Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ދިރިއުޅުން ބަދަލުވީ

Fathimath Mohamed Fulhu
December 13, 2023 2 Mins Read
5 Comments

މީގެ އެތަކެއް ދުވަސްތަކެއް ކުރީން އަލަށް އަހަރެން ކައިވެނި ކުރި ވަރަށް ލޯބިންނެވެ. ދިރިއުޅުން އަރާސްތުކުރުމުގެ މަތިވެރި މަގްސަދުގައެވެ. އެހެނަސް އަހަރެން ގެ ފިރިމީހާ އަކީ ދިރިއުޅުމުގެ މިކިޔާ ކޮލިޓީ ހުރި މީހަކަށް ނުވިއެވެ. ކައިވެނީގެ ފޮނިމީރުކަން އަހަރެންނަށް ވިސްނުނު އިރު އޮތީ ދިރިއުޅުން ބޮއްސުންލާފައެވެ. ނަމަވެސް އަހަރެން މަސައްކަތް ކުރީ ލޯބިވެރިޔާ އާއި ނުލާ އުފާވެރި ދިރިލުޅުމެއް ލިބޭތޯ އެވެ. ދިރިއުޅުމަށް އަހަރެން ކުރަމުން އައީ އިންސާނީ ހިދުމަތެވެ. މަސަކަތްކުރަމުން އައީ ވަރަށްވެސް ބުރަކޮށެވެ. މަސައްކަތް ކުރަންޖެހިފައިވަނީ ޑިއުޓީ އުސޫލުންނެވެ.

ފިރިމީހާ އަކީ އުގަންނައިދިނުމުގެ މަސައްކަތް ކުރަމުން އައި މީހެކެވެ. އޭނަގެ މަސައްކަތުގެ އުސޫލު ހުންނަގޮތުން އަތޮޅުތެރޭގެ އެކިރަށްރަށު ގައި މަސައްކަތް ކުރަން ހަމަޖެހިފައިވެއެވެ. މީގެކުރީން އަހަރެންނަށް ހީވެފައި އޮތީ އަހަރެންގެ ފިރިމީހާ އަށް އެންމެ ކަމުދާނީ އަހަރެން ކަމެވެ. ކައިވެނީގެ ކުރީކޮޅު އަހަރެމެން ދެމީހުންވެސް މިފަދައިންް އެކަކު އަނެކަކަށް މިޔަގީންކަން ދެމުން ދިޔައީމެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އެކަކު އަނެކަކަށް ވަމުން އައި ވައުދު ތަކުގެ މަތީން ހަދާންނެތި ދިރިއުޅުން ހަލަބޮލި ވެއްޖެއެވެ. ދެތިން މަހަށް ފިރިމީހާ އަތޮޅުތެރެއަށް ގޮސް އައި އިރު އޭނާ ވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ. މަލާމާތާއި ފުރައްސާރައިގެ ބަސްތަކުން އަހަަރެންގެ ހިތް ޒަހަމުކުރުވަން ފެށިއެވެ. އަހަރެންނަކީ ސިފަހުތުރު މީހެއްކަން ވިސްނާދޭން ފެށި އެވެ. ދިރިއުޅުމަށް ގާބިލުކަމެއްނެތް މީހެއްކަމަށް ފިރިމީހާ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ފިރިމީހާ ގެ މިފަދަބަސްތަކުން އަހަރެންގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. ދުވަސްކޮޅަކަށް އަަހަރެން ނިކަން ހިތްވަރުލާފައި ކެތްކުރީމެވެ.

އެންމެފަހުން ފިރިމީހާ އަހަރެންނަށް އެއްވެސް ސަމާލުކަމެއް ނުދީ އޭނާގެ ދާވަނީގެ ތެރެއިން އަހަރެން ބޭރުކޮއްލީ އެވެ. އަހަރެން މުޅީން އެކަނިވެ، ބިކަވީއެވެ. ހިތްފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ނަމެސް އަހަރެން ހިތްވަރު ހޯދީ އެއްވެސް އިންސާނަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނޭ އަންގަވައިފައިވާ ބަސްފުޅުންނެވެ. ހިތްވަރާއެކު ދިރިއުޅުމުގެ ނައު ދުއްވަމުން އަމާން މަންޒިލެއް ލިބެންދެން ދަތުރުކުރަމުން ދިޔައީމެވެ. އެކި އެކި ހުރަސްތަކާ ކުރިމަތިލީމެވެ. ބައެއްފަހަރު ތެދުވަން އުދަނގޫވި އެތަކެއް ވަޅުގަޑުތަކަކަށް ވެއްޓި ޒަހަމްވިއެވެ. ނަމަވެސް ހަމަހިތްވަރުކޮއްލާފައި ތެދުވެ އަނެއްކާވެސް ކުރިއަށް ދަނީއެވެ.

