ސަފްހާ 1
ކިޔުންތެރިންގެ ސަމާލުކަމަށް!
މިލިޔުމަކީ އެއްވެސްހާލެއްގައި ހަގީގީ ލިޔުމެއް ނޫނެވެ.
އަދިމިއި އަޅުގަނޑުގެ ފުރަތަމަ ލިޔުމަށްވީތީ ކުށް ގިނަވުން އެކަށީގެން ވެއެވެ. އެހެންކަމުން ކުށެއް ފެނިއްޖެނަމަ ކޮމެންޓް ސެކްސަން އިން އަޅުގަނޑަށް ފާހަގަ ކޮށްލައިދިނުން އެދެމެވެ.
އަހަރެންނަކީ ކާކުކަން ހުދުއަހަރެންނަށްވެސް ނޭނގޭ އެތަކެއް ފަހަރެއް ފާއިތުވެއްޖެއެވެ. އަމިއްލަ ނަން ހަނދާން ނުހުންނަ ފަހަރު ގިނައެވެ. އަމިއްލަ ހިޔާލާއި ފިކުރުގެތެރޭގައި ހޭދަކުރެވޭ ވަގުތު އަދު މިވަނީ އެތަކެއް ގުނައަކަށް އިތުރުވެފައެވެ. މިކަމުގެ ހެއްކަކީ އަހަރެންގެ ބޮލުގައި ފަޅާފައިވާ ނުރަތަކާއި، ބައިގަރުނު ވަންދެން ދުވަހެއް ދުވަހަކައް ގޯސްވަމުންދާ ބޮލުރިހުމެވެ. ޒުވާން އުމުރުގެ ދުވަސްތައް ހޭދަކުރަމުންދިޔަ ނަމަވެސް، އަހަރެންގެ ސިއްހަތު ބަލިއެނދުމަތީ އޭނާގެ ހަޔާތުގެ ފަހު ދުވަސްކޮޅު ހޭދަކުރަމުންދާ މުސްކުޅިއަކަށްވުރެ ދެރައެވެ.
ތެދުވެރިކަމާއިއެކު ބުނާނަމަ ފުރިހަމައަށް އިތުބާރުކުރެވޭ އެކުވެރިއަކު އަހަރެންގެ ނެތެވެ. އަހަރެންނަކީ އެކަނިވެރިއެކޭ ބުންޔަކަސް ދޮގަކަށް ނުވާނެއެވެ. އެހެން މީހުންގެތެރޭ ވަގުތު ހޭދަކުރާއިރު އަހަރެންގެ މޫނުމަތީން އުފާވެރިކަމުގެ ކުލަވަރު ނުފެންނަ ވަގުތެއް ނުދާނެއެވެ. އާއިލާ މީހުންނަށް އަހަރެން ވަރަށް ރަނގަޅަށް ހިތަމެވެ. ނަމަވެސް އަހަރެންގެ އަމިއްލަ ނަފްސަށް އަހަރެންނަށް އިހުމާލުވެވެއެވެ. އަމިއްލަ ހަށިގަނޑަށް ގެއްލުން ލިބޭ އެއްވެސް ކަމެއް ކުރާކަށް އަހަރެން އެއްވެސް ވަރަކަށް ބިރެއް ނުގަނެއެވެ. އަހަރެން އަދު ބޮޑަށް އިންތިޒާރުކުރަނީ އަހަރެންގެ އަމިއްލަ މަރަށެވެ. އެއްވެސްމީހެއްގެ ހަޔާތުގައި އަހަރެންނަކީ މާމުހިއްމު މީހެނޫނެވެ. މާދަމާ އަހަރެންގެ ފަހުނޭވާ ދުނިޔެއަށް ދޫކޮށްލިޔަސް، އަހަރެންގެ ޖަނާޒާއައް ހާޒިރުވާ ގިނަ މީހުންނަކީ އެއްވެސްހާލެއްގައި ފަސްދާނުލުމަށް ތައްޔާރުކުރެވިފައިވާ އަހަރެންނަށް ހެޔޮދުޣާ އެއް ކޮށްދިނުމުގެ ނިޔަތުގައި ހާޒިރުވީ މީހެއްނޫނޭވޭ. އެއީ މައްޔިތެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ކިފާޔަތުގެ ފަރުޟަކަށް ވީތީ ހާޒިރުވާ މީހުންނެވެ.
އަދުގެ އަހަރެންގެ ހާލަކީ ކޮބައިތޯއެވެ.
ފުން ކިލަނބުކަމެއްގެތެރެއަށް ދުވަހެއް ފަހު ދުވަހެއް މިދަނީ ގެނބެމުންނެވެ. އަހަރެންނަށް އަދު އަހަރެންނަކީ އިންސާނެއް ކަން ގަބޫލުކުރަން ދައްޗެވެ. ކާއިނާތުގައި ލެއްވި ހުރިހާކަމަކާ ސުވާލު އުފެދެއެވެ. މިއިން ސުވާލެއް ދުލުންބޭރުނުކުރެވެނީ ދުލުގައި އެޅުވިފައިވާ ކަސްތޮޅުގެ ސަބަބުންނެވެ.
…………
ނުނިމޭ.
