އިންސާނާ މި ދުނިޔެއަށް އުފަންވަނީ އެންމެ ރިވެތި ސިފަތަކުން ޒީނަތްތެރިވެގެންނެވެ. ނަމަވެސް، ބައެއް އިންސާނުންގެ ކިބައިގައި އުނިކަންތައްތަކެއް ހުރުމަކީ ޙަޤީޤަތެކެވެ. އަޅުގަނޑަކީވެސް އުފެދުމުގައި އުނިކަމެއް ހުރި މީހެކެވެ. އުފަންވިއިރު ހިތުގައި ލޯވަޅެއް ހުރުމުގެ ސަބަބުން، އެކަމަށް ފަރުވާ ހޯދަން ޖެހުނެވެ. ﷲގެ ރަޙުމަތްފުޅާއެކު، ބޭސްފަރުވާއިން އަޅުގަނޑު ރަނގަޅުވިއެވެ. އަޅުގަނޑުގެ ނަމަކީ އަޙްމަދު ޝާއިންއެވެ. މިއީ އަޅުގަނޑުގެ ވާހަކައެވެ. ބޭސްފަރުވާއަށް މާލޭގައި ދެ އަހަރު ހޭދަކުރުމަށްފަހު، އަޅުގަނޑު ރަށަށް އައީ ކިޔެވުން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައެވެ. ސްކޫލް ނިންމުމަށްފަހު […]