ހޯދަން ބޭނުން….
ސައިކަލު ޕާކުކޮއްލުމަށްފަހު އަހަރެން ގެއާދިމާލަށް ދުއްވައިގަތީ ވިއްސާރައާ ނުތެމެންވެގެންނެވެ. އަހަރެންގެ ގޭގެ ކައިރީގައި ހުންނަ ބެންޗުތަށް މިހާރު ހުންނަނީ ހިޔާކޮއް ރީތި ކޮއްފަކަމުން އޭގެ ފައިދާ އެސަރަހަށްދު އެންމެންނަށް ކުރެއެވެ. މިކަންމިހެން އޮންނައިރު ގިނައިން ވިއްސާރަރޭތަކައި އެތަނަށް އެންމެ ބާރުބޮޑު ރޭތަކެކޭ ބުންޔަކަސް އެއީ ދޮގެއްހެންނެއް އަހަންނަކަށް ހިޔެއްނުވެއެވެ.
އުޑުމަތިން ރޭގަނޑުގެ ފަޅުފިލުވައިދޭން ކޮންމެރެއަކު ވެސް ހުންނަ ތަރިތަށްވަނީ ގެއްލި ރޭގަނޑު ގެ ހަމަޖެހުންވެސް ގެއްލުފައެވެ. މިހާރު އެއް އަޑަކައް އިވިގެން ދަނީ ވައިގެ އަޑެވެ. ނަމަވެސް މިރޭ އަހަރެން ހައިރާން ވެގެން ދިޔައީ ބެންޗުގެ ދޮށުގައި އެންމެ ކުއްޖަކު ހުރުމުން ނެވެ. މިކަމަށް މާބޮޑު އަޅައިލުމެއް ނުލާ އަހަރެން ހިނގައިގާތީ ގެއާދިމާލަށެވެ. އަވަހަށް ގޭކައިރިއަށް ގޮސް ގޭގެ ބެލްއަޅަމުން ލައިގެން ހުރި ޖިންސުގެ ޖީބުން ތަޅުދަޑި ހޯދަން ފެށީ ކޮއްކޮ ނިދާފައި އޮންނާނެކަން އެނގި ހުރެއެވެ. އެއީ އެއްބައިރޭރޭ ކޮއްކޮވެސް ކަންތައްތަށް ކުރާގޮތަށް ވާތީ އެވެ. ކުއްލިއަކަށް އެއްލިކަޅިއަކުން އަހަންނަށް ފެނިގެންދިޔައީ ބެންޗު ދޮށުގައި ހުރި ޒުވާނާގެ މޫނެވެ. އަހަރެން ކުރާކަންތަށް ބަލަހަށްޓައި ހުރީ އެރީތި މޫނުގެ މައްޗަށް ރީތި ހިނިތުންވުމެއް ގެނުވައިގެންނެވެ.
ސާދަ ވިލޭރޭގެ ހަނދޭކިޔައިގެން ކިޔާ ހުރިހާ ލަވައެކޭ އެއްފަދަ ކުއްޖެކެވެ. އެކުއްޖާ އެހެން ހުއްޓާ ކުރިމަތީގައި ހުންނަ ގޭގައި އުޅޭ ދައްތަ ނިކުމެ އެކުއްޖާ ގޮވައިގެން އެގޭ ތެރެއަށް ވަދެއްޖެވެ. ކޮއްކޮ ދޮރުހުޅުވާލުމުން އަހަރެން ދުއްވައިގަތީ ކޮޓަރިއާ ދިމާލަށެވެ. ހޫނު ފެނުން ފެންވަރާލައިގެން ނިކުމެ އަހަރެން ކަނެއްކަމާއިއެކު އެނދުގެ މައްޗަށް ވެއްޓި ގަތީ ނިދިއައިސްފައި ހުރިލެއް ބޮޑުކަމުންނެވެ. ނަމަވެސް އަހަންނަށް ދެލޯ މަރާލާއިރު ފެނިގެން ދިޔައީ މީގެ ކުޑައިރު ކޮޅެއެއްގެ ކުރިން ފެނިގެން ދިޔަ އަންހެން ކުއްޖާއެވެ. އެނދުމަތީގައި ދެފަރާތް ދެފަރާތަށް ރޮށިދަމާ ފޯޔެއްހެން ހެލިލަ ހެލިލަ އޮއެވުނީ ލޯމަރާލާއިރު ފެނިގެންދާ ސޫރައެއްގެ ސަބަބުންނެވެ.
ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާލާ ވެހެމުން ދިޔަ ވާރެއަށް ނަޒަރު ހިނގާލިއިރު ވެސް އަހަންނަށް ސިފަވަމުން ދިޔައީ އެރީތި ގޮތް ނޭނގޭ އަންްހެން ކުއްޖާގެ ރީތި ރީތި ހިނިތުންވުމެވެ. މިހެން ހުރެފައި އަހަންނަށް ކުރިމަތީ ގައި ހުރި ގެއާ ދިމާލަށް ބަލާލެވުނީ އަހަރެން ގެ ހިތަށް އެއްވެސް ކަހަލަ ހިތްހަމަޖެހުމެއް ލިބޭތޯއެވެ. ފެނުނު މަންޒަރަކުން އަހަރެންގެ ހިތް އުފަލުން އުދުއްސައިގެން ދިޔަކަހަލައެވެ.
