ނޯޓް:މިވާހާކާ އަކީ ސުޕަރނެޗުރަލް/ފިކްޝަނަލް ވާހަކައެކެވެ. އެހެން ކަމުން އަސްލާ ނުގުޅޭ އެތަށް ކަމެއް މި ވާހަކައިގައި ހުރުން އެކަށީގެންވެއެވެ.
އިރުގެ ދޯދިތައް މޫނަށް އެޅެންފެށުމާއެކު ނިދާފައި އޮތް އަންހެން ކުއްޖާ އޭނާގެ ކައިރީގައި އޮތް ބާލީސް މޫނުމަތީ އެޅިއެވެ.ބަލާ ބެލުމަށް ވަރަށް ތަނަވަސް ކޮޓަރިއެކެވެ.އެއްކަނެއްގައި ބޮޑު ފަސް ދޮރުފަތް ލީ ވިލުނޫކުލައިގެ އަލަމާރުއެއް ހުރިއިރު އެއާއި ޖެހިގެން ނޫކުލައިގެ ޑްރެސިންގް ޓޭބަލް އެއް ހުއްޓެވެ.އަނެއް ކަނުގައި ކުޑަ ސޯފާސެޓެއް ހުރި އިރު އޭގެ މައްޗައް ތަރުތީބެއް ނެތި ފޮތްތަކެއް އުކާލެވިފައިވެއެވެ.އެ އަންހެން ކުއްޖާ ނިދާފައި އޮތް ކުއީން ސައިޒް ތަނަވަސް އެނދުގެ އެއްކަނެއްގައިވެސް ތަރުތީބެއް ނެތި ފޮތްތަކެއް އުކާލެވިފައިވެއެވެ.އެކަމުންވެސް އެ ކުއްޖާ އަކީ ވަރަށް ވާހަކަ ކިޔުމަށް ލޯބިކުރާ ކުއްޖެއްކަން ހާމަވެއެވެ.އިރު ކޮޅަކުން މީހަކު އައިސް އެކޮޓަރި ދޮރުގައި ޓަކި ދޭން ފެށިއެވެ.އެއާ އެކު އެނދުގައި ެެއޮތް އަންހެން ކުއްޖާ ކުދިކިޔަމުން ގޮސް ދޮރު ހުޅުވިއެވެ. “އަނހާ ދަރިފުޅޫ!އަދިވެސް ނިދާ ނުހޭލަންތަ؟މިހާރު އެއަރޕޯޓް އަށް ދާ ގަޑި ޖެހެނީ އޭ އެހެރަގެން.އަވަސް ކޮށްބަލަ!! “.އެއީ އެކުއްޖާގެ މަންމަ ޔާނާ އެވެ.އޭނާ އެއައީ ގޭ އެހެން މީހުން ފުރުމަށްޓަކައި އަވަދިނެތި ތައްޔާރުވަމުން ދިޔަ އިރުވެސް އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ނައިޝަން ގެ ޚަބަރެއް ދަބަރެއް ނުވެގެނެނެވެ. “ކީކޭ މަންމާ؟ނޫ..ނޯ އަޅުގަނޑު ހޭލައިފީމޭ ދެންމެ.މި އަންނަނީ އިނގޭ ރެޑީ ވެލައިގެން” .އެއާ އެކު ޔާނާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ނައިޝަން އަވަސް އަވަހަށް ދޮރުލައްޕާ ތަޅުލައިފިއެވެ.އެއީ ނައިޝަން ގެ މިޖާޒު ހުންނަ ގޮތެވެ.ޔާނާ ދެފަރާތަށް ބޯ ހޫރުވާލާމުން ސިޓިންރޫމާ ދިމާއަށް މިސްރާބު ޖެހިއެވެ. “ނަހީކް،ދަރިފުޅު ކޮޓަރީގަ ހުރި ހުރިހާ އެއްޗެއް ޕެކް ކުރެވިއްޖެތޯ ބަލާ ޔަގީން ކޮއްބަލަ”.ޔާނާ އައިގޮތަށް އައިސް އޭނާގެ ފިރެހެން ދަރިފުޅު ނަހީކް ކައިރީގައި ބުންޏެވެ.އެ އަމަލުން ވެސް ޔާނާ ހުރީ ހިތް ނުތަނަވަސް ވެފައިކަން އޭނާގެ ފިރިމީހާ ނަސީމް އަށްވެސް ރޭކާލިއެވެ.” ޔާނާ.ކަންބޮޑު ނުވެބަލަ،ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށޭ” .ނަސީމް އެހެން ބުނެލުމާއެކު ޔާނާ ބޯޖަހައިލިއެވެ.”ޔާނާ،ކޮބާތާ ނައި.އޭނަ އަދިވެސް ނުހޭލަނީ ތަ؟”. ނައިޝަން ފެންނަން ނެތުމުން ނަސީމް އެހިއެވެ. “ނޫން.އޭނަ ވީ ފަޚާނާގަ.އިރުކޮޅަކުން އަތުވެދާނެ”. ޔާނާ އެހެން ބުނުމާއެކު ނަސީމް އެހެން ހެއްޔޭ ބުނެ އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.ނަސީމް އަކީ ރާއްޖޭގެ ނަން މަޝްހޫރު ވިޔާފާރީވެރިއެކެވެ.އޭނާގެ ފައިވް ސްޓަރ ހޮޓެލް އަކީ އޭނާގެ އެންމެ ބޮޑު ކާމިޔާބީއެވެ.އޭގޭ އިތުރުން މާލޭގައި އޭނާގެ ޝޮޕިން މޯލް އަކާ ރެސްޓޯރެންޓް އެއްވެސް ހުރެއެވެ.އޭނާގެ ކާމިޔާބީ ގެ އެންމެ ބޮޑު ަައަސްލަކީ އޭނާގެ ބޮޑާ ކިބުރުވެރިކަމުގެ އެއްވެސް ސިފައެއް ނެތުމެވެ. އަދި ދީނީ ކަންކަމަށް އޭނާ ބަހައްޓާ ފަރުވާތެރިކަމެވެ.ނަސީމް އަކީ އެހެން ވިޔާފާރިވެރިންނާ ޚިލާފަށް މުއްސަނދި ކަން ދައްކާ މީހެއް ނޫނެވެ.
