައް ބިމަށް ވާސިލުވަމުންދިޔައީ ހުއްޓުމެއްނެތިއެވެ. ކޮފީތަށި ހިފައިގެން ހިޔާކޮށްފައިވާ ބެލްކަންޏަށް އަހަރެން ނިކުތީ މަންޒަރު ބަލާލުމަށެވެ. މަގުތަކުގައި އެކި ކުލަކުލައިގެ ކުޑަހިފައިގެން އުޅޭ މީހުން ވަރަށް ގިނައެވެ. ޖެހެމުންދާ ފިނިފިނި ވައިރޯޅިން ގަސްތަަަށް ހެލެމުންދިޔައީ ބިރުވެރިގޮތަކަށެވެ. މިދުވަސް އަހަރެންގެ މާޒީގެ ސަފުހާއަކާ ވަރަށް ވައްތަރެވެ. އެކަމަކު މިއަދު މަދީ އޭނައެވެ. ކުޑައިރުއްސުރެ އަހަރެމެން ދެމީހުންނަކީ ގާތް ރަހުމަތްތެރީންނެވެ. “ބެސްޓް ފްރެންޑްސްއެވެ.” ވާހަކަ ނުދެކެވޭ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ދިޔަނަމަވެސް […]
މިއަދަކީ އަހަރެން ޗުއްޓީއަށް މާލެއައިދުވަހެވެ. ވަގުތަކީ މެންދުރުގެ ރަތްދަކަ އަވިދިން ވަގުތެވެ. އަހަރެންނާއި އަހަރެންގެ އެކުވެރި ސަމާއާއެކު އުޅެން ހަމަޖެހިފައިވާ ގެއަށް އާދެވުނުއިރު ގަޑިން އެކެއްޖަހައި ބޮޑުވެއްޖެއެވެ. ކާރުން ފޭބުމަށްފަހު ޑްރައިވަރު އަތަށް ރަންދިހަ ފަހެއް ނޫޓުގެ 100 ރުފިޔާ ދިއްކޮށްލުމުން އޭނާގެ ދަތްޕިލަ ސޭލުއަޅުވާލުމަށްފަހު ހިނގައްޖެއެވެ. ހަށިފުރާ ފުން ނޭވާއެއްލުމަށްފަހު މަގުގެ ދެކޮޅު ބަލާލީމެވެ. ހާދަހާވާ މީހުން ގިނައެވެ. މަސްމާރުކޭޓަށްވުރެ ކަންތައް ނުބައެވެ. ދަތުރުކުރުމުން ވެފައިވާ ވަރުބައްޔެއްގެ ސަބަބުން އަވަހަށް ތަންމައްޗެއްގައި އޮށޯވެލުމަށް ހިތް ކިޔަން […]