Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

އައިކާ 2

emy emirates Level 1
August 14, 2021 7 Mins Read
0 Comments

އިކާ އިނާގެ ހިތްވަރުގެ ބަސްތަކުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހަމަޖެހިއްޖެވެ. ކުލާހަށް ވަދެވުނުތަނާހެން އައިކާ އަދި އިނާވެސް ހުރިތަނަށް ގަބުވީ ކުރިމަތިން ފެނުނު ހަތަރު ކުދިންގެ ސަބަބަބުންނެވެ. ވަގުތުން އައިކާގެ އަދި އިނާގެ ހިތްވެސް ނުތަނަވަސްވީ ދެން ކުރިމަތި ލާންޖެހޭނީ ކޮންފަދަ ކަމަކާކަމެއް ނޭނގޭތީއެވެ. ދެކުދިންގެ ހިތުގައި ވެސް ވީ އެއްސުވާލެކެވެ. މި ކުލާހުގައި އުޅޭނެގޮތެކެވެ؟ ކިޔަވާނީ ކިހިނެތްތޯއެވެ.؟ މިފަދަ އެކި އެކި ސުވާލުތަކެވެ.
………………………………………………………………………………………………………………………..

(2 ވަނަ ބައި)

ދެންމެ ވެސް އެދިޔައީ އައިކާ ކައިރީ ސަމާލު ވުމަށް ބުނެފައި ވިއްޔާއެވެ. އަނެއްކަ ކިތަށް ދުވަހު ވެއްޓިގެން އައިކާ ކުއްވެރިކޮށް މުދައްރިސް އާއި ހިސާބަށް ދާނެބާއެވެ؟؟. އައިކާ އައިކާގެ އަސްލު ރަށްކަމަށްވާ މުރައިދޫގައި ގުރޭޑު ނުވައަކާއި ހިސާބަށް ކިޔެވި އިރުވެސް ވަނީ މިކަހަލަ އެތައްކަމަކާއި ދިމާވެފައެވެ. މިފަހަރު ވެސް މި ޖެހުނީ އެއްކަލަ ތިން ކުދިންނެވެ. އައިކާ އާއި ދިމާ އަށް ހަޅޭލަވައިގަތް ލަޔާނާ އާއި މުރައިދޫ ސުކޫލުގައި އެންމެ ހަސަދަލައިގެން ޖެއްސުން ކުރި ލީން މިހާރު ވެސް އެތިބީ ހީހީފައި ވާހަކަ ދައްކާށެވެ. ލީން އަކީ ލީންގެ މިޒާޖުގެ ކުދިންނައި ވަރަށް އަވަހަށް ރައްޓެހިވާ ކުއްޖެއް ކަމުން މިފަހަރު ވެސް އެކަން އެހާ އުދަނގޫ ކަމަކަށށް ނުވިއެވެ. ލަޔާނާ އާއި އެކު ދެން ތިބި ޒީނާ އާއި ނަޖާ ވެސް ލީން އާއި ވާހަކަ ދައްކަން ފަށައިފިއެވެ.
ކުލާހުގައި މުދައްރިސް ހުރީތީ އާއި އެކު ވެސް އަވަހަށް އައިކާ އާއި އިނާ ބެލީ ގޮނޑިއެއްގައި އިށީދެވޭތޯއެވެ. ނަސީބަކުން އެއް މޭޒު ހުސްކޮން އިނެވެ. ކޮންމެ މޭޒެއް ކައިރީ ދެ ގޮނޑި ދެ ކުދިންނަށް އިށީދެވޭ ގޮތަށް ހުއްޓެވެ. ކުލާހަށް ހުރިހާ ކުދިން ވަދެ ނިމުމުން މުދައްރިސް ތައާރަފު ވެލިއެވެ. އަދި އެއަށްފަހު ހުރިހާ ކުދިން ތައާރަފުވެ ނިމުމާއި އެކު ކުރިއަށް