އޭގެ އެތަކެއް އަހަރުފަހެވެ. އަހަރެންގެ ދިރިއުޅުން ބަދަލުވީ މިހާރުގެ ފިރިމީހާ އާއި ބައްދަލުވީ ހިސާބުންނެވެ. މިފަހަރުގެ އަހަރެންގެ ބައިވެރިޔާ އަކީ ފަސްމީރު ކުރިރުކެވެ. ދިރިއުޅުމަށް ނުކުރާ ހަމަ އެއްވެސް މަސައްކަތެއްނެތެވެ. ވަޑާންކުރެއެވެ. މަސްވެރިކަން ކުރަން ދަނެއެވެ.މީރުކޮން ކައްކަން ދަނެއެވެ. ގޭގެތެރޭގެ ކަންކަމުގައި އެހީވެދީ ހެދުމަކީ އޭނާގެ ވަރަށް ބޮޑު އުފަލެކެވެ. ދިރިއުޅުމުގެ ގޮށް އަހަރެންގެ މިހާރުގެ ފިރިމީހާ އެކުގައި މިޖަހާލީ ވަރަށްވެސް އުފަލާއި ޔަގީން ކަމާއިއެކުގައެވެ. ދިރިއުޅުމުގެ މަންޒިލް އުފާވެރިވާނެ ހުރިހާ ކަމެއް އޭނާ އަހަރެންނަން ކޮށްދިނެވެ. ރީތީ ގެއެއް ހޯދައިދިނެވެ. ފުރިހަމަ ހިފާ ގެންގުޅޭ ސާމާނެވެ. މީރުކާނާއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އަހަރެންގެ ހިތުގައި ލެވިފައިވާ ބޮޑު ފާރުގަޑު އިސާހިތަކު ފަސޭހަވެ، ލަކުނު އޮބިއްޖެ އެވެ. މިއީ އަހަރެން ކެއްތެރިކަމާއި އެކު ކުރިދަތުރުގެ ނަތީޖާއެވެ. މުސްކުޅިން ބުނެއުޅުއެވެ. ކެތްކުރިމީހާ އަށް ހޫނު ބޮނޑިބަތް ލިބުނެވެ. މިއަދު މިއޮތީ އެނަސީބު ލައްވާލާފައެވެ. ތެދެކެވެ. ކެއްތެރިކަމުގެ އަޖުރުލިބުން އޮތީ މިންވަރެއް ނެތި ކަމަށް އަންގަވާފައިވެއެވެ. ދިރިއުޅުމުގެ ހަގީގީ މާނައަކީ މީއެވެ. ކަންކަމާ ކުރިމަތިވާނެެއެވެ. ދިރިއުޅުމަކީ މިއީއެވެ. ހުރަސްތަކާދިމާވިޔަސް ހިތްވަރާއި އެކުގައި މަސައްކަތް ކުރާށެވެ. ދިރިއުޅުން ދާނެ އަތަކަށް ދާން ދީލާނުލާށެވެ. މިފަދަ ތަޖުރިބާތަކަކީ ދިރިތިބީންނަށް ލިބިދޭނެ މަތިވެރި އިބްރަތަކަށް ވާނެތީ ހިއްސާކޮއްލީ އެވެ. ކޮންމެ ކަމަކާއި ވެސް ކުރިމަތިލާން ވާނީ ވަރަށް ކެރިގެންނެވެ. ދިރިއުޅުމަކީ އެންމަނަށް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ކެއްތެރިކަމުގެ މޭވާގެ ރަހަލިބިގަތުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ.

 

 

 

Share Article

Follow Me Written By

Fathimath Mohamed Fulhu

Other Articles

Previous

ޙަޔާތް ބަރުބާދުވެއްޖެއެވެ.

Next

ބީވީމާ (ފަހުބައި)

Next
December 14, 2023

ބީވީމާ (ފަހުބައި)

Previews
December 13, 2023

ޙަޔާތް ބަރުބާދުވެއްޖެއެވެ.

5 Comments!

  1. ismail ali says:
    December 13, 2023 at 10:30 pm

    ދޮންތީ ވަރަށް ރީތި

    1. Anonymous says:
      December 15, 2023 at 1:48 pm

      ޝުކުރިއްޔާ

  2. LIM🖤 says:
    December 14, 2023 at 9:56 am

    Vrh reethi mi vhk vx Maasha Allah❤️

    1. Fathimath Mohamed Fulhu says:
      December 14, 2023 at 8:05 pm

      Thanks LIM

  3. Baby bodudhaitha says:
    December 15, 2023 at 3:34 pm

    V reethi.. Masha Allah
    Ithuru kurierumah edhen

Comments are closed.



All Right Reserved!