“މަންމާ.ނައި ރީތި ތަ؟”. އެންމެން ކާކޮޓަރީގައި ސަޔަށް އިންސާފު ކުރަން ތިއްބައި ނައިޝަން އައި ގޮތަށް އައިސް އެހިއެވެ.”އާން ވަރަށް ރީތި މާޝާ ﷲ. ޔާނާ އަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ނަހީކް ނައިޝަން އަށް ތައުރީފް ކޮށްލިއެވެ.ނަހީކް ނައިޝަން އަށްވުރެ ބޮޑީ ދެއަހަރެވެ.ނައިޝަން އަށް 15 އަހަރެވެ.ނަހީކް އަށް 17 އަހަރެވެ.ނަހީކް ބޮޑަށް ވައްތަރީ ބޭރު ކުއްޖަކާއެވެ.ފަން އިސްތަށިގަނޑަކާއި ދިގު އިސްކޮޅެކެވެ.ޔޫރަޕް މީހުންގެ ހުންނަ ކުލަ އަލި ހަމެވެ.އަޅި ކުލައިގެ ރީތި ލޮލެވެ.އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ތޫނު ނަޒަރެވެ.ނަހީކް އާއި ޚިލާފަށް ނައިޝަން އަށް ލިބިފައިވަނީ ކުރު އިސްކޮޅެކެވެ.ސާދާ ކަޅުކަންގަދަ ލޮލެވެ.ކުލައަލި ހަންގަނޑެވެ.ހިތިފަތު ބުމައެވެ.ތުނި ތުނި ނޭފަތެވެ.ރީތި ތުންފަތެވެ.އެހެން ގޮސް ފިރެހެން ކުދިންގެ ހިތްތަށް ކަތިލާފަދަ ހުރިހާ ސިފައެއް މިލްކު ކޮށްގެން ހުރި ގޮމައެކެވެ.
“މިހާރު ކާރު އައިއްސި ދަރިފުޅުމެން އަވަސް ކޮށްގެން ދޭ”. ނަސީމް ހުރީ ލަަސްވާތީ ކަންބޮޑުވެފައެވެ.
*******
ބޯޑިންގ އަށް ގޮވަން ފެށުމާއެކު އެކި މީހުންތަށް ގޮސް އެމީހުން އަރަން ހަމަ ޖެހިފައިވައިވާ ފްލައިޓްތަކަށް އަރަން ފެށިއެވެ.ނަސީމް ގެ އާއިލާ ވެސް ކޮރެއާ ގެ ސެއޯލް އަށް ދާ ފްލައިޓް އަށް އަރާ ހަމަ ޖެހިލިއެވެ.
*******
10 ގަޑި އިރާ 40 މިނެޓްގެ ދިގު ދަތުރެއް ކޮށްފައި ސެއޯލްގެ ެެއެންޗެއޯން އެއަރޕޯޓް ގެ ރަންވޭއަށް ބޯޓު ޖެއްސިއެވެ.އެއާ އެކުހެން ޔާނާ އަވަސްވެ ގަތީ ގަދަ ނިދިގައި ތިބި ނަހީކް އާއި ނައިޝަން އަށް ގޮވާ ހޭލައްވަންށެވެ.ނަސީބަކުން ދެތިން ފަހަރަކު ގޮވާލުމާއެކު ދެކުދިންވެސް ހޭލައިފިއެވެ. މަހަކީ ޑިސެމްބަރު މަސް ކަމުން ކޮރެއާ އަށް ގަދަޔަށް ސްނޯ ފައިބައެވެ.ފްލައިޓް ބިއްލޫރި ގަނޑުން ސެއޯލްގެ ހަލަބޮލި އެއާޕޯޓް އަށް ބަލަން އިން ނައިޝަން އަށް ބޭ އިޚްތިޔާރުގައި ހިނިތުން ވެވުނެވެ.”ފައިނަލީ.އަ ޑްރީމް ކަމް ޓްރޫ”. ނައިޝަން މަޑުމަޑުން ބުނެލިއެވެ.ކޮރެއާގައި ދިރި އުޅުމަކީ ނައިޝަން އާއި ނަހީކް އާއި ދެކުދިން އެންމެ ކުޑަ އިރުންސުރެ ދެކެމުން އައި ހުވަފެނެކެވެ.ދަރިންގެ ހުވަފެނުގައި ކުލަ ޖެއްސުމަށްޓަކައި ނަސީމް މިއަދު އެހުރީ އޭނާގެ ވިޔާފާރީ ބައެއްގެ އަތް މައްޗައް ދޫކޮށްފައި އާއިލާ އާއި އެކު ކޮރެއާ އަށް އައިހެވެ.
