“މިލްނާ” ލަސްލަހުން އަރްސަލާން އަށް ފާހުގައިވި ނަން ކިޔާލެވުނެވެ. އަދި ފޯނު ނަގައި ނަންބަރަކަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. “ހެލޯ” ******** ސީ.އީ.އޯ އަށް ޙާއްސަ ކުރެވިފައިވި ބޮޑު ގޮނޑީގައި ލެޕްޓޮޕައް ސަމާލުކަން ދީގެން އިން އަޒީފްގެ ސަމާލުކަން ލެޕްޓޮޕުން ދުރުކޮއްލައި ކައިރީގައި އޮތް ފޯނައް ދެވުނީ އެވަގުތު ފޯނުކޯލެއް އަންނަމުން ދިޔުމުންނެވެ. ހައިރާންވެ ހުރެ އަޒީފް ކޯލްނަގައި ކަންފަތުގައި ފޯނު ޖައްސާލިއެވެ. “ހެލޯ” އިވިގެން ދިޔައީ އަރްސަލާންގެ އަޑެވެ. “ހެލޯ، އަރޫ ކަމަކުތަ ތި […]
ކުރިމަތީހުރި ވެއިޓިން އޭރިޔާގައި ހުރި ގޮނޑިއެގައި ‘ސްކެޗް ބުކް’އެއް ހިފައިގެން ހުރި ޒުވާނާ އަށް ކަޅިޖަހާނުލައި ބަލަން ހުރެވުނެވެ. ނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައި އިސްޖަހާލަމުން އެންމެ ކުރިން ޖެހުނު ގޮނޑީގައި އިށިނދެލިއެވެ. ދެވަނަ ފަހަރަށް އިސް އުފުލައި އެޒުވާނާ އާއި ދިމާލަށް ބަލައިލުމުގެ ޙިޔާލެއް އަރްސަލާންގެ ނެތް ކަހަލައެވެ. […]
***ފަސް އަހަރު ކުރި*** އިރުގެ ރަން ދޯދިތައް ފަރުދާގެ ތެރެއިން ފޫރޭނިގެން އައިސް އަރާމު ފުން ނިންޖަކުން ނިދައިފައި އޮތް ޒުވާނާގެ ދޮން މޫނުގައި ބީހިލަމުން ދިޔައެވެ. ކޮޓަރި ތެރެ އަށް ވެރި ވެފައިވި ހިމޭންކަން ނަގާލީ އެވަގުތު ރިންގުވާން ފެށި ފޯނުގެ ސަބަބުންނެވެ. ލަސްލަހުން އެސްފިޔަތައް ތަޅުވާލަމުން ލޯހުޅުވާލި ޒުވާނާއަށް ރިންގުވަމުން ދިޔަ ފޯނުގެ އަޑު އިވެމުން ދިޔައެވެ. ކަންނެތް ކަމާއެކު އަތް ހޫރަމުން ފޯނު އަތުޖެހޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. […]
ކާރުގައި އިން ޒުވާނާގެ ނަޒަރުވަނީ ލޯގަނޑުން ބޭރުން ފެންނަމުން ދިޔަ މަންޒަރައް ހުއްޓިފައެވެ. ލޯގަނޑުގައި ބޯ ޖައްސައިލައިގެން ހުރި އިރު ދެ ލޮލުގައި ތާޒާ ކަރުނަވިއެވެ. ހިތުގައި އަޅަމުން ދިޔައީ ކެތް ނުވާވަރުގެ ވޭނެއްކަހަލައެވެ. އިރު ިއިރުކޮޅުން ފޯނައް ބަލައިލައެވެ. އެ ހަރަކަތް ތަކުގައި ވަނީ ލަސް ކަމެވެ. އެހެން އިންނަ އިރު ދޭތެރެއަކުން ފުން ނޭވާއެއް ދޫކޮއްލައެވެ. ބުރަދަން ނޭނގޭ ޙިޔާލުތަކުން ބޮލައް ކުރަމުން އަންނަ ބަާރެއްގެ ސަބަބުން ކަހަލައެވެ. ޑްރައިވަރު ސީޓުގައި އިން ރަޙްމާނުބެ […]