Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭނގި ޔާރު ވަކިވީ 4 ވަނަ ބައި

dear stories Level 1
January 7, 2026 4 Mins Read
0 Comments

“މިލްނާ” ލަސްލަހުން އަރްސަލާން އަށް ފާހުގައިވި ނަން ކިޔާލެވުނެވެ. އަދި ފޯނު ނަގައި ނަންބަރަކަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

“ހެލޯ”

********

ސީ.އީ.އޯ އަށް ޙާއްސަ ކުރެވިފައިވި ބޮޑު ގޮނޑީގައި ލެޕްޓޮޕައް ސަމާލުކަން ދީގެން އިން އަޒީފްގެ  ސަމާލުކަން ލެޕްޓޮޕުން ދުރުކޮއްލައި ކައިރީގައި އޮތް ފޯނައް ދެވުނީ އެވަގުތު ފޯނުކޯލެއް އަންނަމުން ދިޔުމުންނެވެ. ހައިރާންވެ ހުރެ އަޒީފް ކޯލްނަގައި ކަންފަތުގައި ފޯނު ޖައްސާލިއެވެ.

“ހެލޯ” އިވިގެން ދިޔައީ އަރްސަލާންގެ އަޑެވެ.

“ހެލޯ، އަރޫ ކަމަކުތަ ތި ގުޅާލީ، ޑޮކްޓަރ އަށް ދައްކާ ނިމުނީތަ.” ހައިރާންކަމެއް ލިބުނު ނަމަވެސް އެކަން ފޮރުވާލަމުން އައިދައިގެ ގޮތަކަށް އަޒީފް ބުނެލިއެވެ.

“މި….މި….ބޮޑުބެ ބުނުއްވީމެއްނޫންތޯ އަޅުގަނޑުގެ ޖާގަ އަދިވެސް ހުރީ ހުސްކޮންނޭ. އަޅުގަނޑު ބޭނުން އަލުން އޮފީހައް ޖޮއިންކުރަން ހަޔާތުގެ ބާކީ ދުވަސްތައް ބައްޕަގެ މިންނަތް މަސައްކަތުން ބިނާކުރި ވިޔަފާރި ކުރިޔައް ގެންދިޔުމައް ބޮޑުބެއައް އެހީވާން އަޅުގަނޑު ބޭނުން” ބުނަން ނުބުނަން ހުރުމައްފަހު އެންމެފަހުން އަރްސަލާން ބޭނުންވާ ގޮތް ހާމަކޮއްލިއެވެ.

ހައިރާންކަމަށް ވުރެއް ބޮޑަށް އުފާވެރިކަން ލިބިގެން ދިޔަ އަޒިފްގެ ތުންފަތް ދެފަރާތައް ދެމިލިއެވެ. އެތަކެއް ސިވާލުތަކެއް ސިކުނޑީގައި ވީނަމަވެސް އެކަންކަމައް ސަމާލުކަން ދިނުމައް ވުރެއް ލިބިފައިވި އުފާވެރިކަން ބޮޑެވެ.

“ބޮޑުބެ ވަރަށް އުފާ ވެއްޖެ މިޔަދު އަރްސަލާން ތި ނިންމި ނިންމުމައި ދޭތެރޭ. އަރޫ ބޭނުމިއްޔާ މިހާރުވެސް އޮފީހައް އަންނަންވީ . ބޮޑުބެ ހާދަ އިންތިޒާރެއް ކޮއްފީމޭ އަރޫގެ ތި ނިންމުން އިއްވާނޭ ދުވަހަކަށް”

 

“ބޮޑުބޭ، އެއް ހަފްތާ ފަހުން އަޅުގަނޑު ޖޮއިންކޮށްލާނަން. މިހާ ގިނަ ދުވަހައް ފަހު އޮފީހައް ނިކުންނަން ނިންމިއިރު އަޅުގަނޑު ބޭނުން ކުޑަކޮށް މީހާ ހަމައަކަށް އަޅުވާލައި، މަސައްކަތްތައް ކުރިއައް ދާ ގޮތް އަރީން ގާތުން އަހައި އެކަމަށް ވެސް ތައްޔާރުވެލަން”