******
އެއަރޕޯޓް ގެ ހުރިހާ ކަމެއް ނިމުމާއެކު ނަސީމްގެ އާއިލާ އެމީހުން ގެޔަށް ދިޔުމަށް ހަމަ ޖެހިފައިވާ ކާރަށް އެރިއެވެ.އެއާ އެކު ކާރު އޭގެ މަންޒިލަށް ދަތުރު ކުރަންފެށިއެވެ.ކާރު ބިއްލޫރި ގަނޑުން ބޭރު ބަލަން އިން ނަހީކް އާއި ނައިޝަން އަށް ހުވަފެނެއްގައި އުޅެވޭ ފަދައެވެ.ޝައުގުވެރި ކަމާއެކު ބިއްލޫރިގަނޑުން ފެންނަމުން ދިޔަ ތަންތަނަށް ބަލަން އިން ދެ ކުދިންގެ ތުންފަތުގައިވެސް ކުޅެލާފައި ވަނީ އެންމެ ރިވެތި ހިނިތުންވުމެވެ.ޑްރައިވަރު އެމީހުންގެ މަންޒިލަށް އާދެވުންކަން އިއުލާން ކުރުމާއެކު ދެކުދިން އަވަސްވެގަތީ ކާރުން ފައިބާށެވެ.އެމީހުންގެ އައު ގެ ބަލައިލުމަށްޓަކައި ދެކުދިންވެސް ވަނީ ކެތް މަދުވެފައެވެ. “އޯއެމްޖީ ދޮން ބަލާބަ!އިޓްސް ސޯ ހިއޫޖްްްޖްޖްޖް!!!”.ގެ ފެނުމާއެކު ނައިޝަން އުފާ ވެފައި ހަޅޭލަވައިގަތެވެ. “ޔާ ނައީީީ!!އިޓްސް ސޯ ބިއުޓިފުލް ދޯ؟” ނަހީކް ވެސް އުފާވެލާފައި ބުންޏެވެ. ނަސީމް އާއި ޔާނާ ހެވި ދިލިފައި އެމިހުންގެ ލޮބުވެތި ދަރިންނަށް ބަލަން ތިއްބެވެ.ހުރިހާ އެންމެން ގެޔަށް ވަނުމާއެކީ ނަސީމް އެންމެންނަށް އެމީހެއްގެ ކޮޓަރިއަށް ދެއްކިއެވެ.އެގެއަކީ 3 ފަންގިފިލާ ހިމެނޭ ގެއެކެވެ. “އެންމެ މަތީގަ ހުންނާނި ޓެރަސް،އެތާ އޮންނާނެ ސްވިމިންގް ޕޫލްއެއްވެސް.ދެން އެއާ ޖެހިގެން ތޖރިއަށް ހުރި ފްލޯގައި ހުންނާނީ ނަހީކް ގެ ކޮޓަރި އާއި ނައިޝަން ގެ ކޮޓަރި.އެތާ ހުންނާނެ ޓޭބަލް ޓެނިސް ކޯޓް އެއްވެސް.ދެން ތިރީގަ މިހުރީ ބައްޕަމެންގެ ކޮޓަރި އާއި ކިޗަން އާއި ސިޓިންރޫމް”. ނަސީމް އޮޅުންފިލުވައިދިނެވެ. “އޯއެމްޖީ ޑޭޑް ޔޫ އާ ދަ ބެސްޓް ޑޭޑް އިން ދަ ހޯލް ވޯލްޑް ތެންކިޔޫ ސޯ މަޗް.” އެއާ އެކު ނަހީކް އައިސް އޭނާގެ ލޮބުވެތި ބައްޕަ ގައިގައި ބައްދާލިއެވެ.
ގޭގެ އެކި ތަންތަން ބަލަމުން ދިޔަ ނަހީކް އާއި ނައިޝަންގެ ހިނިތުންވުން ފިލާ ނުދެއެވެ.އެކުދިންގެ ހަޔާތް ވިއްސި ވިހާލި ކޮށްލާނެ ފަދަ ބޮޑު ތޫފާނެއް އަންނާނެ ކަމެއް އެކުދީންނަށް ރޭކާ ލާނެ ނަމަ އެ ގައުމަށް ނުވެސް އައީސްކަން ޔަގީނެވެ.
