ކޮންމެ މީހަކަށް ނަރުހަކަށް ނުވެވޭނޭ ބުނާ ބަހުގެ ހަގީގަތަކީ ކޮބާހެއްޔެވެ. ވަރަށްވެސް ތަފާތު މަސައްކަތެކެވެ. ކޮންމެ މަަސައްކަތަކީވެސް އެކަމުގައި ތަފާތު ސިފަތަކެއް ހުންނާނެ ކަމެކެވެ. ނަމަވެސް ނަރުހުންނަކީ ތަފާތު ހުނަރަކާއި، ގާބިލް ކަމެއް ލިބިގެން މެނޫނީ ނުކުރެވޭނެ ކަމެކެވެ. އެހެނީ މި ކަމަކީ ޖަޒްބާތާއި، ފުރައްސާރަޔާއި، އެކުވެ ލާމެހިގެންވި އިންސާނީ އެހީތެރިކަމެވެ. ހަމަހަމަ ކަމާއި އިންސާފުވެރިކަން ދަސްވެގެންދާ ޒިންމާދާރު ވުމަށް މީހާ ބައްޓަން ކޮށްދޭ ފިސާރި މަސައްކަތެކެވެ. ތަކުރާރުކޮން ކުރެވޭ މަސައްކަތްތަކެއްގެ މައްޗަށް ބިނާވެފައިވާ އަގުހުރި މަސައްކަތެކެވެ. […]
މީގެ އެތަކެއް ދުވަސްތަކެއް ކުރީން އަލަށް އަހަރެން ކައިވެނި ކުރި ވަރަށް ލޯބިންނެވެ. ދިރިއުޅުން އަރާސްތުކުރުމުގެ މަތިވެރި މަގްސަދުގައެވެ. އެހެނަސް އަހަރެން ގެ ފިރިމީހާ އަކީ ދިރިއުޅުމުގެ މިކިޔާ ކޮލިޓީ ހުރި މީހަކަށް ނުވިއެވެ. ކައިވެނީގެ ފޮނިމީރުކަން އަހަރެންނަށް ވިސްނުނު އިރު އޮތީ ދިރިއުޅުން ބޮއްސުންލާފައެވެ. ނަމަވެސް އަހަރެން މަސައްކަތް ކުރީ ލޯބިވެރިޔާ އާއި ނުލާ އުފާވެރި ދިރިލުޅުމެއް ލިބޭތޯ އެވެ. ދިރިއުޅުމަށް އަހަރެން ކުރަމުން އައީ އިންސާނީ ހިދުމަތެވެ. މަސަކަތްކުރަމުން އައީ ވަރަށްވެސް ބުރަކޮށެވެ. މަސައްކަތް […]