މިފަހަރު ހިއްސާކޮށްލާ ހިތްވަނީ ރަޙުމަތްތެރިއަކަށް ދިމާވި ކަމެކެވެ. އޭރު ޢަލީގެ ( އަސްލު ނަމެއް ނޫން ) ޢުމުރުން ވަރަށް ހަގެވެ. ޢަލީމެންގެ ގޭގައި އޮންނަ އާދައިގެ މަތިންކަމަށްވެސް ވެދާނެއެވެ. އެމީހެއްގެ ޖަންގިޔާ ދޮންނާނީ އެމީހެއްގެ އަމިއްލަ އަތުންނެވެ. އެގޮތުން ޢަލީ ވެސް އޭނާގެ ޖަންގިޔާ ދޮންނަނީ ފެންވަރަން ވަދެ އަމިއްލަ އަތުންނެވެ. ކޮންމެއަކަސް ޢަލީ އަމިއްލަ ޖަންގިޔާ ދޮވުމުގެ ރަނގަޅު އާދައިގެ މަތީގައި ދުވަސްތައް ގުނަމުން ހުރެ އެބައާދެއެވެ. އެކަމަކު މީނާއަށް މައްސަލައެއް ކުރިމަތިވެއްޖެއެވެ. އެއީ […]
މައިލޯ އެއީ މީގެ ދެއަހަރެއް ވަރު ކުރިއެވެ. އަހަރެން އަގޯރާ ފިހާރައަށް ވަނީ އަނބިމީހާ ފޮނުވައިގެން މައިލޯ ދަޅެއް ގަންނާށެވެ. އެފިހާރައިގެ މުއައްޒަފުން ތިބެނީ ރަތްކުލައިގެ ޖެކެޓެއް ހެދުން މަތިންލާފައެވެ. އެއީ އެފިހާރައިގެ ޔުނިފޯމެވެ. ކޮންމެއަކަސް ފިހާރައިގެ ތެރެއިން ރަތްޖެކެޓެއް ލާފައި ހުރި އަންހެން ކުއްޖަކާ ދިމާވެގެން އަހައިފީމެވެ. އަހަރެން : ” ކޮބާ މައިލޯ؟ ” އެކުއްޖާ : ” މިފިހާރަ ކުއްޖެއް ނޫން ” އަހަރެން ހިތަށް އެރީ މިކުއްޖާއަށް އޮޅިގެން އުޅެނީއެވެ. އެހެންވެ […]
އެއީ މީގެ ގާތްގަނޑަކަށް އަށެއްކަ އަހަރު ކުރިއެވެ. އަހަރެންގެ ކިޔެވުން ނިމުމުން ރައްޓިއްސެއްގެ ބައްޕަގެ ފިހާރައަކުން ވަޒީފާ ލިބުނެވެ.އެފިހާރައަކީ ދެބުރިއަށް ހުންނަ ފިހާރައެކެވެ. މަތީބުރީގައި ހުންނަނީ އަންހެނުންގެ ސާމާނެވެ. އަހަރެން އުޅުނީ އެބައިގައެވެ. އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ފިހާރައަށް ދެއަންހެންކުދިން އައެވެ. އަހަރެން ބަލާލިއިރު އޭގެ ތެރެއިން އެއްކުއްޖަކީ އިސްކަންދަރު ސްކޫލުގައި ގްރޭޑް ދޭއްގައި އަހަރެންނާ އެކު އެއް ކުލާހެއްގައި ކިޔެވި ކުއްޖެކެވެ.ނަމަކީ ޝިފާނާ(އަސްލުނަމެއްނޫން) އެވެ. ޝިފާނާއަކީ ކުޑައިރުވެސް ވަރަށް މަޑުންހުންނަ ކުއްޖެކެވެ. ދުވަހަކުވެސް އޭނާއާ ވާހަކަދެއްކި […]