Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނުދާށެ އާދެ ލޯބިވާ 1

cuty Level 1
March 15, 2020 4 Mins Read
5 Comments

ކާރުގެ ބާރު ބަރުގޮނުގެ އަޑާއިއެކު ގޭޓުކައިރީގައި ނިދިޖެހިފައި އިން ދޮރުވާނު ސިއްސައިގެން ގޮސް ތެދުވިއެވެ. ގޭޓު ބަންދުކޮށްފައި ހުރުމުގެ ސަބަބުން ގޭތެރެއަށް ނުވަދެވިފައި އޮތް ކާރު ފެނުމުން ދޮރުވާނު މޫސަ އަވަސްވެގަތީ ގޭޓު ހުޅުވުމަށެވެ. ދެފަރާތަށް ގޭޓު ހުޅުވައިލުމާއިއެކު މަޑު ދުވެއްޔެއްގައި ކާރު ގޭތެރެއަށް ވަނެވެ. ކާރުގެ ފަހަތުގައި ސީޓުގައި އިން ޒުވާން އަންހެންކުއްޖާ އަށް ހިނިތުންވެލެވުނީ ގޭގެ ދެފަރާތުން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރުންނެވެ. ގޭގެ ދެފަރާތުގައި އިންދާފައިވާ ރަތްކުލައިގެ ފިނިފެންމާ ގަސްތައް ފެނި އެއަންހެންކުއްޖާއަށް ހިނިތުނވެ އިނދެ ދެފަރާތަށް ބެލުން ނޫން ކަމެއް ނުކުރެވެއެވެ.

” އެލީ ދަރިފުޅާ… ފައިބަންވީއޭ” ޕޯޓިކޯއަށް ކާރު މަޑުކޮށްލުމާއި އެކު އަލިފުޅު ބުނެލިއެވެ.

” އަޅޭ ކާފާ.. ހާދަ ރީތި ގެއެކޭ މީ…  ދުވަހަކުވެސް ނުދެކެން މިހާ ރީތި ގެއެއް.. އެހެރަ ފިނިފެންމާތައް ބިނދެލާހިތްވަނީ…” ކާރުން ފޭބި ގޮތަށް އެދިމާއަށް ބަލަހައްޓައިގެން ހުރެ އެލީޝާ ބުނެލިއެވެ. އަލިފުޅުވެސް ކާރުން ފޭބީ ހެމުން ހެމުންނެވެ.

” ދަރިފުޅަށް އަދި ތިފެންނަނީ އެއްބައި.. ގޭތެރެއަށް ވަނީމަ އަނގަ ލައްޕަންވެސް ހަނދާން ހުންނާނެ ކަމެއް ނޭނގެ… ” އަސާގަނޑުގެ އެހީގައި އެލީޝާއާއި ދިމާއަށް އަންނަމުން އަލިފުޅު ވާހަކަދެއްކިއެވެ.

” އެކަމަކު ކާފާ.. އަހަރުމެން ކަހަލަ އެންމެ ދަށު ފަންތީގެ މީހުންނާ މިކަހަލަ ގެޔަކަށް އައުމާ ނުވެސް ގުޅެޔެއްނު.. ބަލާބަލަ މިގޭ ޑްރައިވަރުގެ ލާފަ ހުރި ހެދުންވެސް އަހަރުމެން ލާފަ ހުރި ހެދުމަށްވުރެ އަގު ބޮޑުހެން ހީވަނީ” ޖެހިލުންވެ ހުރެ ގެޔަށް ނަޒަރު ހިންގާލަމުން އެލީޝާ ބުނެލިއެވެ.

” މޮޅު ހެދުމެއް ދެރަ ހެދުމެއް އޮވޭތަ.. ދީނުގަ އަންގަވާފަ އޮންނަ ގޮތަށް ހެދުން އެޅީމަ ނިމުނީ.. ދަރިފުޅު ތިހުރީ އެންމެ ރަނގަޅު ގޮތަކަށް… ” އެލީޝާ ލާފައި ހުރި ކަޅުކުލައިގެ ބޮޑު ހެދުމާއި ހަމަ އެކުލައިގެ ބުރުގަލަށް ނިސްބަތްކޮށް އަލިފުޅު ބުންޏެވެ.

