Skip to content
އެސްފިޔަ

ހީލާފާނުދޭ ލޯބިވާ… (2 ވަނަ ބައި)

އިޒްޔާން ކަޅިޖަހާނުލާ އެއަންހެންކުއްޖާއާއި ދިމާއަށް ބަލަން އިނެވެ. ދަންނަ ކުއްޖެއްހެން ހީވާތީއެވެ. އިރުކޮޅަކުން ވެއިޓަރ، އިޒްޔާން އޯޑަރ ކުރި އެއްޗެހިތައް ގެނެސް މޭޒުމަތީގައި އަތުރާލިއެވެ. އިޒްޔާން، ވެއިޓަރ އަށް ޝުކުރުއަދާކޮށްފައި ކާންފެށިއެވެ. ކަމުން ދިޔައިރުވެސް އިޒްޔާން އެ އަންހެންކުއްޖާއާއި ދިމާއަށް ވަރަށް ބެލިއެވެ.

އެކުއްޖާގެ މޫނުމަތިން ފެންނަމުންދަނީ މާޔޫސްކަމާއި ހިތާމައިގެ އަސަރުތަކެވެ. ދެންފެނުނީ ކުއްލިއަކަށް އެކުއްޖާ ރޯންފެށިތަނެވެ. އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށުމުން މޭޒުމަތީގައި ބޯއަޅައިލިއެވެ. އިޒްޔާންއަށް މިމަންޒަރު ބަލަން އިންނާކަށްކެތެއް ނުކުރެވުނެވެ. އެކުއްޖާއާއި މެދުގައި އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ވަގުތުން ކެއުން ހުއްޓާލާފައި ގޮނޑިން ތެދުވެގެން އެކުއްޖާ އިން މޭޒާއި ދިމާއަށް ހިނގައިގަތެވެ.

އިޒްޔާން ގޮސް އެމޭޒުކައިރީގައި ހުއްޓިލިއެވެ. އެވަގުތު އެއަންހެންކުއްޖާ، މީހެއްގެ ހިލަމެއްވިހެން ހީވެގެން މޭޒުމަތިން ބޯނަގާފައި ބަލައިލިއެވެ. ދެމީހުންގެ މޫނުމައްޗަށްވެސް ހައިރާންކަން ވެރިވިއެވެ.

“އިޒްޔާން” އެއަންހެންކުއްޖާ އިޒްޔާން އަށް ގޮވާލިއެވެ. އަދި އަވަސްއަވަހަށް ލޮލުން ފައިބަމުންދިޔަ ކަރުނަތަށް ފޮހެލިއެވެ.

” މައީ ތަ؟” ޔަޤީންކޮށްލުމުގެގޮތުން އިޒްޔާން އަހާލިއެވެ.

“އާނ” މައިޝާ ޖަވާބުދިނެވެ.

މައިޝާއަކީ އިޒްޔާން ކޮލެޖްގައި އުޅުނު ދުވަސްވަރުގައި އިޒްޔާންގެ ކްލާސްކުއްޖެކެވެ.

” މިތާނގައި އިށީނދެލިޔަސް އޯކޭތަ؟” އިޒްޔާން އިށީނުމުގެ ހުއްދައަށް އެދުނެވެ.

މައިޝާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. އިޒްޔާން ގޮނޑީގައި އިށީނދެފައި މައިޝާއާއި ދިމާއަށް ބަލާލިއެވެ. މައިޝާވެސް އިޒްޔާން އާއި ހަތަރުކަޅި ހަމަކޮށްލުމަށްފަހު އިސްދަށަށް ޖަހާލިއެވެ.

“ސުވާލެއް ކޮށްލަންތަ؟” އިޒްޔާން އަހާލިއެވެ. އަނެއްކާވެސް މައިޝާ ބޯޖަހާލިއެވ

“ކީއްވެ ދެންމެ ރޯން އިނީ؟” އިޒްޔާން މިހެން އަހާލީ ވަރަށް ޖެހިލުންވެ އިނދެއެވެ. އިޒްޔާންގެ ދުލުން އެހެން ބުނުމާއެކު މައިޝާ، އިޒްޔާންއާއި ދިމާއަށް ބަލައިލިއެވެ.

