Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 2

F@-n@@ Level 1
September 16, 2019 2 Mins Read
9 Comments

އެމީހާގެ ހުޝިޔާރުކަމުން ރީމް ވެއްޓުނަ ނުދީ ހިފެހެއްޓުނަސް އެމީހާގެ އަތުގައި އޮތް ފޯނު ވެއްޓި ވަގުތުން ފޯނުގެ ޑިސްޕްލޭ ދިޔައެވެ. ދެމީހުންނަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން އެގޮތަށް ތިބެވުނެވެ.
ރީމްއަށް އެޒުވާނާގެ މޫނަށް ވަަރަށް ފުންކޮށް ބަލާލެވުނެެވެ. ފުރަތަމަ ފެނިލުމުންވެސް ރީމްގެ ހިތުގަ އެ ޒުވާނާގެ ސޫރަ ބިންވަޅު ނެގުނެވެ. ރީމްއަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ. ރީމްގެ އެ ރީތި ހިނިތުންފެނި އަޒާންގެ ހިތަށްވެސް ލޮޅުންއެރިފަަދައެވެ. ބޭއިހްތިޔާރުގައި އަޒާންއަށްވެސް ހިނިތުންވެވުނެވެ.

މާޒީގެ ތެރޭން ދުވަހަށް ހަނދާންވުމާއެކު ކުއްލިއަކަށް އަޒާންގެ ދެބުމަ ގޮއްޖެހިގެންދިޔައެވެ. އަޒާން މޫނުމަތީގައިވި ރުޅިވެރިކަން ފެނި ރީމްގެ ހިތަށް ލިބިފައިވި ހިތްހަމަޖެހުން ގެއްލި ބިރުވެރިކަން ހިތަށް ވަނެވެ.

” ވަޓް ދަ ހެލް” އަޒާން އަވަސް ހަރަކާތާއެކު ރީމް ހުރިތަނުގަ ބަހައްޓަމުން ހަރު އަޑުން ބުނެލިއެވެ. އަޒާންގެ އަޑުގައިވި ހަރުކަށިކަމާއި މޫނުމަތީގައިވި ރުޅިވެރިކަމުން ރީމްއަށް އިސްޖަހާލެވުނެވެ.

” ހިނގާއިރު ބަލައިގެން ހިނގަން ނޭނގެނީތަ، މީހުންގެ ސަމާލުކަން ހޯދަން ތި ނޫން ކަމެއް ކުރާކަށް ނޭނގޭނެ، ތިކަހަލަ އަންހެނުންގެ ވައްތަރަކީ ތީ،ކަލޭގެ ސަބަބުން ކިހާ ބޮޑު ގެއްލުމެއް މަށަށް މި ލިބުނީ” އަޒާންގެ އެ ބަސްތަކުން ރީމްގެ ހިތަށް ތަދުވެގެންދިޔައެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އަޒާން ބަލާކަށް ނުހުރެ ފޯނު ނަގާ ހިނގައިގަތެވެ. އެހެންނަަމަވެސް ރީމްގެ ޖާދޫއެއްފަދަ މަޑުމަޑު ލުއިލުއި އަޑު ޖެހުމާއެކު ހުއްޓުންއެރިއެވެ. ރީމް މަޑު ހިނގުމުގަ އައިސް އަޒާންގެ ކުރިމައްޗަށް ހުއްޓުނެެވެ.

” މާފް ކުރައްވާ އަޅުގަނޑު ގަސްތަކު ނޫން، އެހެންނޫނަސް ތިފަރާތުންވެސް ނުބަލަ އައިމަ މިހުރިހާ ކަމެއް މިވީ، ކަމުގެ ހަގީގަތް ބަލާލާފަ އެއްޗެކޭ ބުނަން ރަނގަޅު، ތިގޮތަށް ޓައީއަޅާފަ ދެކޮޅަށް ހިނގާފަ ގޮސް މޭޒު ދޮށުގައި އިނދެ މީހުންނަށް އަމުރުކުރީމަ ހުރިހާކަމެއް ހަަމަވީއެއްނޫނޭ” އަޒާންއަކީ ކާކުކަން ނޭނގިހުރެ ރީމް އަޒާންއާ ދިމާލަށް ބުނެލީ ނުރުހުންވެ ހުރެއެވެ. ރީމްގެ ވާހަަކައިން އަޒާންގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. އެހެންނަމަވެސް އަޒާން އިތުރަށް އެއްޗެއްބުނާނެ ފުރުސަތެއްވެސް ނުދީ ރީމް އެތަނުން ދުވެފަ ދިޔައީއެވެ.އެވަގުތު އެހިސާބުގައި މީހުން ނެތުމަކީ ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ.