ކުރި މަތީގައި ހުންނަ ގޭގެ ކުޑަދޮރު ކައިރީގައި އެހުރީ މީގެ ކުޑައިރު ކޮޅެއްގެ ކުރިން ފެނުނު އަންހެން ކުއްޖާއެވެ. އަދި މިއާއެކު އަހަރެން ގެ ނިންޖަށް ހުރަސް އަޅަމުން ގެންދާ ސޫރައެވެ. އޭނާ ވެސް ހުރީ އަހަންނާ ދިމާލަށް ބަލަހައްޓައި ގެންނެވެ. އަހަންނަށް ވެސް ކުޑައިރު ކޮޅަކަށް އޭނާ ގެ ރީތި ދެލޮލަށް ބަލަށްޓައިގެން ހުރެވުނީ އެދެލޮލުން އެއްޗެށް ފެނޭތޯއެވެ. ކުއްލިއަކަށް ޖަހާލި ބާރު ގުގުރީ ގެ އަޑާއެކު އަހަރެންމެން ދެމީހުން ސިހިގެންދިޔައީ ދާދިއެއް ގޮތަކަށެވެ. އެކަކު އަނެކަކުގެ މޫނު މަތިން ފެނިގެން ދިޔައީ ލަދުވެތިކަމެވެ. އެހެންކަމުން އިތުރަށް އެތާ މަޑުކުރަން ބޭނުން ނުވުމުން ދެމީހުން ވެސް ކުޑަދޮރު ކައިރިން ދުރަށް ހިނގައިގަތީ ވެސް އެކުއެކީ ގައެވެ.
އަހަރެން ގޮސް އެނދުމަށް ވެއްޓި ގަންނަމުން ދެލޯ މަރާލިއިރު ވެސް އަހަންނަށް ސިފަވަމުން ދިޔައީ އެންމެ ސޫރައެކެވެ. އެ ގޮތް ނޭނގޭ އަންހެން ކުއްޖާގެ ރީތި ސޫރައެވެ. އެވަގުތުން ފެށިގެން އަހަރެން ގެ އަޒުމަކަށްވީ އެއަންހެން ކުއްޖާއަކީ ކާކުތޯ ބެލުމަށެވެ. މިގޮތުން އޭގެ އަނެއް ދުވަހު އަހަރެން އެއަންހެން ކުއްޖާ ވަންގޭގެ ކައިރީގައި ހުރި ކެފޭގެ ކުރިމަތީގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެވުނީ ބޭއިޙްތިޔާރުގައެވެ. އިރުއިރުކޮޅާ އަތު ކުރީގައި އަޅާފައި އޮތް ގަނޑިއަށް ބަލައިލެވެނީ ގަނޑީގެ ކަށީގެ ހިނގުން އަވަސްވޭތޯއެވެ. އިރު ކޮޅަކުން ކެފޭގެ ބޭރުފާރުގައި ބޯޖަހާލެވުނީ ދެން އޭނާ ނުފެންނާނެ ކަމަށް ހީކޮށްފައެވެ.
މިހެންހުއްޓާ ކުއްލިއަކަށް އެގޭގެ ދޮރު ހުޅުވުނު އަޑާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. މޫނު މަތިން އެކަން ސިއްރުކުރަމުން އަހަރެން އެގޭގެ ދޮރާދިމާލަށް ބަލައިލީ އުޖާލާވެފައިވާ މޫނަކާއެކުއެވެ. އެހެން ނަމަވެސް އަހަރެންގެ މޫނުގެ ކުލަ އޮއްސުނީ އެގެއިން ނިކުން ދައްތަ ފެނިފައެވެ. ވަރަށް ހިތްވަރު ކޮއްފައި އަހަރެން ދައްތަ ކައިރީގައި ރޭގަ އަހަންނަށް ފެނުނު ކުއްޖާ ކޮބާތޯ ސުވާލުކޮއްލީމެވެ. އަހަރެން ގެ މޫނު މަތީގެ ކުލަބަދަލުވީ ނުލާހިކު އަވަހަށެވެ. ދައްތަ ބުނިގޮތުގައި އެކުއްޖާ މިއަދު ފަތިހުގެ ފުލައިޓުން އޭނާގެ ރަށް ދާންފުރައިފިއެވެ. އަހަރެން މިއޮތް ހުރިހާއިރު ހޭދަ ކުރެވުނީ މުޅިންވެސް ބޭކާރު ވަގުތުތަކެއްކަން އަހަންނަށް އެވަގުތު އިހުސާސް ކުރެވުނެވެ. ފަސް އެބުރި ގެއަށް ވަންނަށް އައިރު އަހަރެންގެ އަޒުމަކަށް ވެފައިވަނީ އެއަންހެން ކުއްޖާ ވީތަނެއް ހޯދައި އޭނަކައިރިއަށް ދިއުމެވެ. ދައްތަގެ އެހީގައި އެކުއްޖާ އުޅޭ ތަންއެނގުންވީ އަހަރެން ހޯދަން ބޭނުން ވި ކުއްޖާ ހޯދުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ. އެކުއްޖާއަށް ނޭނގި އެވަނީ އަހަރެންގެ ހިތް މިލްކުކޮށްފައެވެ…..
(ނިމުުމީ)