އެވަގުތު އިޒްޔާންގެ ހިތަށް އެރިއެވެ. “މިކުރެވުނީ އަނެއްކާ ރަނގަޅުކަމެއްބާވައެވެ؟ މިއީ އަހަންނާ ބެހޭވެސް ކަމެއްނޫނެވެ. އަނެއްކާ މައިޝާ ހީކުރާނީ ކީކޭހެއްޔެވެ؟” ކޮންމެއަކަސް އިޒްޔާންއަށް އެ ގޯސް ހެދިއްޖެއެވެ.

“ސޮރީ”. އެހެން އިރުކޮޅަކު އިނުމަށްފަހު އިޒްޔާން ބުނެލިއެވެ. އަދި އިސްދަށަށް ޖަހާލިއެވެ.

“އިޓްސް އޯކޭ. އެއީ މާފަށް އެދެންޖެހޭވަރުގެ ކަމެއްނޫން.” މައިޝާ ބުނެލިއެވެ.

“އަހަރެން މިއުޅެނީ ވަރަށް ބޮޑުކަމެއް ދިމާވެގެން. ބޭނުން މިވާހަކަތައް މީހަކާ ޝެއަރ ކުރަން. އަދި މިކަމަށް ޙައްލެއް ހޯދަންވެސް.” މައިޝާ ބުންޏެވެ.

“އަނެއްކާ ކިހެނެއްވީ؟ މައިޝާ ބޭނުމިއްޔާ އަހަންނަށް ތިވާހަކަތައް ކިޔާދެވިދާނެ.” އިޒްޔާން ބުނެލިއެވެ.

” އަހަރެން އޮސްޓްރޭލިޔާއަށް ކިޔަވަން ދިޔައީ ޝިޔާމްއާ ރައްޓެހިވެގެން އުޅެމުން. ފުރަތަމަ ދެމަސް ފާއިތުވެގެންދިޔައިރު އޭނަ ވަރަށް ރަނގަޅު. ކޮންމެ ހަފްތާއަކު ދެފަހަރު ގުޅާނެ. ކޮންމެ ދުވަހަކު މެއިލް ފޮނުވާނެ. އެކަމަކު ތިންވަނަ މަހުގެ މެދެއްހާތަނުން އޭނަ މުޅިން ބަދަލުވީ. ކުރިން ހަފްތާއަކު ދެފަހަރު ގުޅާ މީހާ ހަބަރެއްވެސް ވަނީ އަހަރެން ގުޅާގުޅާ ވަރުބަލިވާފަހުން. ނުގުޅަނީ ކީއްވެގެންހޭ އަހާއިރަށް ބުނާނެ ބިޒީވީމައޭ. އެވަރުންވެސް އަހަރެން ކެތްކޮށްލައިގެން ހުރީ. އޭގެ ދުވަސްތަކެއްފަހުން އޭނަގެ ރައްޓެހި ޖިނާހު އަހަންނަށް ގުޅާފަ ބުނި އޭނަ މިހާރު އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެންނޭ.”

އެހިސާބަށް ބުނެވުނުއިރު މައިޝާ އިނީ ފެންކަޅިވެފައެވެ.

“އަޅެ ކީއްތަވާނީ އެންމެފަހަރަކުވެސް އަހަރެންގެ ކައިރީގަ ބުނެލަން އަހަރެން ބޭނުމެއްނެތޭ.” އިރުކޮޅަކު އިނދެލުމަށްފަހު އަނެއްކާވެސް މައިޝާ ވާހަކަ ފެށިއެވެ.