އޮތް ތާނގަ ސަމާލުކަން ދޭންވީ ކަންތައް ވެސް ކިޔައި ދިނެވެ. ގަޑިއަކަށް ފަހު ގަޑިއެއް ނިމެމުން ގޮސް ގެއަށްދާ ވަގުތު ޖެހުމާ އެކު އަނެއްކާ ވެސް ކޮލެޖު ތެރެ ހަލަބޮލި ވެއްޖެވެ. މިއަދު ދެން އިތުރު އުނދަގުލަކާ ކުރިމަތި ނުވި ނަމަވެސް އަދި ވެސް އައިކާ ހުރީ ނުތަނަވަސް ވެފައެވެ. އެޕާޓުމެންޓަށް ވަދެގެން ކޮޓަރި އަށް ދިޔުމަށް މިސްރާބުޖެހި އައިކާއަށް އެތާ ތިބި އައިކާގެ ދޮންބެ އަކުމަލް އާއި ދޮންތަ އަރީކާ ނުވެސް ނުވެސް ފެންނަ ފަދައެވެ.
ލީން އަށް ގެއަށް ވަދެފައި އެންމެ ފުރަތަމަ ވެސް މަންމަ ހޯދައިލެވުނީ ބަނޑުހައި ވެފައި ހުރިލެއް ބޮޑު ކަމުންނެވެ. އޭރު ލީން މަންމަ ހުރީ ކާން ވެސް ހަދާފައެވެ. ކޮލެޖަށް ދާންލީ ހެދުން ވެސް ބަދަލު ނުކޮށް އައިސް ކާންފެށިއެވެ. އެންމެ ސުވާއެއް އަނގަޔަށް ލެވުނު ތަނާ ލީންގެ ބައްޕަ ވެސް އައިސް މޭޒު ދޮށުގައި އިށީންދެއްޖެވެ. ” ދަރިފުޅާ … މިއަދު ކާން ވެސް ތިޔައައީ ކޮލެޖަށް ދާންލީ ހެދުމުގަތަ… އެތަނުން އައިސް ފެންވަރައިލައިގެން އައިނަމަ އޭނނުން. އެހެން ނޫންނީ ރިހާކުރާ ބަތާ ހުރި އިރު ކާގަޑީގައި ރިހަކުރު ވެސް ހޭކިދާނުން..” “އޯ ބައްޕާ… އައިމް ސޯ ޓަޔަޑު ނައު.. އެހެން ނޫނަސް މަންމަ ދޯ ބަތް މޮޑެ ދެނީ ވެސް .. އަނެއްކަ ކަނީވެސް ސަމްސަލުން ދެން… ފެންވެރޭނީ އިރުކޮޅަކުން މިއަދު ލިބުން ރައްޓެހިންނާއި އެކު ބޭރަށް ދާންވީމަ…” ލީން ބައްޕަ އަށް ފަރުވާ ކުޑަ ގޮތަކަށް ޖަވާބު ދެމުން ކެއުމައިގެން ކުރިއަށް ދިޔައެވެ. ލީން އަކީ ލީޒާ އަށާއި ހަސަނަށް ލިބުނު ހަމައެކަނި ދަރިއެވެ. އެހެން ކަމުން ލީޒާ ވަނީ ލީން ދެކެ އަމަށަކު ލޯތްބެއް ނޫނެވެ. ކޮންމެ ކަމަކަށް ވެސް އޯކޭދީފައި ލީން އުޅޭގޮތް ވެސް މާބޮޑަކަށް ނުބަލައެވެ. އެހެން މީހަކު ލީންގެ ކަމުނުދާ ވާހަކަ އެއް ބުނިކަމުގައި ވިޔަސް ގޯސް ވާނީ ގިނަ ފަހަރު އެމީހެކެވެ. އެއް ގޮތަކުން ބުނާނަމަ ތިމާއަށް ތިމާގެ ދަރި މާބޮޑަށް ދޮންފުތު ވަނީއެވެ. ހަސަނު ކިތަމެ ވަރަކަށް އެހެންނެހެދުމަށް ބުނިކަމުގައި ވިޔަސް ލީޒާހަސަނަށް ދެނީ ބީރު ކަންފަތެކެވެ.
