އަތިރިމައްޗަށް ފުދޭވަރަކަށް ގިނަ މީހުން އެއްވެޖެއެވެ. އެންމެންގެވެސް މޫނުމަތިން ފެންނަނީ ސުވާލުމާކު ތަކެކެވެ. ރަށުގެ ބޭރު ފަޅުގައި މާލެ ދަތުރުކުރާ ބޯޓު އަޅާފައިއޮތްތަން ފެނެއެވެ. އެއްވެފައިވާ މީހުންތައް ފޮޅަމުން އެއްފަރާތް ކުރަމުން ސަކީނާ ދިޔައިރު އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އޭނާގެ ހަރަކާތްތަކަށެވެ. އޭނާގެ އިޙްސާސްތަކަށެވެ. ކޮންމެއަކަސް މިއީ ވަރަށް ޝައުގުވެރި ކުރުވަނިވި މަންޒަރެކެވެ. ވަހީދާއި ސަކީނާގެ ކަޅިއާއި ކަޅިހަމަވި ވަގުތު ގައިން ހީބިހި ނުނަގާ މީހެއް އެތާގައި ނުހުންނާނެކަން ކަށަވަރެވެ. ބައެއް މީހުންގެ ލޮލުން އުފާވެރިކަމުގެ […]
މަޑު ނޫކުލައިގެ ސާފު އުޑުމައްޗަށް އިސާހިތަކު ބިޔަ ބޯ ވިއްސާރަ ވިލާތަކެއް ޖަމާވާން ފަށައިފިއެވެ. ވައިމަޑު، ހަމަހިމޭން ޖައްވު ނުސާފުވެ ވައިބާރުވާން ފަށައިފިއެވެ. ޖެހެމުންދާ ރޯޅިތައް ފިނިވާން ފަށައިފިއެވެ. ތެތްފިންޏެކެވެ. ނަގާފައިވާ ކަޅުވިލާގަނޑުގެ ތެރެއިން އަންނަ ރޯޅިއެކެވެ. އިސާހިތަކު ވާރޭވެހެން ފަށައިފިއެވެ. ވެހެމުން އައި ހިމަފޮދު ވާރޭ ބޯކޮށްލި އިރު މަގުމަތީގައި ސަކީނާ ނޫން އިތުރު މީހެއް ނޫޅެއެވެ. ވެހޭ ވާރޭއަކަށް ބެލުމެއްނެތި، ހިމޭން ހިނގުމެއްގައި މަގުގެ މެދުން ހިގާފައި ދާއިރު މިދުނިޔޭގެ ހެއިވެރިކަމެއް ސަކީނާގެ ނެތީހެން […]