“ޖިނާހު އެހެން ބުނުމުން އަހަރެން ވަގުތުން ޝިޔާމްއަށް ގުޅިން. އޭނަ ކައިރީގައި އެއީ ތެދެއްހޭ އެހުމުން އޭނަ ބުނި އެއީ ތެދެކޭ. އަދި އަހަރެންނާ ރައްޓެހިވީ މަޖަލަކަށޭ. އެހެން ބުނީމަ އަހަންނަށް ހީވީ އަހަރެންގެ ހިތް ފަޅައިގެން ދިޔަހެން. އަހަންނަށް ތިހެން ނުހަދާށޭ ކިޔާ އާދޭސްކުރިން. އެކަމަކު އެ ހިލަހިތުގެ ވެރިޔާއަށް އަހަރެންގެ އާދޭހުގެ އަޑުތައް ނީވޭކަހަލަ. އޭގެފަހުންވެސް އޭނަ އަހަންނާ ދިމާއަށް އެއްޗެހި ކީ. އަހަރެންނަށް ރޮވެންފެށުނު. އެކަމަކު އަހަރެންކުރި އާދޭސްތަކުން ހަމްދަރުދީ ނުއުފެދުނު ހިތެއް ވަކި ކަރުނައިން މަޑުވާނެތަ؟ އޭގެ ބަދަލުގައިވެސް އޭނަ ބުނީ އަހަރެން ކިތަންމެވަރަކަށް ރުޔަސް އޭނައަށް އެއްވެސް އަސަރެއްނުކުރާނެކަމަށް. އަދި އަހަރެންވީ ތެދުވެރި ލޯތްބެއްނޫންކަމަށްވެސް ބުނި. އަހަންނަށް ކެތްނުކުރެވިގެން ފޯން ބޭއްވީ. އޭނަ ޤަބޫލުނުކުރިޔަސް އަހަރެން މިއަދާ ހަމައަށްވެސް އޭނަދެކެ ވަމުންއައީ ސާފުސީދާ ތެދުވެރި ލޯބި. އޭނަ އަހަންނަށް ހެދިގޮތުން އަހަރެން އުޅުނު ޙާލު އިނގޭނީ ހަމަ އަހަންނަށް. ކިތައް ދުވަސް ވަންދެން ނުކެވިފަ އިނިން؟ ކިތައް ރޭ އެފިކުރުތަކާ ދުރަށްނުދެވިގެން ނުނިދިފަ އޮތިން. އެވަރުންވެސް އޭނަ އެބުނަނީ އަހަރެންވަނީ ތެދުވެރި ލޯތްބެއް ނޫނޭ.”

މިހާހިސާބަށް ދިޔައިރު މައިޝާއަށް އިނީ ހަމަރަނގަޅަށްވެސް ރޮވިފައެވެ. ނަމަވެސް ހިތްވަރުކޮށްފައި އަނެއްކާވެސް ކިޔާދޭންފެށިއެވެ.

“އޭގެ ތިންމަސްފަހުން އަހަރެން މާލެއައީ. އައިތާ ދެދުވަސް ނުވަނީސް އަހަންނަށް ޝިޔާމް ގުޅި. ފުރަތަމަ އަހަރެން އިނީ ފޯން ނުނަގަން. އެކަމަކު މާގިނައިން ގުޅަންފެށީމަ އަހަރެން ނެގީ. އޭނަ އަހަރެން ކައިރީގައި އެހީ އަނެއްކާވެސް ރައްޓެހިވާން. އަހަރެން އޭނައާއި ދިމާއަށް ވަރަށް އެއްޗެހި ގޮވާފައި ފޯން ކަނޑާލީ. ދެން އޭނައާއި ދިމާވީ މަގުމަތިން. އޭނަ ހުރީވެސް ހަމަޔަކު ނޫން. އޭނަ އަހަންނަށް ވަރަށް ބިރުދެއްކި. އަދިބުނި އަހަރެން އޭނައާ ރައްޓެހިނުވެ އެހެން މީހަކާ ރައްޓެހިވެއްޖެއްޔާ އަހަރެންގެ ދުވަސް ދުއްވާލާނަމޯ. މިހާރު އަހަރެން ގެއިން ނުކުންނައިރު ގޯޅިގަނޑުގެތެރޭގައި ގްރޫޕް ހަދައިގެން އޭނައާ އަދި ކޮންމެސް ބައެއް ތިބޭ. މިހާރު އޭނަގެ އުނދަގޫ ވަރަށް ބޮޑަށް ފޯރާ. މިއަދު އޮފީހަށް ދިޔައިރުވެސް އަހަރެންގެ ފަހަތުން އައި. އަހަރެން މިހާރު ވަރަށް ބިރު އެބަ ގަނޭ.”