” ވަޓް، އެއީ ހާދަ އަމިއްލަ މީހާ ފެނިފަ ހުރި މީހެކޭ، ބޭނުންހާ އެއްޗެހި ކިޔާލާފަ އެދިޔައީނު، ދެން އަހަރެންގެ ލޮލަށް ފެންނާނީ ނަސީބަކަށް، ކުޅި ދައްކާލާނަން” އަޒާން ރުޅިގަދަވެގެން ތުރުތުރު އަޅަމުންދާ ކަހަލަ އިހްސާސެއް ކުރެވުމާއެކު ދުވެފަ ގޮސް ޕާރކް ކޮއްފަ އޮތް ކާރަށް އަރައި ހަމަޖެހިލިއެވެ. އަދި ދެލޯ މަރާލީ ބޮލުގަ އަޅާވޭނުން ކެތް ނުވެގެންނެެެވެ.

އެހިނދު ރީމްގެ މައުސޫމް މޫނުމަތި ފެނުމާއެކު އައިސަ ހުރި ރުޅި ފިލާ ހިނިތުންވެވުނެވެ. ހަމަ އެހިނދު ރީމްގެ ޖުމްލަތަށް ހަނދާންވުމާއެކު ދެލޯ ހުޅުވާ އަތް މުއްކަވާ ލުމަށްފަހު ޝީޓްގައި ޖެހިއެވެ. އަޒާންގެ މި އަމަލުން ކާރުގެ ޑްރައިވަރުވެސް ސިއްސައިގެންދިޔައެވެ.

ރީމް ގެއަށް ވަތްގޮތަށް ކޮނޑުގައި އަޅުވާފައިވާ ދަބަސް ސޯފާ މައްޗަށް ހޫރާލިއެވެ. މިތަންފެނި ފަހާފޮށި ދޮށުގައި ހެދުމެއްފަހަން އިން ރިޔާޝާ ބަލާލިއެވެ. ރިޔާޝާއަކީ ރީމްގެ މަންމައާއި އެއްބަނޑު މީހެކެވެ. ރީމްގެ މައިންބަފައިން ނިޔާވުމާ ގުޅިގެން ރީމްގެ ހުރިހާ ކަަމަކާ ހަވާލުވެގެން ހުރި މީހާއެވެ. ރީމްގެ އިތުރުން އެގޭގައި ދެން ހުރި ކޮޓަރި ހުންނަނީ ވަޒީފާއަށްދާ ފިރިހެން ކުދިން ހުންނަތަނެއްގެ ގޮތުގައެވެ. އެކޮޓަރީގައި 3 ކުދިން މިހާރުވެސް އުޅެމުންދެއެވެ.

” ރީމް، ކިހިނެއްވީ، ކޮންހާ ރުޅިއެއް” ރިޔާޝާ ރީމްއާ ދިމާލަށް ބަލާލަމުން އެހީ ހައިރާންވެހުރެއެވެ.

” ނޭނގެ، ފާޑެއްގެ މީހާ ގަނޑެއް، އޮޅިގެން އެމީހާ ގައިގަ ޖެހުނީމަ ހީވީ އެހެންފަދަ ކަމެއްހެން، އަހަރެން އެބަ އުޅޭތަ މޮޔަވެގެން، މުޅި ދުވަސް ހަރާބުވެއްޖެ” ރީމް ތުންކޮޅު ދަމާލާ އެހެންބުނުމުން ރިޔާޝާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