“ހަލޯ އައިކާ ކޮބާ؟ ” އީނާ އައިކާގެ ފޯނަށް ގުޅުމުން ފޮނުނެގީ އައިކާގެ ދޮންބެއެވެ. ” އައިކާ އިނީ ކާން… މަޑުކުރޭ މިދެނީ ” ” ހަލޯ އިނާ…” އައިކާ އަތަށް ހަމަ ފޯނު ލިބުމާ އެކު ކާން އިނދެފައި ވެސް ވާހަކަ ދައްކަން ފެށިއެވެ. ” ހޫމް ތި ބޭފުޅާ އަށް ފޯނާ ހިސާބަށް އާދެވިއްޖެދޯ” ” ހޫމް… އިޒާކު އަތަށް ދީފައޭ ކާން އައީ… ކިހިނެކޭ މިހާރުވީ…” އައިކާ ބުންޏެވެ. ” އޯ … ތިޔަބޭފުޅާގެ ދޮންތަގެ ހަލަނި ގަނޑު އަތުގަދޯ … ވީގޮތަކީ ތުއްތަމެން ހަވީރު ސޮޕިނަށް ދާން އުޅޭތިވެ… ނުވެސް ގެންދިޔަ މިއަދަކު އެހެންވެ ވަރަށް ފޫހިވާތި…” އިނާ އައިކާ އަށް ޖަވާބުދިނީ އައިކާ ރުޅި އަރުވާލަން ވެސް އެއްޗެކޭ ބުނަމުންނެވެ. އައިކާ އަކީ އަބަދު ވެސް ކުޑަކުދިންނަށް ފޯރި ހުންނަ ކުއްޖެއް ކަމުން އައިކާ އެންމެ ލޯބިވާ ކޮއްކޮ އިޒާކު އާއި ދިމާއަށް އެއްޗެއް ބުނާއިރަށް ރުޅި އައިސް ހީވާނީ މަންމަ އަކު ދަރި ދިފާއު ކުރަން ވާހަކަ ދައްކާހެންނެވެ. ” އިނާގެ ތި ފޫހިވާ ބަލި ފިލާނީ ކޮންއިރަކުންތަ ؟ ހޫމް އޯކޭ ހަތަރެއް ޖަހާއިރު މިގޯޗަށް އާދޭ ހިނގާލަން ދެވޭނީ އޭރުން.” އައިކާ ވެސް އިނާ ރުޅި އަރުވާލަމުން ދާނެ ތަނަކާ ގަޑި އެއް ބުންޏެވެ.
ލަޔާނާ ލޯގަނޑުން އެންމެ ފަހު ފަހަރަށް މޫނު ބަލާލަމުން ގަޔަށް ” ސްމާޓް ކަލެކްސަން ” ގެ ސެންޓު ކޮޅެއް ބުރުވާލަމުން އެނދުމަތީގައި އޮތް ކަޅުކުލައިގެ އަތް ދަބަސް ނަގައިގެން ކޮޓަރިން ނިކުތެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރުމަށް ފަހު ބަދިގެޔާއި ދިމާއަށް މިސްރާބު ޖެހި ލަޔާނާ ދެކޮޅަށް ބަލާލީ އޭނާގެ ބައްޕަ ސިޓިންރޫމުގައި އިންތޯ ބަލާލުމަށެވެ. ސިޓިން ރޫމުގައި އިނީ ލަޔާނާ އަށް ތުރެން ތިން އަހަރު ދޮށީ ބޭބެ އަދިޔަންއެވެ. ބަދިގެއަށް ވަތްތަނާ ލަޔާނާގެ މަންމަ ލަތާސާ ގޮވާލިއެވެ. ” ދަރިފުޅާ…ސައި ވެސް ނުބޮއިތަ ދަނީ “. ” ހޫމް މިއަދު ޖޫގޯ ބޯނީ އެހެންވެ މިދަނީ ރުފިޔާ ވެސް ހިފައިގެންނޭ… އެހެން ނޫނަސް އެހާ ބަނޑު ހައެއް ވެސް ނޫން “.ލަޔާނާ މަންމަ އަށް ޖަވާބު ދާރީ ވުމަށް ފަހު އަވަހަށް ބަދިގެއިން ނިކުތީ ލަޔާނާގެ ބައްޕަ އަށް ނުފެނި ދެވޭތޯއެވެ. ނަމަވެސް ނިކުތްތަނާ އެރުނީ ބައްޕަގެ ކުރި މައްޗަށެވެ. ” ދަރިފުޅާ…މިއަދުވެސް ބޭރަށް ދަނީތަ..