Skip to content
އެސްފިޔަ

ހާފްމޫން

މައިލޯ
އެއީ މީގެ ދެއަހަރެއް ވަރު ކުރިއެވެ. އަހަރެން އަގޯރާ ފިހާރައަށް ވަނީ އަނބިމީހާ ފޮނުވައިގެން މައިލޯ ދަޅެއް ގަންނާށެވެ. އެފިހާރައިގެ
މުއައްޒަފުން ތިބެނީ ރަތްކުލައިގެ ޖެކެޓެއް ހެދުން މަތިންލާފައެވެ. އެއީ އެފިހާރައިގެ ޔުނިފޯމެވެ.
ކޮންމެއަކަސް ފިހާރައިގެ ތެރެއިން ރަތްޖެކެޓެއް ލާފައި ހުރި އަންހެން ކުއްޖަކާ ދިމާވެގެން އަހައިފީމެވެ.
އަހަރެން : ” ކޮބާ މައިލޯ؟ ”
އެކުއްޖާ : ” މިފިހާރަ ކުއްޖެއް ނޫން ”
އަހަރެން ހިތަށް އެރީ މިކުއްޖާއަށް އޮޅިގެން އުޅެނީއެވެ. އެހެންވެ ދެންވެސް ސުވާލުކުރީމެވެ.
އަހަރެން : ” މިބުނީ ކޮބާހޭ މައިލޯ؟ ”
އެކުއްޖާ ( ވަރަށް ލަދުން ހުރެ ) :” މިފިހާރަ ކުއްޖެއް ނޫން ”
އަހަރެން : މިފިހާރަ ކުއްޖެކޭ ނޫނޭ! ކޮބާހޭ މައިލޯ؟ ”
އެކުއްޖާ ( އަނެއްކާވެސް ) : ” މިފިހާރަ ކުއްޖެއް ނޫން ”
އެހިސާބަށް ވާހަކަ ދިޔައިރު ދެބައި ޢުމުރުގެ އަންހެނެއް ވަރަށް ނުރުހުންވެފައި އެބަހުރެ އާދެއެވެ. އަދި އަހައިފިއެވެ. ” ކިހިނެތް ވެގެން މިއުޅެނީ ؟ ”
އެކުއްޖާ ވަކި ޖަވާބެއް ނުދީ އެއަންހެން މީހާ އާ އެކު ހިނގައިގަތީއެވެ.
ވެގެން އުޅޭގޮތް އަދި އޮޅުނު މީހާވެސް އެނގުނީ ދެނެވެ. އެކުއްޖާ އެއީ އެފިހާރަ ކުއްޖެއް ކަމަށް ހީކޮށް އޮޅިގެން މިއުޅެވުނީ ހަމަ ނިކަމެތި
އަޅުގަނޑަށެވެ. އެކުއްޖާ ލަައިގެން ހުރި ރަތް ޖެކެޓު އެއީ އޭނާގެ ހެދުމުގެ ބައެކެވެ.
އޭރު އެކުއްޖާ “މިފިހާރަކުއްޖެއް ނޫނޭ” ބުނީމާ މަށަށް ހީވީ ” މައިލޯ ” ކިޔާ ކުއްޖެއް މިފިހާރައިގައި ނޫޅެއޭ ބުނަނީ ކަމަށެވެ.
އެހެންވީ އަހަރެމެން ކުޑައިރު ގޭދޮށުގައި ” މައިލޯ ބަނޑު ” ކިޔާ މީހެއް އުޅުނީމައެވެ.
މިހުރިހާ ތަފްސީލަކަށް ނުގޮސް ، އަހަރެން އެމީހުން ހިނގާ ގަންނައިރަށް ފަހަތުން ގޮވާލީމެވެ.
” އޭ ވަރަށް ބޮޑަށް ސޮރީ އަޅުގަނޑު ހީކުރީ މިފިހާރަ ކުއްޖެއް ކަމަށް ! “

Comments (10)

  1. ހަހަހަ

    ވަރަށް މަޖާ

  2. Ahmed Majdhee

    ސަޅި

    1. Bethlehem
      Ahmed Majdhee

      Thkiinng like that is really amazing

    2. reinerquotes.com
      Ahmed Majdhee

      I appreciate you taking to time to contribute That’s very helpful.

  3. fathimath Asim

    ސާބަސް

  4. zoyasham

    ހައްހައްހާހާހާ……. އޮޅުނަސް ތިވަރުތަންފުކެއް ބޮޑު…

  5. އައިސަަ

    ނައިސް

  6. naani

    Lolx… :p

  7. shabeen

    salhi

  8. kamana

    majaa

Comments are closed.