“ދަރިފުޅު ތިބުނީވެސް ދޮގުވާހަކައެއް ނޫން މަސައްކަތް ކުރިއައް ދާ ނުދާ ގޮތް ބަލައިފައި އެކަމަށް ތައްޔާރުވެގެން ޖޮއިންކުރުން ބުއްދިވެރީ. ދެން ބުނަން ދަރިފުޅު އޮފީހައް ނިކުންކަމުގައި ވިޔަސް އެހާ ބުރަކޮށް ނޫޅޭތި. ދަރިފުޅަށް ވެސް ދަރިފުޅުގެ ހާލު އެނގެއެއްނު” އަޒީފް މިހެން ބުނެލިއިރު ކުރިން އެމޫނުމަތީވި ހިނިތުންވުން ހިސާބަކަށް ފަނޑުވެއްޖެއެވެ. އަރްސަލާންގެ ހާލަކީ ތޯ އެ، އަޒީފްގެ ފަހު ޖުމުލައިން ހިނދުކޮޅެއްގެ ތެރޭގައި އެ މުނޫމަތީގައިވި ފަނޑު ހިނިތުންވުން އެކީ ފިލައި މަޑު މޮޅިކަން ވެރިވީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ. މާޔޫސްވީ ހަޔާތުގެ ހިތި ހަޤީޤަތް ހަނދާން ވުމުންނެވެ. ކަންތައްތައް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އަރްސަލާން ހުރީ ހިތްވަރު އެލުވާލާނެ ގޮތަކަށް ނޫނެވެ.

ބޮޑުބެގެ ބަސްތަކަށް މަޑުމަޑުން ‘ހޫން’ ލައްވާލުން ފިޔަވާ އިތުރު އެއްޗެއް އަރްސަލާން ނުބުނެއެވެ. އަރްސަލާންގެ ތަބީޢަތައް ބަދަލްތަކެއް އައިކަން ދެނެގަތެވުމައި އެކު އިތުރަށް އެ މަޢުޟޫ ކުރިއައް ގެނދާ ޙިޔާލެއް އަޒީފްގެ ނެތެވެ.

“ބޮޑުބެ އަރީން ގާތު ބުނެލާނަން ދަރިފުޅު އޮފީހައް ނިކުތުމުގެ ކުރިން ޕީ.އޭ އެއް ހަމަޖައްސައިދޭން. ބޮޑުބެ ބޭނުމެއް ނޫން ދަރިފުޅު ބުރަކޮށް މަސައްކަތް ކުރާކަށް. ދެން އަދި އެއް ވާހަކަ، އަންނަ މަހު ފަސްވަނަ ދުވަހަކީ ‘ރިގޭލް ރިޓްރީޓް’ ރިސޯޓަށް ފަނަރަ އަހަރު ފުރޭ ދުވަސް. އެހެންވީމަ އެކޮޅުގަ އެކަން ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފަ. ހަމަ އެދުވަހު އެބަ އޮތް ‘މެޖެސްޓިކް ހޮރައިޒޯން’ ރިސޯޓަށް ދާން ހަމަޖެހިފަ ކޮލެޖް ކުދިންތަކެއްގެ ޓްރިޕްއެއް. ކޮލެޖްގެ ވެރިޔާ ދެންމެ އަކު ގުޅި އެކަމާ ވާހަކަ ދައްކާލަން އެކުދިންނަށް މައުލޫމާތު ހިއްސާކުރުމަށް ކޮންމެހެން ވެސް ބޮޑުބެ ހުންނަންޖެހޭ. އެހެންވީމަ ‘ރިގޭލް ރިޓްރީޓް’ ގައި ބާއްވާ ހަފްލާއަށް އަރޫ ގޮސްދޭންވީނު. ބޮޑުބެ އާއި އަރީން ގޮސްލާނަން ‘މެޖެސްޓިކް ހޮރައިޒޮން’ ރިސޯޓަށް. އަޒީފް ބުނެލިއެވެ. ފުރަތަމަ އަރީން ފޮނުވަން ނިންމާފައިވި ނަމަވެސް އަރޫ އޮފީހައް އަލުން ދިޔުމުގެ ޙިޔާލު ހުރުމުން އަޒީފް ބޭނުންވީ އެ ފުރުސަތު އަރޫ އަށް ދޭށެވެ.

