އަލަމާރިގައި އޮތް ފޮޓޯ އަލްބަމް ނަގައި ހުޅުވާލުމާއެކު މާޔާގެ ޙިޔާލުތައް ގޮސް ހުއްޓުނީ މީގެ 10 އަހަރު ކުރިއަށެވެ. އެއީ މާޔާ އާއި މާޔަން 15 ވަނަ އުފަން ދުވަހު ނަގައިފައިވާ ފޮޓޮއެކެވެ. 10 އަހަރު ކުރި މާޔަން އަކީ ލިމްހާ އަށް ލިބިފައިވާ އެއްމާބަނޑު ދެކުދިންގެ ތެރެއިން އެކަކެވެ. ދެން ހުންނަނީ މާޔާ އެވެ. މާޔަން އަކީ ބޮޑަށް ހުންނަ ކުއްޖާ ކަމުން މާޔާ ކަމެއް ކުރިޔަސް މަންމަ މާޔަންގެ ބޮލުގައި ކުށްއަޅުވައެވެ. މާޔަން […]
ދުވަހަކީ ލިވީންގެ 16 ވަނަ އުފަންދުވަހެވެ. މި ދުވަހަކީ ޒަޔާން ވަރަށް ގިނަ ކަންތައް ކުރަން ރާވައިފައިވާ ދުވަހެކެވެ. ލިވީން ކައިރީގައި ޒަޔާން ހުންނަ ފުރަތަމަ އުފަން ދުވަސް ކަމުން ޒަޔާން ވަނީ މިދުވަހަށް ދުރާލާ ތައްޔާރު ވެފައެވެ. ހަވީރު 4:00 ހާއިރެވެ. ލިވީން އިނީ ކަޅު ކުލައިގެ”ބެސްޓްފްރެންޑް” ޖަހާފައި ހުރި ހޫޑީ އެއް ލައިގެން ނެވެ. ޒަޔާން ވެސް އިނީ ހުދު ކުލައިގެ “ބެސްޓްފްރެންޑް” ޖަހާފައި ހުރި ހޫޑީ އެއް ލައިގެން ނެވެ. މި ދެއެކުވެރިން […]
މާޒީ ގެ ތެރެއަށް ފީނާކަށް މާގިނައިރެއް ނުނެގިއެވެ. 1 އަހަރު ކުރި ލިވީން މާލެ އައީ އަންނަ ހިތަކުނެއް ނޫނެވެ. ނަމަވެސް މަންމަގެ އެދުމުގެ މަތިން މާލެ އައީ މޮޅަށް ކިޔަވައިގެން ޑަކުޓަރަކަށް ވުމުގެ އުއްމީދު ގައެވެ. 15 އަހަރު ފުރިފައި ވީނަމަވެސް ލިވީން އަކީ ދުވަހަކުވެސް މަންމަ އާއި ވަކިން އުޅުނު ކުއްޖެއް ކަމުން ފުރަތަމަ ލިވީން އަށް އުޅެން އުނދަގޫ ވިއެވެ. އެކަމަކު އެއީ ކުޑަ ދުވަސްކޮޅަކަށެވެ. ލިވީން ސްކޫލް އަށް ދާން ފެށުމުން […]
އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް ލިވީން އެއިނީ އަތިރިމަތީގައި ހުރި ގަހެއްގެ ހިޔަލުގައި ފުން ވިސްނުމަކަށް ގެނބިފައެވެ. އިރު އޭގެ މަގާމު ދޫކޮށް ލޮނުގަނޑުގެ ތެރެއަށް ގެއްލިއްޖެއެވެ. ތަނުގައި ރަސްކަން ކުރަމުން ދަނީ މަރުފަދަ ހަމަހިމޭން ކަމެކެވެ. ލިވީން އަށް މީގެ އެއްވެސް ކަމެއް ނުވިސްނޭ ކަހަލައެވެ. ލިވީން ގެ ހިތް ވަނީ ވިސްނޭ ވަރަށްވުރެ ހިތްދަތި ވެފައެވެ. މީގެ 1 އަހަރު ކުރީގެ ހަނދާންތައް ލިވީންގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ. އިޚްތިޔާރަކާނުލައި ހޫނު ކަރުނަ […]