ނޯޓް:މިވާހާކާ އަކީ ސުޕަރނެޗުރަލް/ފިކްޝަނަލް ވާހަކައެކެވެ. އެހެން ކަމުން އަސްލާ ނުގުޅޭ އެތަށް ކަމެއް މި ވާހަކައިގައި ހުރުން އެކަށީގެންވެއެވެ. އިރުގެ ދޯދިތައް މޫނަށް އެޅެންފެށުމާއެކު ނިދާފައި އޮތް އަންހެން ކުއްޖާ އޭނާގެ ކައިރީގައި އޮތް ބާލީސް މޫނުމަތީ އެޅިއެވެ.ބަލާ ބެލުމަށް ވަރަށް ތަނަވަސް ކޮޓަރިއެކެވެ.އެއްކަނެއްގައި ބޮޑު ފަސް ދޮރުފަތް ލީ ވިލުނޫކުލައިގެ އަލަމާރުއެއް ހުރިއިރު އެއާއި ޖެހިގެން ނޫކުލައިގެ ޑްރެސިންގް ޓޭބަލް އެއް ހުއްޓެވެ.އަނެއް ކަނުގައި ކުޑަ ސޯފާސެޓެއް ހުރި އިރު އޭގެ މައްޗައް ތަރުތީބެއް ނެތި […]
އޮއްސެމުން ދިޔަ އިރުގެ ދޯދި ތަކަށް ބަލަހައްޓައިގެން އިން އަންހެން ކުއްޖާގެ ލޮލުގައި ކަރުނައިގެ ތިކިތަށް ބަބުޅަން ހުއްޓެވެ.ފާލަން ކޮޅުގައި މޫދަށް ވާގޮތަށް ފައި ބާލައިގެން އިން އެކުއްޖާ ދިޔައީ ފުން ޚިޔާލެއްގެ ކަނޑަކަށް އަރަގުވަމުންނެވެ.ދެލޯ ކައިރި ދުޅަވެ ލޯ ރަތްވެފައި ހުރުމުން އޭނާ ވަރަށް ހިތާމަ ކޮށްފައިވާކަން އެނގެއެވެ.އެ މައުސޫމް ދެލޯ ފެންނަ ކޮންމެ މީހެއްގެ ހިތް ހަމްދަރުދީ އިން ފުރޭނެއެވެ.އޭނާގެ ހިތުގައި ވަނީ ޝަކުވާެއެވެ.އޭނާ އަޝް އެލިބެމުންދާ އަނިޔާ އޭނާ އަށް ހައްގު ހެއްޔެވެ؟އޭނާ […]