” ދެބަފައިން އެތެރެއަށް ވެސް ނުވަންނަންތަ ތިހުންނަނީ”  ތަންކޮޅެއް ދުރުން އިވުނު ފިރިހެން އަޑަށް އެލީޝާއާއި އަލިފުޅުގެ ސަމާލުކަން ހުއްޓުނެވެ. ގޭގެ ދޮރުމަތީގައި ހެވިލާފައި ހުރީ އަލިފުޅާއި ދާދި އެއް އުމުރެއްގެ ފިރިހެނެކެވެ. އެފިރިހެން މީހާ ކައިރީގައިހުރީ މޫނު ބުރުގާ އަޅާފައި ހުރި އަންހެނެއް ހުއްޓެވެ. އެއަންހެންމީހާ ގެ ދެލޯ ހަނިވެފައި ހުރި ގޮތުން އެހުރީ ހިނިތުންވެފައި ކަން އެނގެއެވެ.

” އަލިފުޅާ… އެހާ ދުވަސްކޮށްފަ ފެނުނީމަ ހާދަ އުފާވެއްޖޭ…” އަލިފުޅާ ދިމާއަށް އަންނަމުން މާހިރު ބުންޏެވެ.

” މީ އާނިޔަތުގެ އެލީޝާ ދޯ.. މާޝާﷲ ..   ވަރަށް ބޮޑު ވެއްޖެ ދޯ… އަލިފުޅާ އެކަމު މިމަންޖެ ހާދަ ހިއްކޭ ނުކަނީތަ” މާހިރު އެލީޝާއަށް ބަލާލަމުން ބުނެލިއެވެ.

 

” އެއީ ރިފާ… ކަޔާންގެ އަންހެނުން… ” މާހިރު ޖަވާބު ދިނެވެ. އަލިފުޅު ރިފާ އާއި ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ކުރިން ހުރި ގޮތަށް ރިފާ ހުރީ ހިނިތުންވެލައިގެންނެވެ.

” އެތެރެއަށް ދުރުވަންވީނޫންތޯ” ރިފާ ބުނެލިއެވެ.

” އެބުނާހެން ހިނގާ އެތެރެއަށް… ” އަލިފުޅު ކޮނޑުގައި އަތް އަޅުވާލައިގެން މާހިރު ކުރިއަށް ހިނގައިގަތެވެ. އެމީހުން ފަހަތުން އެލީޝާވެސް މަޑުމަޑުން ކުރިއަށް ދިޔައެވެ.

 

………………………………………..

” ކައިފް… ކައިފް.. ދޮރުހުޅުވަބަ…” ކައިފްގެ ކޮޓަރީގެ ދޮރުގައި އާދައިގެ ވަރަކަށް ޓަކި ޖަހަމުން ކަޔާން ގޮވަމުން ދިޔައެވެ.

 

” ކައިފް.. އެބައުޅެންތަ.. އެމީހުން އައިއްސި ކަންނޭނގެ.. ކާފަ ބުންޏެއްނު އެންމެންވެސް ތިބެން ޖެހޭނޭ.. ކައިފް މިތަން ހުޅުވަބަލަ.. އެހެންނޫނީ ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް މިހުޅުވަނީ” އެންމެ ފަހުގެ ބަހަކަށް ކަޔާން އިއްވާލިއެވެ.

” އޯކޭ ފައިން މިހުޅުވަނީ” ކަޔާން މިޖުމްލައާއި އެކު އެތެރޭން ދޮރުހުޅުވާލިއެވެ. ކަޔާން އަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ދޮރު އެހުރި ގޮތަށް ބަހައްޓާފައި ކައިފް އެތެރެއަށް ވަދެގެން ދިޔައެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު ކަޔާން ކޮޓަރިތެރެއަށް ވަނެވެ. ކައިފް ކޮފީޓޭބަލް މަތީގައި އޮތް ޖޮއިސްޓިކް ހިފައިގެން ސޯފާއަށް ވެއްޓިގަތެވެ. ކަޔާން ކައިފްގެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ. އެނދުމަތީގައި ބާލިސްތައް އެތަން މިތަނުގައި ވާއިރު ތުވާއްޔާއި ބައެއް ޓީޝަޓުތަކާއި ޖީންސްތައް ވެސް އެނދުގެ ފަޑިމަތީގައި ހުއްޓެވެ. ކޮފީ ޓޭބަލް މަތީގައި ހުސްކޮށްފައި ހުރި ދަޅުތަކާއި ކޮފީ ހުސްކުރި ތައްޓެއް ހުއްޓެވެ. އޭގެ އިތުރުން ބައެއް ޗިޕްސް ހުސްކުރި ޕެކެޓްތައްވެސް ސޯފާ ކައިރީގައި ހުއްޓެވެ.

