ކޮންމެ ދެމަފިރިއަކުވެސް މައްސަލަ ޖެހޭނެއެވެ. މައްސަލަ ނުޖެހޭ ބުނާމީހަކު އުޅެންޏާ އެމީހަކު އެހަދަނީ ދޮގެކެވެ. ދެމަފިރިންދޭތެރޭ ޖެހޭމައްސަލަތަކަކީ ކޮންމެ ކޮންމެ މީހެއްކައިރީ ދައްކަންޖެހޭނެ ވާހަކަތަކެއްވެސް ނޫނެވެ. މައްސަލަ ޖެހެންވެސް ޖެހޭނެއެވެ. ޖެހޭ މައްސަލަތައް ހައްލުވެސް ކުރެވެން ޖެހޭނެއެވެ. މައްސަލަ ޖެހިފައި ހައްލުވާ ކޮންމެފަހަރަކު ލޯބި އިތުރުވާ ވާހަކަ އަޑުއަހަމެވެ. މިއީ ތެދެއްކަމެއް ނުވަތަ ދޮގެއްކަމެއް އަހަންނަކަށް ނޭގެއެވެ. އަހަންނަކީ ގެވެހި އަނތްބެކޭ ނުބުނެވޭނެއެވެ. ކޮންމެއިރަކު މީރުވިހާ ކާނާ ނުކެއްކުނު ކަމުގައިވިޔަސް ގޭގައި ތިންއިރު ކާނެ އެއްޗެހި ހުންނާނެއެވެ. […]
ކީއްވެ ހެއްޔެވެ؟ ކީއްވެހެއްޔެވެ؟ އަޅެ އެންމެފަހަރަކު ނަމަވެސް ބުނެލަބަލާށެވެ. އަހަންނަށް މިފަދަ ބޮޑު އަނިޔާއެއް ތިޔަދިނީ އަހަރެންގެ ކޮންކުށެއް އޮވެގެންހެއްޔެވެ؟ ތިހަދާން އަހަރެންގެ ހިތުން ފިލައިގެން ދާނަމަ ކިތަންމެހާވެސް ރަނގަޅެވެ. ނޫނީ އެއީ ހުވަފެނަކަށް ވާނެނަމައެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަހަންނަށް ތިދެއްކި ހުވަފެންތައް ހަދާންނެތީހެއްޔެވެ؟ އަހަރެން ހާދަ އުއްމީދެއްކުރީމެވެ. ހާދަ ގިނަ ހުވަފެންތަކެއް ދެކުނީމެވެ. އެ ހުވަފެންތަކުގައި ކުލަޖެހޭނޭ ކަމުގައި އުއްމީދުކޮށްގެން ހުރީމެވެ. އަހަންނަށް ކަޅާހުދުގެ އެ ހުވަފެންތައް ދެއްކީ ކީއްވެހެއްވެ؟ އެހުވަފެންތައް ހިތައްއަރާ ކޮންމެފަހަރަކު ހިތުގެ […]