އިކާ އިނާގެ ހިތްވަރުގެ ބަސްތަކުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހަމަޖެހިއްޖެވެ. ކުލާހަށް ވަދެވުނުތަނާހެން އައިކާ އަދި އިނާވެސް ހުރިތަނަށް ގަބުވީ ކުރިމަތިން ފެނުނު ހަތަރު ކުދިންގެ ސަބަބަބުންނެވެ. ވަގުތުން އައިކާގެ އަދި އިނާގެ ހިތްވެސް ނުތަނަވަސްވީ ދެން ކުރިމަތި ލާންޖެހޭނީ ކޮންފަދަ ކަމަކާކަމެއް ނޭނގޭތީއެވެ. ދެކުދިންގެ ހިތުގައި ވެސް ވީ އެއްސުވާލެކެވެ. މި ކުލާހުގައި އުޅޭނެގޮތެކެވެ؟ ކިޔަވާނީ ކިހިނެތްތޯއެވެ.؟ މިފަދަ އެކި އެކި ސުވާލުތަކެވެ. ……………………………………………………………………………………………………………………….. (2 ވަނަ ބައި) ދެންމެ ވެސް އެދިޔައީ އައިކާ […]
ރު ލޯގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިން އަންހެން ކުއްޖާ ހީވަނީ ދުނިޔޭގެ ހުރިހާ ރީތި ކަމެއް ހުސްކޮށްލައިގެން އިންހެންނެވެ. ނަމަވެސް އެހެން އަންހެން ކުދިންނާ ހިލާފަ އައިކާ އެއްވެސް މޭކަޕެއް ކޮށްފައި ނެތެވެ. އެ ހަށިގަނޑުގެ ދޮން ކަމާ ނޫކުލައިގެ ކަޅިން އެކަނިވެސް ހީވަނީ ކަނޑުތަކުގެ ރާނީ ހެންނެވެ. ލާފައިވަނީ ފައިތިލަ އާއި ހިސާބަށް އަރާ ބިސްތޮށި ކުލައިގެ ހެދުމެކެވެ. ހެދުމާ ގުޅޭ ގޮތަށް އެ ފަންބޯ އިސްތަށި ގަނޑު ނިވާ ކޮއްފައި ވަނީ ދަނބު ކުލައިގެ […]
އާދައިގެ މަތިން މިއަދު ވެސް އަހަރެން ކޮލެޖަށް ކިޔަވަން ދިއުމުގެ ކުރިން ބޮޑުބޭބެގެ ހުއްދައާއި އެކު އާޓިފިސަލްބީޗަށް ފިނިވައި ޖައްސާލުމުގެ ނިޔަތުގައި ފަތިހު ފަތިސް ނަމާދު ކޮށްލައިގެން ދިޔައީމެވެ. ފަތިސް ގަޑި ކަމުން މި ހަލަބޮލިމާލޭގައި މީހުން ފެންނަނީ ވަރަށް މަދުންނެވެ. އެވެސް ދުވަން ނިކުމެ އުޅޭ މީހުންނެވެ. މިއަދު ފަތިހު ރަށަކުން ބޯޓެއް ނުލަފާތީ ކާރެއް ވެސް ފެންނަނީ ހުދު ކާޅެއް ދައްކާލާ ހެންނެވެ. އަހަރެން ފުރަތަމަ ވެސް ގޮސް އިށީނީ މޫދާ އެންމެ ކައިރީގައި […]
އާދައިގެމަތިން މިއަދުވެސް އަހަރެން ހޭލިއިރު ހަވީރުވާން ގާތްވަނީއެވެ. ހައިކަން އިހުސާސްވެފައި ހުރުމުންނާއިއެކު އަހަރެން އަވަސްވެގަތީ ފެންތިކެއްވަރައިލައިގެން ނިކުންނާށެވެ. ރޭގަނޑުދާ ހަތަރުދަމު އަހަރެން ވަގުތު ހޭދަކުރަނީ އަހަރެންގެ އެކުވެރިންނާއެކުގައެވެ. ޕާޓީ ކުރުމުގައެވެ. މަޖަލާ ފޯރީގައި ދީނުގައި ހަރާމް ކުރައްވާފައިވާ ކަންތައްވެސް ކުރަމުން ދިޔައީ ހެއްދެވި ފަރާތެއް ވާކަންވެސް ނޭނގޭ މީހެއްފަދައިންނެވެ. ބިރުގެކަންފުޅެއް ވެސް ނެތިއެވެ. އުމުރުން ފަނަރަ އަހަރަށް އަޅަންދެންވެސް އަހަރެންމީ ވަގުތުން ވަގުތަށް ނަމާދުކޮށް ދީނީކަންކަމަށް ސަމާލުކަންދޭ، ރަނގަޅު ކުއްޖެކެވެ. ނަމަވެސް އަހަރެންނާއި ދިމާވި ބީރައްޓެހި ދެ […]