އެމީހާގެ ހުޝިޔާރުކަމުން ރީމް ވެއްޓުނަ ނުދީ ހިފެހެއްޓުނަސް އެމީހާގެ އަތުގައި އޮތް ފޯނު ވެއްޓި ވަގުތުން ފޯނުގެ ޑިސްޕްލޭ ދިޔައެވެ. ދެމީހުންނަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން އެގޮތަށް ތިބެވުނެވެ. ރީމްއަށް އެޒުވާނާގެ މޫނަށް ވަަރަށް ފުންކޮށް ބަލާލެވުނެެވެ. ފުރަތަމަ ފެނިލުމުންވެސް ރީމްގެ ހިތުގަ އެ ޒުވާނާގެ ސޫރަ ބިންވަޅު ނެގުނެވެ. ރީމްއަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ. ރީމްގެ އެ ރީތި ހިނިތުންފެނި އަޒާންގެ ހިތަށްވެސް ލޮޅުންއެރިފަަދައެވެ. ބޭއިހްތިޔާރުގައި އަޒާންއަށްވެސް ހިނިތުންވެވުނެވެ. މާޒީގެ ތެރޭން ދުވަހަށް ހަނދާންވުމާއެކު ކުއްލިއަކަށް އަޒާންގެ […]