“ޝިޔާމް ތީ ހާދަ ނުބައި މީހެކޭ ދޯ. ބޭރުފުށުން މާތްކަން ދައްކައިގެން އުޅުނަސް ވަރަށް އަޑި ނުބައި މީހެއް. އަހަރެން ހިޔެއްނުކުރަން އޭނަ މައިޝާއަށް ތިކަހަލަ ގޮތެއް ހަދާފާނެކަމަކަށް. ދެން އެކަމަކު މައިޝާ ބިރުނުގަނޭ. އަހަރެންވެސް މިހިރީ މައިޝާއާ އެއްކޮށް.” އިޒްޔާން ހުރީ އެވާހަކަތައް އަޑުއިވުމުން ވަރަށް ދެރަވެފައެވެ. އަދި އޭނަ ޝިޔާމްދެކެ އިންތިހާއަށް ރުޅިއައެވެ.

“މިވާހަކަ އެކަކު ކައިރީގަވެސް ނުބުނައްޗޭ.” މައިޝާ ބުންޏެވެ.

“އާނ. ހަމަޔަޤީނުންވެސް އަހަރެންގެ އަނގައިންނެއް ތިބުނި އެއްވެސް ވާހަކައެއް އެހެންމީހަކަށް ނީވޭނެ. ދެން މައިޝާ އޮފީހަށް ދާންވިޔަސް އަހަންނަށް ގުޅާލަ. އަހަރެން މައިޝާ ލާންވެސް، އަދި ބަލާވެސް ދާނަން. އިރާދަކުރެއްވިއްޔާ ދެން އެ ޝިޔާމްގެ އުނދަގުލެއްވިޔަކަ ނުދޭނަން.” އިޒްޔާން ބުނެލިއެވެ.

“ތެންކްސް. އަހަންނަކަށް ނޭނގެ އިޒްޔާންއަށް ޝުކުރުއަދާކުރާނެ ގޮތެއްވެސް.” މައިޝާ ވަރަށް އުފާވިއެވެ. އޭނައަށް ޝިޔާމްގެ އުނދަގުލުން ސަލާމަތްވެވޭނެތީއެވެ.

“ހަމައެކަނި އަނގައިން ޝުކުރިއްޔާއޭ ބުނެލިޔަސް އަހަންނަށް ފުދޭނެ.” ހީލަމުން އިޒްޔާން ބުނެލިއެވެ. އަދި ކައުންޓަރަށްގޮސް އޭނަ އޯޑަރ ކުރި އެއްޗެއްސަށް ލާރިދެއްކިއެވެ.

“ޝުކުރިއްޔާ” މައިޝާވެސް ހީލަމުން ބުނެލިއެވެ. އަދި އިޒްޔާންއާ އެއްކޮށް ކައުންޓަރ ކައިރިއަށް ދިޔައެވެ.

ލާރިދައްކާނިމުމުން ދެމީހުން ހޮޓަލުން ނުކުމެގެން ދާން ހިނގައިގަތެވެ.

“އަހަރެން ދާނަން މައިޝާ ގެއަށްލާދޭން.” އެހެންބުނެފައި އިޒްޔާން ގޮސް ކުރިމަތީގައި އޮތް އޭނަގެ ކާރުގެ ދޮރުފަތް މައިޝާއަށް ހުޅުވާލައިދިނެވެ.

“ތެންކްސް” އިޒްޔާންއަށް ޝުކުރުއަދާކުރުމަށްފަހު ގޮސް ކާރަށް އެރިއެވެ.

“ކޮން ނަމެއް ގެއަށް ކިޔަނީ؟” އިޒްޔާން އަހާލިއެވެ.

“ކާނޭޝަން. ހެންވޭރުގައި ހުންނާނީ.” މައިޝާ އޮޅުންފިލުވައިދިނެވެ.

ގެއަށް ދިޔަ މަގުމަތީގައިވެސް ދެމީހުން ވަރަށް ވާހަކަދެއްކިއެވެ.

“އިޒްޔާންގެ މައިންބަފައިން މިހާރު ކޮބާ؟” މައިޝާ އަހާލިއެވެ.

“މަންމައާއި ބައްޕަ މީގެ ހަމަސްދުވަސްކުރިން ވަނީ ކާރު އެކްސިޑެންޓެއްގައި ނިޔާވެފަ.” އިޒްޔާން ބުނެދިނެވެ.

