ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ތަނަވަސް ކޮޓަރިއެކެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ މުއްސަނދި ކަމެވެ. ކޮޓަރީގެ ވާތް ފަރާތު ބިތުގައި އެއްކޮށް ބޮޑު އަލަމާރި އެއް ބަހައްޓާފައި ހުރިއިރު ކޮޓަރީގެ ކަނާތް ފަރާތުގައި ބެލްކަންޏަށް ނުކުމެވޭ ގޮތަށް ހުރި ދޮރެއް ހުއްޓެވެ. ކޮޓަރީގެ މެދުގައި ކިންގް ސައިޒް އެނދެއް ހުރިއިރު އެނދާ ޖެހިގެން ސްޓަޑީ ޓޭބަލް އެއް ބަހައްޓާފައި ހުއްޓެވެ. ކޮޓަރީގެ ތެރެއަށް ބަލައިލުމުން ސާފު ތާހިރު ކަމަށް ލޯބި ކުރާ މީހެއް އުޅޭ ކޮޓަރިއެއް ކަން […]