ސައިވެސް ނުބޮއެ.” “ލައްބަ ބައްޕާ …މިއަދު ސައިބޯ ހިތެއްނެތް”. ލަޔާނާ އެހެން ބުނުމަށް ފަހު ފައިވާން ހަރުގަނޑުން ކަޅު ކުލައިގެ ހައިހީލް އެއްނަގާ އެއަށް އަރައިގެން މަގުމައްޗަށް ނިކުތް އިރު ލީންވެސް ކާރުގައި އައިސް އެހިސާބަށް އެރިއްޔެވެ. ލަޔާނާމެން ގެޔަށް ފުރަތަމަ ދުވަސް ކަމުން ލީން އަކަށް އަންނާކަށް ނޭގުނެވެ. އެހެން ކަމުން ލީން އައި ކާރުގައެވެ. ދެންތިބި ޒީނާ އާއި ނަޖާގެ ހުންނަނީ ލަޔާނާމެންގެ އާއި މާދުރުނޫން ހިސާބެއްކަމުން ލަޔާނާ އާއި ލީން މިސްރާބުޖެހީ ޒީނާމެން ގެޔަށް ދިއުމަށެވެ. ” ޒީ…ނަޖާ އަދިވެސް ނާދޭތަ…”ލަޔާނާ އަށް ޒީނާ އާއި އެކު ނަޖާ ހުރިތަން ނުފެނުމުން އަހާލިއެވެ. ” އާނ…އަދި އެ ތަތް ބަނޑި ގަނޑަކަށް މި ހިސާބަކަށް ނުފޯރާ…” ޒީނާ ހަމަ އެހެން ބުނިތަނާ ޒީނާގެ ފޯނު ރިންގުވާން ފަށައިފިއެވެ. ގުޅަނީ ނަޖާއެވެ. ހަމަ ނެގި ގޮތަށް ނަޖާ މިއަދު ނުދެވޭނެ ވާހަކަ ބުނެފައި ފޯނު ކަނޑައިލާފިއެވެ. “އަޅެ..މި ނަޖާ އަކާ އެކީ އުޅޭ މީހަކު ވެއްޖާ ރުޅިނާހެއް ނުހުންނާނެ.. މިއަދަކު ނެތޯދެވޭކަށް..” ޒީނާ ދެންތިބި ދެމީހުން ގާތު ބުނެލިއެވެ. ” އޯ ޔެސް… އަހަރެން ވެސް ވަރަށް ފޫހިވޭ އެހެން ހަދާ މީހުންދެކެ” ނަޖާ ވެސް އެއާ ވިއްދާފައި ބުނެލިއެވެ. އަދި އެންމެ އެކީ ހިނގައިގަތެވެ.
“އައިކާ…މި ދަނީ އިނގޭ… ނިކުންނަމުން ދޮރު ތަޅުލަން ހަނދާން ކުރާތި …އިޒާކު އަށް ބަލާތި އިނގޭ…މިހިރި ބޫޓު މިތާ ހަރުގައި ދޮންތަ މިދަނީ…” އައިކާގެ ދޮންތަ އަރީކާ ހޮސްޕިޓަލަށް ދާން ނިކުންނަމުން ކޮޓަރީގައި ހުރި އައިކާއަށް އިވޭވަރަށް ބުންޏެވެ. އައިކާގެ ދޮންތަ އަކީ ހޮސްޕިޓަލު ނަރުހެކެ ” ލައްބަ ދޮންތާ…” އައިކާވެސް އެހެން ބުނެފައި އެންމެ ފަހުކަމަކަށް ދަބަހުގައި އިޒާކުގެ ފެންފުޅި އަދި އެހެން އެއްޗިހި ހަމަ އަށް ހުރިތޯ ބަލާލިއެވެ. އަދި އިޒާކުގެ އަތުގގަހިފައިގެން ކޮޓަރިން ނިކުމެ ބޫޓު ހަރުގައި އިން ބޫޓަށް އިޒާކު އަރުވައި އައިކާގެ ބޫޓު ހިފައިގެން އެޕާޓުމަންޓުން ނިކުތެވެ. އައިކާމެންނަށް ލިފްޓުން ފޭބުނު ވަގުތުވީ އިނާއަށް ވެސް ލިފްޓަށް އަރަން އާދެވުނު ވަގުތަށެވެ. ތިން މީހުން އެކުގައި ހިނގައިގަތީ އާރޓިފިސަލް ބީޗާއި ދިމާލަށެވެ.