އެންމެ ރަނގަޅު ކަމުގައި ބުނެލަމުން ފޯނު ކޯލު ކުރުކޮށްލުމަށް ފަހު އަތުގައި އޮތް ފާހައް ބަލައިލިއެވެ. ފަނޑު ހިނިތުންވުމެއް މޫނުނައްޗަށް ވެރިވި ނަމަވެސް ކުޑަ ހިނދުކޮޅެއްތެރޭ އެ ހިނިތުންވުން ފިލައި ހިނގައްޖެއެވެ. ދެ ހިޔާލެއްގައި ހުރެފައި އެންމެފަހުން ފާސް ޖީބައް ލުމަށް ފަހު ގެއަށް ދުޔުމައްޓަކައި ހިނގައިގަތެވެ.

އަރްސަލާން ފޯނު ބޭއްވުމާއި އެކު އަޒީފް އަވަސްވެލީ އަރީންނަށް ގުޅާލާށެވެ. އަރީންއަށް ގުޅާލުމަށްފަހު ކެބިންނައް އައިސްދިނުމަށް އެދެފައި ފޯނު ކަނޑާލިއެވެ.

ހިޔާލަކަށް ގެއްލިފައި އިން އަޒީފް އަށް ހިޔާލުން ބޭރު ވެވުނީ ކެބިންގެ ދޮރުގައި ޓަކި ދިން އަޑަށެވެ. އަވަސް އަވަހައް ވަނުމަށް ހުއްދަ ދިނީ އައީ ކާކުކަން އިނގޭތީ ކަހަލައެވެ. ވަނުމަށް ހުއްދަ ދިނުމުން ކެބިންގެ ތެރެއަށް ވަދެގެން އައީ އަރީންނެވެ. އަރީން ފެނުމުން ހިނިތުންވެލަމުން އިށީނުމަށް އަޒީފް އިޝާރާތް ކުރިއެވެ.

“ކިހިނެއް ތޯ ވީ ބައްޕާ؟ ކުއްލިޔަކަށް ބައްދަލުކޮއްލަން ބުނުއްވީ ކީއްވެ ތޯ؟ ކުއްލިޔަކަށް ބައްދަލް ކޮއްލަން ބުނުމުން އަރީން ހުރީ ހިސާބަކައް ހައިރާންވެފައެވެ. އެހެންނަމަވެސް އަޒީފް ގެ މުނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުން އަރީންގެ ހިތައް ތަސައްލީއެއް ގެނެސްދިނެވެ.

“ދަރިފުޅައް އެނގޭތަ ދެންމެ ބައްޕައައް އަރޫ ގުޅި، ބައްޕަގާތު ބުނީ އަލުން އޮފީހައް ނުކުންނަން ބޭނުންވާ ވާހަކަ.” ފުޅާ ހިނިތުންވުމަކާއި އެކު އަޒީފް ބުނެލިއެވެ.  އެ ހިނިތުންވުމުން އެކަނިވެސް އޭނާ ވެފައިހުރި އުފަލާއި  ހިތްހަމަޖެހުން ހާމަވެގެންދެއެވެ. އަރީންއަށް އަޑު އިވުނު ބަސްތައް ޤަބޫލުކުރަން ދަތިވެފައި ހުރެވުނީއެވެ.

“ހަމަ އަސްލުވެސްތަ ބައްޕާ، ނޫނީ ބައްޕަ އަޅުގަނޑާ ސަމާސާ ކުރަނީ ތޯ ، ހަމަ އަސްލުވެސް އަރޫބެ އޮފީހައް ނިކުންނަނީ ތޯ؟” ލިބުނު ޝޮކުން އަރައިގަންނަމުން ހުރިހާ ދަތެއް ފެންނަވަރަށް ހިނިތުންވަމުން އަރީން ވާހަކަ ދެއްކިއެވެ. އަރީން އަށް ހިވަނީ ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ.