” އަޅެ، ދައްތަ މިހާރު ކީއްވެ ތިހެނީ، މިއޮއް މޫޑް އޮފް ވެފަ ހުއްޓާ، އެހާ އުފަލުން ހުރީ އޮފީހުގަ އުޅޭ އެ މީހުން އެބުނާ އެތަނުގެ ބޮޑު މީހާގެ ދަރިއާ ދިމާ ނުވީތީ، އެހާ ރުޅިގަދަ މީހެކޯ އެއީ، އަދި މިމީހާއާ ދޫނުކުރާނެ، އެދެމީހުން އެއްތަން ކުރުވަންވީ ކަންނޭނގެ،އެއްވަރުގެ ދެމީހުން، ހަަމަ ތެދެއް މި ބުނީ މިއަދު އެ ދިމާވި މީހާ އަހަރެންގެ ލޮލަށް ދެން ފެންނާނީ ނަސީބަކަށް، ހާދަހާ ރުޅިއެއް އައިސިޔޭ އެމީހާދެކެ” ރީމް، އާ ކޮއްކޮއްފަ އެވާހަކަ ދެއްކުމުން ރިޔާޝާ ހިނިތުންވުމަކުން ފުއްދާލިއެވެ.

” ދެން ދޭ އެއްޗެއް ކާލަން، ވަރަށް ވަރުބަލިވެފަ ތިހުރީ، ދައްތައަށް ހީވަނީ އެންމެފަހުން ރީމް އިންނާނީވެސް އެމީހާޔާ ކަންނޭނގެ” ރިޔާޝާގެ އެ ޖުމްލައިން ރީމް އިތުރަށް ތުން ފިއްތާލިއެވެ.

” އައްޗި، މީހަކު ނުވިޔަސް ތިކަމެއް ނުކުރާނަން” ރީމް ދަބަސް ހިފައިގެން ކޮޓަރިއަށް ދަމުން އެހެންބުނެލިއެވެ.

” ކިތަންމެ ނަފްރަތު ކުރާ މީހަކަސް މިހިތުން އެމީހަކަށް ލޯބީގެ ރަހަ ދައްކައިފިނަމަ ތި ބުނާ ބަހުގެ އެއްވެސް މާނައެއް ނޯންނާނެ” ރީމްގެ ޖުމްލަ އަޑު އިވުމާއެކު ރިޔާޝާ ހިތާ ދިމާލުގައި އަތްއަޅާ ބާރުކޮއްލަމުން ބުނެލިއެެވެ.

ގެއަށް ވަދެގެން އައި އަޒާންފެނި އާނީ ކޮޅަށް ތެދުވިއެވެ.އަޒާން ބޮލުގައި އަތް އަޅާލައިގެން ހުރުމުން ބޮލުގައި ރިއްސަނީކަން އާނީއަށް އެނގުނެވެ.

” ދޮންބެ ދޭ އޮޝޯވެލަން، މިދަނީ މަންމައަށް ގޮވާލަން” އާނީ އެހެން ބުނުމުން އަޒާން ކޮޓަރިއަށް ދިޔައެވެ.
ނުނިމޭ

Share Article

Follow Me Written By

F@-n@@

Level 1

Other Articles

Previous

ލޯތްބެއްގެ ފެށުން 35

Next

ޒެރާޝް 1

Next
September 16, 2019

ޒެރާޝް 1

Previews
September 16, 2019

ލޯތްބެއްގެ ފެށުން 35

9 Comments!

  1. Shaako❤️ says:
    September 16, 2019 at 3:53 pm

    Mee first dhw Varah reethi mi bai when the next part??

    1. Anonymous says:
      September 18, 2019 at 12:08 am

      Thank you so much shaako ??

  2. LoVelY gIrL says:
    September 16, 2019 at 4:37 pm

    2 dhw wow just wow

  3. $#¥n says:
    September 16, 2019 at 7:52 pm

    Wooow… V. Salhi ingey ly❤️❤️

  4. Meekkomee says:
    September 16, 2019 at 8:29 pm

    Woww mi part ves varah reethi ?????? whn is next part ???? waiting ???Ly???

  5. Liyaa says:
    September 16, 2019 at 8:36 pm

    Mashaa allah v reethi. Ekam miyavuren digukohla dinyaa v ufaavaane mivaru kuru

  6. Sifam says:
    September 17, 2019 at 12:43 am

    Story is nice and interesting but seems a bit short ??

  7. jiji says:
    September 17, 2019 at 2:48 pm

    Wow..v salhi mi bai..v interesting koh gendhaa story eh masha allah..waiting for the next❤?

  8. MOHAMED SHAHEEN says:
    September 17, 2019 at 5:59 pm

    WOW nice mashaaﷲ

Comments are closed.



All Right Reserved!