ކާރުގެ ބާރު ބަރުގޮނުގެ އަޑާއިއެކު ގޭޓުކައިރީގައި ނިދިޖެހިފައި އިން ދޮރުވާނު ސިއްސައިގެން ގޮސް ތެދުވިއެވެ. ގޭޓު ބަންދުކޮށްފައި ހުރުމުގެ ސަބަބުން ގޭތެރެއަށް ނުވަދެވިފައި އޮތް ކާރު ފެނުމުން ދޮރުވާނު މޫސަ އަވަސްވެގަތީ ގޭޓު ހުޅުވުމަށެވެ. ދެފަރާތަށް ގޭޓު ހުޅުވައިލުމާއިއެކު މަޑު ދުވެއްޔެއްގައި ކާރު ގޭތެރެއަށް ވަނެވެ. ކާރުގެ ފަހަތުގައި ސީޓުގައި އިން ޒުވާން އަންހެންކުއްޖާ އަށް ހިނިތުންވެލެވުނީ ގޭގެ ދެފަރާތުން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރުންނެވެ. ގޭގެ ދެފަރާތުގައި އިންދާފައިވާ ރަތްކުލައިގެ ފިނިފެންމާ ގަސްތައް ފެނި އެއަންހެންކުއްޖާއަށް […]