Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަމަޖާ

އެކުވެރިޔާ

Hijabi
Hijabi Level 1
July 31, 2023 One Min Read
1 Comment

މިއަދަކީ އަހަރެން ޗުއްޓީއަށް މާލެއައިދުވަހެވެ. ވަގުތަކީ މެންދުރުގެ ރަތްދަކަ އަވިދިން ވަގުތެވެ. އަހަރެންނާއި އަހަރެންގެ އެކުވެރި ސަމާއާއެކު އުޅެން ހަމަޖެހިފައިވާ ގެއަށް އާދެވުނުއިރު ގަޑިން އެކެއްޖަހައި ބޮޑުވެއްޖެއެވެ. ކާރުން ފޭބުމަށްފަހު ޑްރައިވަރު އަތަށް ރަންދިހަ ފަހެއް ނޫޓުގެ 100 ރުފިޔާ ދިއްކޮށްލުމުން އޭނާގެ ދަތްޕިލަ ސޭލުއަޅުވާލުމަށްފަހު ހިނގައްޖެއެވެ. ހަށިފުރާ ފުން ނޭވާއެއްލުމަށްފަހު މަގުގެ ދެކޮޅު ބަލާލީމެވެ. ހާދަހާވާ މީހުން ގިނައެވެ. މަސްމާރުކޭޓަށްވުރެ ކަންތައް ނުބައެވެ. ދަތުރުކުރުމުން ވެފައިވާ ވަރުބައްޔެއްގެ ސަބަބުން އަވަހަށް ތަންމައްޗެއްގައި އޮށޯވެލުމަށް ހިތް ކިޔަން ފެށިއެވެ.

އަހަރެން އަތުގައިއޮތް ޒަމާނީ ތަޅުދަނޑިން ފާރުގައި ހަރުކޮށްފައިވާ ހަތަރެސްކަން ބޯޑަކަށް ދިއްކޮށްލުމުން ހުޅުވިއްޖެއެވެ. ފޮށި ތަންމަތި ހިފައިގެން ބާރަށް ހިނގައިފައިގޮސް ރިސެޕްޝަން ޑެސްކު ކައިރީގައި މަޑުކޮށްލީމެވެ. އެތަނުގައި އިން އަންހެންކުއްޖާ ފަރި ގޮތަކަށް ހިނިތުންވެލާފައި އަހަރެންއަތަށް އެހެން ތަޅުދަނޑިއެއް ދިނެވެ. ވަގުތު ބޭކާރުނުކޮށް އެހިފައިގެންގޮސް ލިފްޓަށް އަރާ އަށަކަށް ފިތާލީމެވެ. އެތެރޭގައިހުރި އެޕާޓުމެންޓަށްވަދެ ދޮރުލައްޕާފައި އެނބުރުނުއިރު ހުއްޓުންނޭރީ ކިރިޔާއެވެ.

މާތްކަލާކޯއެވެ! އަނެއްކާ ސަމާ ކޮބައިހެއްޔެވެ؟ އަމިއްލަ ދަރިފަދައިން އޮޅުކޮށްގެން ގެންގުޅޭ ލޯބި ލޯބި ގުރާގެމަތިން ހަނދާންނެތެން އަހަރެންފަހެ މޮޔަވީހެއްޔެވެ. ސަމާ ވީތަނެއް ހޯދަން ސިކުނޑީގެ އެންމެ އަޑިއަށް ފީނައި ނުވިތާކަށް ރާޅާއަޅައި ފަތައިވެސް ނިމިއްޖެއެވެ. އެކަމަކު ހަމަހިލާ ސަމާވީތަނެއް ހަނދާނަކަށްނައެވެ.
ދޫނި ތުނބުން ފުމޭ އަޑަށް އަހަރެން ހޭވެރިކަންވިއެވެ. ބަލާލިއިރު ފޯނަށް ނުދަންނަ ނަމްބަރަކުން ގުޅަނީއެވެ. އަވަސްއަވަހަށް ފޯނު ކަންފަތުޖެހީމެވެ. ގުޅީ ބޭރުގައި ހުރި ސެކިއުރިޓީ އޮފިސަރެވެ. އަދި ގާތުގައި އަހަރެންގެ ގުރާ އެބައިންކަމަށް ޙަބަރު ދިނެވެ. އިންޖިނެއް އިސްޓާޓުކޮށްލުމުންދާ ބާރުމިނުގައި އެއޮފިސަރު ހުރި ދިމާލަށް ދިއުމަށް ދުއްވައިގަތީމެވެ.

އަހަރެން ފެނުމުން ސަމާ އުދުހިލާފައި އައިސް ކޮނޑުމައްޗަށް އެރިއެވެ. ކޮށްފައިހުރި އަސަރުން އަހަރެންގެ ޒަމާންވީ އެކުވެރި ސަމާ މަޑުމަޑުން އަތަށްލައި މަޢާފަށް އެދެން ފެށީމެވެ. އަހަރެން އެވަރަށް މާފަށް އެދުނުއިރުވެސް ސަމާއަށް ކެހެރުވަކެކޭވެސް ހީނުވެއެވެ. ސެކިއުރިޓީ އޮފިސަރު އަހަރެމެންނަށް ބަލާލައިފައި ބޯކަހާލުމަށްފަހު އެތާ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އަހަރެން އޭނާއަށް ޝުކުރު އަދާކުރުމަށްފަހު ސަމާއާއެކު އަނބުރައި އައިކޮޅަށް ދިޔައީ ދެން ދުވަހަކުވެސް ސަމާމަތިން ހަނދާންނަައްތައިނުލަން ހުވާކޮށްގެންނެވެ.

(ނިމުނީ)

Share Article

Hijabi
Follow Me Written By

Hijabi

Level 1

✨aspiring writer✨

Other Articles

Previous

ވިންދޭ ތީ މަގޭ-4

Next

ލޯބީގެ ކުރި ދަތުރު 2

Next
August 2, 2023

ލޯބީގެ ކުރި ދަތުރު 2

Previews
July 31, 2023

ވިންދޭ ތީ މަގޭ-4

One Comment

  1. Hijabi Hijabi says:
    July 31, 2023 at 1:07 pm

    this is my first story I uploaded to this site and I’m looking for ways to improve my story writing skills, so feel free to comment down your thoughts

Comments are closed.



All Right Reserved!