ސައިކަލު ޕާކުކޮއްލުމަށްފަހު އަހަރެން ގެއާދިމާލަށް ދުއްވައިގަތީ ވިއްސާރައާ ނުތެމެންވެގެންނެވެ. އަހަރެންގެ ގޭގެ ކައިރީގައި ހުންނަ ބެންޗުތަށް މިހާރު ހުންނަނީ ހިޔާކޮއް ރީތި ކޮއްފަކަމުން އޭގެ ފައިދާ އެސަރަހަށްދު އެންމެންނަށް ކުރެއެވެ. މިކަންމިހެން އޮންނައިރު ގިނައިން ވިއްސާރަރޭތަކައި އެތަނަށް އެންމެ ބާރުބޮޑު ރޭތަކެކޭ ބުންޔަކަސް އެއީ ދޮގެއްހެންނެއް އަހަންނަކަށް ހިޔެއްނުވެއެވެ. އުޑުމަތިން ރޭގަނޑުގެ ފަޅުފިލުވައިދޭން ކޮންމެރެއަކު ވެސް ހުންނަ ތަރިތަށްވަނީ ގެއްލި ރޭގަނޑު ގެ ހަމަޖެހުންވެސް ގެއްލުފައެވެ. މިހާރު އެއް އަޑަކައް އިވިގެން ދަނީ ވައިގެ އަޑެވެ. ނަމަވެސް […]
ކޮޓަރީގެ ކަނުގައި ހުރި މޭޒެއްގެ ދޮށުގައި އަހަރެން އިނީ ފައިލެއް ބަލާށެވެ. ގަލަން އަނގަޔަށް ޖަހައިގެން އެއްވަރަކަށް ބޯލަބޯލާ އިންއިރު އަހަރެންގެ ސިނކުޑިއާއި މުޅި ނަފްސްވެސް ވަނީ އެފައިލްގެ ތެރެއަށް ގޮސް ހުސްވެފައެވެ. ކުންފުނީގެ އިސްވެރިޔާއަށް ވުމާއެކު އަހަރެންގެ މަސައްކަތް ދެގުނަ އިތުރުވެފައި ބުރަ ބޮޑެވެ. ނަމަވެސް އަހަރެން މިމަސައްކަތް ކުރަނީ ވަރަށްވެސް ކުރާހިތުންނެވެ. މިއީ އަހަރެންގެ އެންމެ ބޮޑު އެއް ހުވަފެނެވެ. ކޮޓަރިއަށް ވަތް އަހަރެންގެ ތިން އަހަރުގެ ދަރިފުޅު ފެނުމާއިއެކު ކުރަން ހުރި […]