” އަމް ރުފިޔާ ގެނައިންދޯ… މިހާރު ވަރަށް މީހުން މަދޭނުން ހިނގާ އަވަހަށް ޖޫގޯ އެއް ގަންނަން ވަރަށް ފެންވެސް ބޮވާ އެބަ..” ލަޔާނާ މިހެން ބުނެ ތެދުވެގެން ޖޫގޯ ވިއްކާތަނަށް ދިއުމަށް މިސްރާބުޖެހިއެވެ. ފަހަތުން ޒީނާ އާއި ލީން ވެސް ހިނގައިގަތެވެ.
އިޒާކު އާއި އައިކާ ގޮސް މޫދާ އެންމެ ކާރީގައި ހުސްކޮށް އިން ހަޓުގައި އިށީނީ އިނާ އެތާއިން ފިހާރައަކަށް ފިނި ފެންފުޅިއެއް ގަންނަން ދިއުމުންނެވެ. އިޒާކުއާއި ސަކަރާތްޖަހަން އިންދާ އައިކާގެ ލޮލުގަ އަޅައިގަތީ ދުވެފައި އަންނަ އިނާއެވެ. އައިކާމެންނާ ހިސާބަށް އައިސް މާ ނޭވާލަމުން ދިޔަ އިނާ ހަމައަކަށް އެޅިލުމަށް ފަހު އިޒާކު އާއި ޖެހިގެން އިށީންދެފައި ކަންވީ ގޮތް ކިޔަންފެށިއެވެ.
{ ހަ މިނެޓު ކުރި }
ފިހާރައަށް ވަދެފައި ފުރިޖުން ފެންފުޅިއެއް ނަގައިގެން އިނާ ހިގައިގަތީ ކައުންޓަރަށް ފައިސާ ދައްކާށެވެ. ފައިސާ ދެއްކުމަށް ފަހު ފިހާރައިން ނިކުމެގެން އެހެން ދަނިކޮން ފޯނުން ވާހަކަދައްކަމުން ޕޭމަންޓުން ހިނގާފައި ދިޔަ ފިރިހެނެއްގެ ގައިގައި ޖެހިފައި އީނާގެ އަތުގައި އޮތް ފެންފުޅި ވެއްޓުނެވެ. އަވަހަށް އެ ފެންފުޅި ނަގާފައި އެ ފިރިހެން މީހާ އިނާ އަތަށްދެމުން މާފަށްވެސް އެދުނެވެ. އޭރު ވެސް އެފިރިހެންމީހާ އަތުގައި އޮތް ފޯނުން އެމީހާއަށް ގޮވައެވެ. ނަމަވެސް އެކަމަށް ސަމާލުކަން ނުދީ އޭނާ ހުރީ އިނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އީނާ އަވަހަށް ލަދުން ދުއްވައިގަތީ އެމީހާ އީނާގެ މޫނަށް އެހާވަރަށް ބަލާތީއެވެ. ހީވަނީ ދިރާސާއެއް ކުރަން ބަލާހެންނެވެ.
………………………………………………….މިހާރު…………………………………………….
” ސާބަސް އީނާ …. އެހެންވެ ތިއައީ މިހިސާބަށް ދުވަމުން… ހޫމް އެމީހަކަށް ކިޔާ ނަމެއް އެނގޭތަ….. އެހެން ނޫނަސް ތިއީ އަބަދު ވެސް މަ ފިރިހެނެއް ބެލިއަސް އަނެއްފަރާތަށް ބަލާނޭ އިސްދަށަށް ޖަހާނޭ ބުނާ މީހަ….