“ސޮރީ.” އެހެންބުނިއިރު އިޒްޔާން އިނީ ދެރަވެފައިކަން މައިޝާއަށް އިނގުމުން އެކަމަށް މަޢާފަށް އެދުނެވެ.

“އިޓްސް އޯކޭ” އިޒްޔާން މައިޝާއަށް މަޢަފުކޮށްދިނެވެ.

މާގިނައިރުތަކެއްނުވެ މައިޝާމެންގެ ގެއަށް އާދެވުނެވެ.

“އާދެ ގެއަށް ވަދެލާފަ ދާން.” މައިޝާ، އިޒްޔާން ކައިރީގައި ބުންޏެވެ.

“މިރެއަކުނޫންދޯ. މާލަސްވެއްޖެއްނު. އެހެންދުވަހަކުން އަންނާނަން އިނގޭ.” އިޒްޔާން ގަޑިއަށް ބަލާލަމުން ބުނެލިއެވެ.

“އޯކޭ. އަންނަ ހުކުރުދުވަހު ވާނެ މިގެއަށް އަންނަން.” މައިޝާ ބުނެލިއެވެ. އިޒްޔާން ބޯޖަހާލިއެވެ. އަދި މައިޝާގެ ނަންބަރު ހޯދުމަށްފަހު ގެއަށްދިއުމަށްޓަކައި ކާރުދުއްވާލިއެވެ.

-ނުނިމޭ-

Comments (30)

  1. Phy

    Reethi vaane hen heevey…nxt part ah waitting…

    1. Daniel
      Phy

      Thanks..

  2. mal

    nice….. v loabi vahaka eh hen hyvany

    1. Daniel
      mal

      Thanks..

  3. Saamidh

    V reethi mibaives…

    1. Daniel
      Saamidh

      Thanks..

  4. Bumble bee

    Reethi ❤❤

    1. Daniel
      Bumble bee

      Thanks.. ?

  5. Sha

    Haadha kurey..maisha fake jasaneetha anekkaaa..nice nxt part avaha up kurachey..

    1. Daniel
      Sha

      Dhn kiyaalyma ingeyny.. Next part miahvure dhiguvaane in sha allah..

  6. datha

    Mi vaahaka reethi ekamku bass ethuru mu ga massala ebaulhey misaalaka meyzumathin bonagaa balaalun ebass reethi vaane bohilaa balaa lun dhen carge dhorufae hulhuvaalun eay ge badhalu ga dhoru hulhuvaa lun vara aibu bae bass tha bey nun hurigothun

    1. Daniel
      datha

      Thanks for the advice… I’ll make it correct..

  7. Dhonthy

    Still thankolheh dhigu kohladhyba plz…

    1. Daniel
      Dhonthy

      Next part dhigukohlaanan in sha allah..

  8. Pwincess

    This part also very nice… next part up kohdhehche avahah

    1. Daniel
      Pwincess

      Thanks.. Up kohdheynan ASAP.. In Sha Allah

  9. shahy

    Varah reethi

    1. Daniel
      shahy

      Thanks

  10. Kudu

    V reethi

    1. Daniel
      Kudu

      Thanks..

  11. B

    Hey. Daniel thee boy ehtha? Storyy obi ??

    1. Daniel
      B

      Yaa..I’m a boy. Thanks.. 🙂

  12. thaai

    Story v v v reethi dhen konirakun up kuraany? Inthixarey othy hiyy edhey thy dho………..!

    1. Daniel
      thaai

      Thanks thaai.. 🙂 .Story dhn up vaany Wednesday ga in sha allah..

  13. ZOYA

    VARA REETHI STORY
    ADI BOY AVEHURA STORY LIYANI HAMA HABAS ?

    1. Daniel
      ZOYA

      Thanks Zoya.. 🙂

  14. saikat

    v habeys adhivx maa bodah kury… dhn up kohllaa iru v dhigu kohlahchey..

    1. Daniel
      saikat

      Thanks Saikat… 🙂

  15. Loveliya

    Loabi vaahakaeh..next part kon dhuvahakun

  16. Loveliya

    Loabi vaahakaeh..next part????? kon dhuvahakun

Comments are closed.