“ދަރިފުޅައް ހީވޭތަ މިކަހަލަ ވާހަކައެއް ބައްޕަ ސަމާސާ އެއްގެ ގޮތުގައި ބުނާނެއޭ. ބައްޕަވެސް މިހުރީ ގަބޫލުކުރަން ދަތިވެފައި. ދެންމެ އަރޫ ގުޅައިފައި ބައްޕަ ގާތު ހުރިހައި ވާހަކައެއް ކިޔައިދިނީ، ދެން ދަރިފުޅު ކޮއްދޭންވި ކަމަކީ އަރޫ އަށް ޕީ.އޭ އެއް ހޯދައިދޭންވީ” ދަރިފުޅު އުޅެމުން ދިޔަ ގޮތުން ހިނިއައިސް ހުރި އަޒީފް ބުނެލިއެވެ. މިވަގުތުން މިވަގުތައް މަސައްކަތް ފަށަނީއޭ ބުނެ ދިޔުމުގެ ހުއްދައަށް އެދުނެވެ. ހުއްދަ ލިބުމައިއެކު ވައިސޫރިއެއްހެން ކެބިންއިން ނިކުމެގެން ދިޔައެވެ. މިމަންޒަރު ބަލަންހުރި އަޒީފް ގެ މޫނުމަތީ ނުފިލައި ހިނިތުންވުމެއް ވިއެވެ. ދެފަރާތައް ބޯ ހޫރާލަމުން އަޒީފްގެ މަސައްކަތައް އަނބުރައި ރުޖޫޢަވިއެވެ.

****
އަރީންގެ ކެބިން ތެރޭ ޕީއޭ އަށް ހާއްސަ ކުރެވިފައިވި މޭޒުދޮށުގައި އިން މިލްނާ އިނީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. އަތުގައި އޮތް ކުރަހަން ގެންގުޅޭ ފޮތައް ބަލާލުމާއިއެކު ނިތައް ރޫގިނަވެގެން ދިޔައެވެ. ފޮތުގައިވި ކުރެހުމުގައި ވަނީ ހޮސްޕިޓަލުން ދިމާވި ޒުވާނާގެ އެއް ލޮލާއި ބުމައެއް އެކަންޏެވެ.

“މިވީހާތަނަކަށް ނެތް އެކަކުވެސް އަހަންނާ އެހެން ވާހަކަ ދައްކާފައެއް. އެވަރު ކަމަކަށް އެހާ ރުޅި އަންނަން ޖެހޭތަ….. ހުހް ގުރަމްޕީ އޯލްޑް މޭން ވިތް ހިޓްލަރ ފޭސް.” މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން މިލްނާ ބުނެލިއެވެ.

“އެހެމް…އެހެމް” ސިހިފައި އަޑު އައި ދިމާލައް މިލްނާއަށް ބަލާލެވުނެވެ. އެވަގުތު ދޮރުމަތީ ހުރި އަރީން ފެނުމުން އަތުގައި އޮތް ފޮތް ލައްޕާލަމުން ގޮނޑިން ތެދުވެވުން ގޮތްވެސް ނޭގުނެވެ. މިލްނާއަށް ވީ ގޮތް ފެނުމުން ހިނިއަންނަ ގޮތް ވި ނަމަވެސް އަރީން އެކަން ފޮރުވާލަމުން ކެބިންތެރެއަށް ވަދެގެން އައެވެ.

“އަނިއްކާ ދެންމެ މި ކިޔުނު އެއްޗިސް އަރީން ސަރ އަށް އަޑު އިވުނުބާ؟” ހިތާހިތުން މިލްނާއަށް ބުނެވުނެވެ. ރުޅި އައިސް ހުރިވަރުން ދޮރުން އެތެރެއަށް މީހަކު ވަދެ ހުރިކަންވެސް މިލްނާއަށް ރެއަކާ ނުލީއެވެ.