ރީތި ވެއްޖޭނުން …އިނާ އަށް ވަކި ވީވަރު ކުޑަތަ.. މިހިސާބަށް ވެސް ތިޔައައީ ދުވެފައި.. އަދި އެމީހާ ތިޔަބޭފުޅާ ފަހަތުން އައިނަމަތާ ދުވާނީ ވެސް…” އައިކާ ހުރީ އިނާގެ މޮޔަކަމާއި ހުރެ ބުނާނެ އެއްޗެއް ވެސް ނޭގިފައެވެ. ” ހޫމް ހެވޭ ދެން ތި ވަރަށް ސައި ނުބެހިޔަކަސް….މިއައީ ވެސް ދެތަށި ސަޔާއި ތުއްތަ ރައްޓެއްސަކު ދިން ބަބުކޭލާ ބިސްކޯދާ އެއްޗިހި ކައިލަގެންނޭ…އެމީހައަށް ފޯނުން ގޮވާއަޑު އިވުނީ ކޮންމެވެސް އަކުމަލެކޭ… ލައިގެން ހުރީ ގަދަ ނޫކުލައިގެ ގަމީހަކާއި ކަޅު ޖިންސެއް ދެން އަތް ހުރީ އޮޅާފައި…” އިނާ ހަމަ އެހެން ބުނުމާއި އެކު އައިކާ ޕަކަޕަކަ އަޅައިފަ ހޭންފެއްޓިއެވެ. އިނާ އިނީ މިވަނީ ކީއްކަން ނޭނގިފފައެވެ. އައިކާ ހޭތިވެ އިޒާކު ވެސް އައިކާއަށް ބަލާފަ ހޭއިރު ހީވަނީ ހަމަ މި ވަނީ ކީއްކަން އެނގިގެން ހޭހެންނެވެ. ” މިއޮށް އިނާއެއް ތިހާގިނައިން ކަންޏާ އަހަންނަށް ހީވަނީ އަދި ކާހިތުންގޮސް އަހަރެންވެސް ކާލަފާނެހެން މިހާރު ވެސް ހީވަނީ ބަރަބޮލެއް ހެން ވިއްޔަ …އެކަމަކކު ދޯ އިނާ އިނާއަށް ތި ފެނުނީ އަހަރެންގެ ދޮންބެ ވިއްޔާ..އިނާ އަށް ކުރިން އެނުފެނުނީ ދޮންބެ މެލޭޝިއާގައި އުޅުނީމަ…” އައިކާ ހުނުން މަތަ ކޮށްފައި ބުނި ވާހަކައިން އިނާ ހުރީ އަނގަ ތަންމިނަށް ހުޅުވައިގެންނެވެ. އިނާ އެހެން ހުރުމުން އައިކާވެސް ހުރީ އިނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ދެން އިޒާކު ކުރިކަމަކުން އަނެއްކާވެސް އައިކާ އަށް ހޭންފެށުނެވެ. މިއަދު އިޒާކު އަނގަ ހުޅުވިފައި އިންދަ އަކުމަލް ވެސް އިޒާކު ކުޅެން ގެންގުޅޭ ތަނުން އެއްޗެއް އިޒާކު އަނގަޔަށް ޖެހީމަ މިފަހަރު އިޒާކު އިނާ އަނގަ ހުޅުވިފައި އިނުމުން އިޒާކު އަތުގައި އޮތް ކުޑަ ކުޑަ ކުޅޭ އެއްޗެއް އިނާ އަނގަޔަށް ކޮށްޕާލިއެވެ. އެހެން އެކި މަޖަލުގައި ތިއްބާ ފަސް ގަޑި ބައިވާން ގާތް ވުމުން އައިކާމެން ގެޔަށްދިޔުމަށް އަވަސް ވެގަތެވެ.
ލީންމެން ޖޫގޯ ބޮއެގެން އެންމެން އެކީ ސެލްފީ އާއި ފޮޓޯ ނަގާ މަޖާ އެކިކަހަލަ ވާހަކަތައް ދައްކަމުން ދިޔައިރު ގަޑިދާ ގޮތް ވެސް އެކުދިންނަށް ނޭނގޭފަދައެވެ. މިހާރު ގަޑިން ވީ އިރު ވެސް އެނގުނީ ހަ ގަޑި ފަނަރަ ވާން ގަތްވެފައި ހުއްޓާ ލަޔާނާގެ މަންމަ ގުޅުމުންނެވެ. ތިން ކުދިންވެސް ގެޔަށް ދާން މިސްރާބު ޖެހީ ލަޔާނާގެ މަންމަ ގުޅާފައި އަންނަން ބުނުމުންނާއި މިހާރު އިރުއޮއްސެން ވެސް ގާތްވެފައި ވާތީއެވެ. ޒީނާމެންގެޔާއި ހިސާބުން ލީން ވަނީ ޒީނާއާއި އެކު އެގެޔަށެވެ. ލަޔާނާ ދިޔައީ ލަޔާނާގެ ގެޔަށެވެ
