އަހަރެންވެސް ކައިވެންޏެއްކޮށް ދިރިއުޅުމެއްފެށީ ވަރަށް ފޮނި އުއްމީދު ތަކަކާއި އެކުގައެވެ. ފުރަތަމަ ކައިވެނި ރޫޅުނުނަމަވެސް ދެވަނަ ކައިވެނިމަތިގައި މުޅި ހަޔާތްވޭތުކޮށްލަން އަޒުމް ކަނޑައެޅީމެވެ. މާގިނަ ދުވަސްތަކެއްވަންދެން ރައްޓެހިވެގެން ނޫޅެ، ކައިވެންޏާއި ހަމައަށް ދިޔައިވެސް އެހެންވެއެވެ. އަހަރެންގެ ނަޒަރުގައި މިހުން ދަސްކުރަން ޖެހޭނީ ކައިވެނީގެ ފަހުންނެވެ. ކަމުނުދާ ކަންކަން ހުއްޓަސް ފިރިމީހާއަށް ނަސޭހަތްދީ ކެތްތެރިކަމާއިއެކު މައްސަލަތައް ހައްލުކޮށްގެން ދިރިއުޅުމުގެ ނަވު ފާގަތި ބަނދަރަކަށް ގެންްދެވިދާނެހާ ހިތްވަރު އަހަރެންގެ ހިތުގައިއޮތެވެ.. ނަމަވެސް އަހަރެންްްގެ ހަޔާތުގެ ބައިވެރިޔާގެ ހިތުގެ މަންޒިލަކީ އެހެން […]