ބެސްޓްފްރެންޑް (ފަހު ބައި)
ދުވަހަކީ ލިވީންގެ 16 ވަނަ އުފަންދުވަހެވެ. މި ދުވަހަކީ ޒަޔާން ވަރަށް ގިނަ ކަންތައް ކުރަން ރާވައިފައިވާ ދުވަހެކެވެ. ލިވީން ކައިރީގައި ޒަޔާން ހުންނަ ފުރަތަމަ އުފަން ދުވަސް ކަމުން ޒަޔާން ވަނީ މިދުވަހަށް ދުރާލާ ތައްޔާރު ވެފައެވެ. ހަވީރު 4:00 ހާއިރެވެ. ލިވީން އިނީ ކަޅު ކުލައިގެ”ބެސްޓްފްރެންޑް” ޖަހާފައި ހުރި ހޫޑީ އެއް ލައިގެން ނެވެ. ޒަޔާން ވެސް އިނީ ހުދު ކުލައިގެ “ބެސްޓްފްރެންޑް” ޖަހާފައި ހުރި ހޫޑީ އެއް ލައިގެން ނެވެ. މި ދެއެކުވެރިން ހިނގައިގަތީ ރަސްފަންނަށް ދިޔުމަށްށެވެ. ރަސްފަންނަށް ދެވުމުން އެތާގައި ހުރި ބެންޗެއް ގައި އެކިއެކި ސަކަރާތުގައި ހުއްޓައި ބަނޑުހައި ހޫނުކަން އިހުސާސް ކުރެވުނެވެ. އެހެންކަމުން ޒަޔާން ލިވީން ގާތުގައި އެތާނގައި މަޑު ކުރަން ބުނެފައި ޖޫގޯ އެއް ގަންނަން މަގުގެ އެއްފަރާތުގައި ހުރި ގާޑިއަލަކަށް ދިޔައެވެ. ޖޫގޯ ގަނެގެން މަގުގެ އަނެއް ފަރާތަށް ދާން ހިނގައި ގަތް ތަނާ ކޮންޓްރޯލް އިން ނެއްޓިގެން އައިސް ޒަޔާން ގެ ގައިގައި ކާރެއް ޖެހުނެވެ. އެވަގުތަކީ ޒަޔާން ލަސްވެގެން ލިވީން އައި ވަގުތެވެ. ވަގުތުން “ޔާން” އޭ ކިޔައި ލިވީން ހަޅޭލަވައިގަތެވެ.
1 ގަޑިއިރު ފަސް
ޒަޔާން ދަނީ އަވަސް ފަރުވާދޭ ކޮޓަރިގައި ފަރުވާ ދެމުނެވެ. ޒަޔާންގެ ހުދު ކުލައިގެ ހޫޑީ އަތުތެރެއަށް ލައިގެން ލިވީން އިންއިރު އެ މޫނުމަތިން ފެންނަމުން ދަނީ ދުވަހަކުވެސް ފެނިފައި ނުވާ ހިތާމަވެރި ކަމެކެވެ. އިރުކޮޅަކުން ޑަކުޓަރު ނިކުމެ ދިން ހަބަރަކުން ލިވީން އަށް ހީވީ ދުނިޔެ ހުއްޓުނު ހެންނެވެ. ޒަޔާން މިދުނިޔެ ދޫކޮށް ދިޔައީއެވެ. އެންމެ ގާތް އެކުވެރިޔާ އެދިޔައީ އުފަން ދުވަހު ހުރިހާ އުފާތައް ކަފުން ކޮށްލާފައެވެ. މާޒީގެ ތެރެއިން ނިކުމެވުނީ އިސާ ނަމާދުގެ ބަންގީގެ އަޑަށް ށެވެ. މިތާގައި ކިހާއިރަކު ހުރެވުނު ކަން އެގުނީ ދުނިޔެ މައްޗަށް އަނދިރިކަން ވެރިވެފައިވާ ވަރުންނެވެ.
މި ބައި ލަސްވި ކަމަށް ޓަކައި ކިޔުންތެރީންގެ ކިބައިން މާފަށް އެދެން. މި ވާހަކަ ކަމުދިޔަ ކަމަށް އުއްމީދު ކުރަން ❤️?❤️