” މިއޮށް އައީނުން އެ މަންޖެ…”ލަޔާނާގެ ބައްޕަ އާދިލް ލަޔާނާ ގޭތެރެއަށް ވަނުމާއި އެކު ސިޑިން ފައިބައިގެން އަންނަ ލީޒާއަށް ބުނެލިއެވެ. އަދި ލަޔާނާ އިށީނުމާއި އެކު ލަޔާނާއަށް ގުޅާފައި އަންނަ ބުނީ ކީއްވެކަން ބުންޏެވެ. އާދިލް އަކީ މާލޭގެ މަސްހޫރު ވިޔަފާރި ވެރިޔެއްކެވެ. މިހާރު އާދިލް އެވަނީ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރަތަމަ ބިންގާއަޅާފައެވެ. ރާއްޖޭގެ ރީތި ރިސޯޓަކާ ޕާރޓްނާސިޕް ހަދައިގެން މިރޭ އެދަނީ އާދިލް މެންނަށް އެމީހުން ދިން ކެއުމަކަށް ރރިސޯޓަށެވެ.
” ބައްޕާ އަހަރެން ރެޑީ … ހިނގާދާން ކޮބާ ލަޔާ… ” ސޯފާގައި ތިބި އާދިލް މެންނާއި ވާހަކަ ދައްކަމުން ސިޑިން ފޭބި އަދިޔަން ހުރީ ގަދަ ނޫކުލައިގެ ގަމީހަކާއި އެކު ކަޅުކުލައިގެ ކޯޓަކާއި ކަޅުކުލައިގެ ޖިންސެއް ލާފައެވެ. ބަލާލަން ވަރަށް ވެސް ފުރިހަމައެވެ. އާދިލް އާއި އެކު ވިޔަފާރީގެ ކަންކަމުގައި އުޅެން އަދިޔަން އެހެރީ މެލޭޝިއާ އަށް ގޮސް ބިޒްނަސް ކިޔަވައިގެން މިދިޔަ ހަފުތާ އައިއްސައެވެ. މިކަމާ ލަޔާނާ ހުންނަނީ ވަރަށް ކަންތައް ބޮޑުވެފައެވެ. ލަޔާނާގެ ނަޒަރުގައި އަދިޔަން މާލެއިން ކިޔަވާ ނިމުނުތަނާ މެލޭޝިއާއަށް ބިޒްނަސް ކިޔަވަން އެދިޔައީ ލަޔާނާ ކިޔަވާ ނިމެންވާ އިރަށް ވިޔަފާރީގެ ބޮޑުބައެއް އަދިޔަންގެ ނަންމައްޗަށް ބަދަލު ކުރުމަށެވެ. ލަޔާނާ ބޭނުންވަނީ ލަޔާނާއަށް ބައްޕަގެ އެމުއްސަދި ކަން ލިބެންށެވެ. އަދިޔަން އަކީ އެހެންމީހެއްގެ ދަރިއެއްނަމަ ކިހާ ރަނގަޅުވީސްހޭ އަބަދު ވެސް ލަޔާނާ ހިތައް އަރައެވެ. ލަތާސާ އަދި އާދިލް އަކީ ވެސް އެހާ ބޮޑާ ކިބުރުވެރި މީހަކަށް ނުވިޔަސް އާދިލްގެ މަންމަގެ އެގޮތް އެވަނި ލަޔަނާއަށް ލިބިފައެވެ. ” އެޔޮށް ނިކުތީނުން … ހިނގާ އަވަހަށް ދާން ދަރިފުޅު ދޭ އަވަހަށް ބައްޕަގެ ކާރު ނެރެން…” ސޯފާ ކައިރީ ހުއްޓުނު އަދިޔަން އަށް އާދިލް ޖަވާބުދިނެވެ.