“ހާދަ ހިތްހަމަ ނުޖެހިފައި…. ދެންމެ ކާކާ ދިމާލައް އެހާވަރަށް އެއްޗިސްކީ؟ އެވިރީ ތިންގް އޯލް ރައިޓް؟” ހިނިގަނޑު ހިނދާލަމުން އަރީން އަހާލިއެވެ. އަރީންގެ ސުވާލުތައް އަމާޒުވުމާއެކު މިލްނާއަށް ދެލޯ މަރާ ބާރުކޮއްލެވުނެވެ. އަރިންގެ ސުވާލުންވެސް މިލްނާ ދެންމެ ކީ އެއްޗިސް އޭނާއަށް އަޑު އިވިއްޖެކަން ހާމަވިއެވެ. އެހިނދު ލުދު ގަތް ވަރުން މިލްނާއަށް އިސްޖަހާލެވުނެވެ. އަދި ހިތާހިތުން އަރްސަލާންއަށް ކުދިކިޔާލިއެވެ.

އެއްޗެއް ބުނަން އަނގަހުޅުވާލި މިލްނާ ހުއްޓުނީ ދޮރުގައި ޓަކި ދިން އަޑަށެވެ. އެވަގުތު އަރީން ހުއްދަ ދިނުމައިއެކު ވަދެގެން އައީ ޒިވްޔާއެވެ. ފައިލްތަކެއް ހިފައިން ވައިން ޒިވްޔާއަށް ކަންތައް ވީ ގޮތް ނޭނގުން ނަމަވެސް މިލްނާއަށް ވެފައި ހުރިގޮތުން ކޮންމެވެސް މަޖާކަމެއް ވެއްޖެކަން ދެނެގަތެވެ.

ޒިވްޔާ ފެނުމައި އެކު މިހުރިހާއިރު މިލްނާ ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮއްލިއެވެ. އަދި އެވަގުތު ޒިވްޔާ އައުމުން ހިތާހިތުން ޝުކުރު އަދާކުރެވުނެ.

ފުރުސަތުގެ ބޭނުން ހިފައި އަރީން ގާތު “ވޮޝް ރޫމް” އަށް ދަނީކަމުގައި ބުނެލަމުން މިލްނާ އަވަހައް ކެބިން އިން ނިކުމަތެވެ. ގަތް ލަދުން މިލްނާ ބެލީ އަވަހައް އަރީންގެ ލޯމަތިން ދުރައްދާށެވެ. ވެރިޔާގެ ކުރިމަތީ މިލްނާއަށް ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް ކުރެވުނު މީ ފުރަތަމަ ފަހަރެވެ. ހުސްވެސް އަރީންގެ ކަންތަކޭ މިލްނާގެ ހިތައް އެރިއެވެ. ކެބިންގެ ދޮރާދިމާލައް ބަލަމުން ކުރިޔައް ދިޔަ މިލްނާ ކުއްލިޔަކަށް ކުރިމަތިން އައި މީހަކާއި މުޑިއެރިއެވެ.

“ސޯ ސޮރ-” ބުނެ ބުނެ ހުރި ބަސް ވެސް އެތެރެއަށް ދިރުވާލަން ޖެހުނީ ކުރިމަތިން ފެނުނު ސޫރަ އަކުންނެވެ. އިސާހިތަކު މިލްނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވާން ސިކުންތެއްވެސް ނުނެގިއެވެ. ފޫހިކަމުން ފުރިގެންވި ބެލުމަކުން ކުރިމަތީ ހުރި ޒުވާނާއަށް ބަލާލިއެވެ.

Share Article

Follow Me Written By

dear stories

Level 1

Author ✍️ Keeper of untold tales ✨

Other Articles

Previous

ހިތް އެދޭހާ ކަމެއް.. (24 ވަނަބައި)

Next

ތި ސޫރަ ނޫން 26

Next
January 7, 2026

ތި ސޫރަ ނޫން 26

Previews
January 7, 2026

ހިތް އެދޭހާ ކަމެއް.. (24 ވަނަބައި)



All Right Reserved!