ކިޔުންތެރިންގެ ސަމާލުކަމަށް! މިލިޔުމަކީ އެއްވެސްހާލެއްގައި ހަގީގީ ލިޔުމެއް ނޫނެވެ. އަދިމިއި އަޅުގަނޑުގެ ފުރަތަމަ ލިޔުމަށްވީތީ ކުށް ގިނަވުން އެކަށީގެން ވެއެވެ. އެހެންކަމުން ކުށެއް ފެނިއްޖެނަމަ ކޮމެންޓް ސެކްސަން އިން އަޅުގަނޑަށް ފާހަގަ ކޮށްލައިދިނުން އެދެމެވެ. އަހަރެންނަކީ ކާކުކަން ހުދުއަހަރެންނަށްވެސް ނޭނގޭ އެތަކެއް ފަހަރެއް ފާއިތުވެއްޖެއެވެ. އަމިއްލަ ނަން ހަނދާން ނުހުންނަ ފަހަރު ގިނައެވެ. އަމިއްލަ ހިޔާލާއި ފިކުރުގެތެރޭގައި ހޭދަކުރެވޭ ވަގުތު އަދު މިވަނީ އެތަކެއް ގުނައަކަށް އިތުރުވެފައެވެ. މިކަމުގެ ހެއްކަކީ އަހަރެންގެ ބޮލުގައި ފަޅާފައިވާ ނުރަތަކާއި، ބައިގަރުނު […]