ހަވީރު ޑިޔުޓީއަށް ދިޔަ އައިކާގެ ދޮންތަ ދެން ގެޔަށް އަންނާނީ ބާރަ ޖަހާއިރު ކަމުން އައިކާ އިނީ އިޒާކުއަށް ކާންދޭށެވެ. އަރީކާ ޑިޔުޓީއަށް ދިޔުމުން އަބަދު ވެސް އިޒާކު ބަލަނީ އައިކާއެވެ. ނަމަވެސް އައިކާގެ މަންމަ މަރުނުވާއިރު އިޒާކު ބަލަހައްޓަނީ އައިކާގެ މަންމައެވެ. އިޒާކު އަށް އެއް އަހަރު ފުރެން ގާތްވެފައި ވަނިކޮން އައިކާގެ މަންމަ ވަނީ ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ. އިޒާކު އަށް ކާންދޭން އިންދާ ގޭގެ ދޮރު ހުޅުވާލި އަޑު އިވުމުން ބަލާލި އިރު އެއީ ދޮންބެއެވެ. އަދިވެސް ހަވީރު ދިމާވި ކަންތަކުން އައިކާއަށް ހެވެއެވެ. ކިތަމެ ނުހޭން ހިތްވަރު ކޮށްގެން އިންނަމަވެސް މިފަހަރު އައިކާ ކުރިމަތިގައި އަކުމަލް އިށީނުމާއި އެކުހެން އައިކާ އަށް ހެވިއްޖެވެ. ” އައިކާ… ކީއްވެތި ހެނީ ދޮންބެގައިގައި އެއްޗެއް ހުރީތަ ” އައިކާ ހޭތީވެ އަކުމަލް އަށް ގައިފޮޅާ ގަމީސްވެސް ހުރީ ރަނގަޅަށް ތޯ ބެލިއްޖެވެ. ” ދޮންބޭ ގަމީސް ހުރީ ރީތި ކޮންނޭ… ސުވާލެއް ކޮށްލަންތަ؟…” އައިކާ ބުނެލިއެވެ. ” ހޫމް ކޮށްބަލަ ދޯ..” އިޒާކު ގެންގުޅޭ ކުޅޭ އެއްޗިހި ތަކުން ކާރެއް ދުއްވަމުން އަކުމަލް ބުންޏެވެ. ” ދޮންބެ މިއަދު ހަވީރު ދިޔައީ ކޮންތާކަށް…އެއް ވެސް އަންހެން ކުއްޖެއް އަތުގައި އޮތް އެއްޗެއް ދޮންބެ އަތުން ވެއްޓުނުތަ…؟؟ ” އައިކާ އިޒާކުއަށް އެންމެ ފަހު އެތި ކޮޅު ލަވަމުން އެހިއެވެ. އަކުމަލް އިނީ ބަހަކުން ބަހެއް ނުބުނެ އައިކާއާއި ދިމާއަށް ބަލާށެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. އައިކާ އަކީ މާ ތަންތާ ވާކަންތައް އެނގޭވެސް ކުއްޖެއް ނޫން ވިއްޔާއެވެ. އަކުމަލްގެ ހަނދާނާއި ދެން ކުޅެލީ މިއަދު ހަވީރު އަދިޔަންއާއި ބައްދަލު ކުރަން ޑައިނަމޯ ޓޭކް އަވޭ އަށް ދިޔައިރު ހިނގާދިޔަ ކަންތަކެވެ.
{ ނުނިމޭ }

Share Article

Follow Me Written By

emy emirates

Level 1

Other Articles

Previous

ޙަޔާތުގެ މިއީ ވާހަކަ އޭ މަގޭ

Next

ތި ސޫރަ ނޫން 8

Next
August 14, 2021

ތި ސޫރަ ނޫން 8

Previews
August 14, 2021

ޙަޔާތުގެ މިއީ ވާހަކަ އޭ މަގޭ



All Right Reserved!