” ދިސް ރޫމް އިޒް އަ ޓޯޓަލް މެސް..” ކަޔާން އަށް ހިތާހިތުން ކިޔާލެވުނެވެ.

” ގެޓް ރެޑީ ބްރޯ.. އެމީހުން އައިއްސި.. ކާފަ ބުންޏެއްނު ހުރިހާ ކުދިންވެސް ތިބެންޖެހޭނޭ..” ކައިފް އާއި ދިމާލުން ސޯފާގެ ފަހަތުގައި ހުއްޓެމުން ކަޔާން ބުނެލިއެވެ.

” އޭނަވެސް އެބައިންތަ…” ކައިފް ‘އޭނާ ‘ އޭ ބުނެ މުހާތަބް ކުރީ ކާކަށް ކަން އެނގި ކަޔާން ނޫނެކޭ ބުނެލިއެވެ.

” ޕާޓީގަ މުހިންމު ބައްދަލުވުމެއް އޮތީމަ އެތަނަށް ގޮއްސަވީ… ބަޓް ކައިފް އަފްޓަރއޯލް ހީ އިޒް އަވަރ ފާދަރ .. ތިޔައްވުރެ ރީތިކޮށްވެސް މުހާތަބު ކުރެވޭނެ ކަންނޭނގެ.. ” ހިތްހަމަނުޖެހިފައި ކަޔާން ބުނެލިއެވެ.

” އެއީ އަހަރެންގެ ބައްޕައެއް ނޫން… ޔޫ ފޮރގޮޓް އޯރ ވަޓް… ” ރުންކުރު ގޮތަކަށް ކައިފް ބުންޏެވެ. ކަޔާން އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް މަޑުޖެހުނެވެ.

” ދެން ހެވޭ… ތަންކޮޅެއް ރީތި ހެދުމެއް ލައިގެން އާދޭ ތިރިއަށް .. އިޓްސް އެބައުޓް ކާފަ.. ” މިހެން ބުނެ ކޮޓަރިން ނިކުންނަން ކަޔާން ހިނގައިގަތެވެ.

” ކޮބާ ކަރަމް… ” ޖޮއިސްޓިކް ބާއްވަމުން ކައިފް އަހާލިއެވެ.

”  ވެއްޖެ ޒަކް ބަލާގޮއްސަ.. މިހާރު އަންނާނެ…” ކަޔާން އެހުރި ގޮތަށް ހުރެ ބުނެލިއެވެ.

” ސީރިއަސްލީ.. އޭނަ އައީ ކޮންއިރަކު.. ” ކަންބޮޑުވެފައި ހުރެ ކައިފް ބުނެލިއެވެ.

” ތަނަކު މީހެއް ހުރިއްޔާ ކައިފްއަށް ކޮންކަމެއް.. ޒަކް އެއީ އަހަރުމެންގެ ހުރި ހަމައެކަނި ކަޒިން.. ބޮޑުދައިތަގެ ހުރި ހަމައެކަނި ދަރިފުޅު.. ކައިފް ޒަކް ދެކެ ތިއަންނަނީ ކޮންކަހަލަ ރުޅިއެއްކަމެއް އަހަންނަކަށް ނުވިސްނޭ.. ބަލަ އޭނަވެސް މިގޭގަ އުޅެން ޖެހޭނެ ދޯ.. ކައިފްގެ ތިހުންނަ މިޒާޖު ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ.. މިކޮޓަރި ވެސް ބަލާބަލަ.. މިކޮޓަރި ކައިފްއަށް ދީފަ މިހުރީ މިހާ މުޑުދާރުކޮށް ގެންގުޅެންތަ.. ކައިފް ތިހެން ހަދަންޏާ ދެން ޖެހޭނީ ކަރަމްއާއި ކޮޓަރި ޝެއަރ ކުރަން” ހިތްހަމަނުޖެހިފައި ހުރެ ކަޔާން އަށް ކިޔައިލެވުނެވެ.

” އަހަރެން ސާފުކުރާނަން މިއަދު… އަދި އެއްވާހަކަ ދޮންބެ ކޮންމެ އެއްޗެއް ކިޔަސް އަހަރެންގެ ހިތް އެޒަކްވާން އަށް ޒުވަހަކުވެސް ސާފެއް ނުވާނެ.. ކާފަ ނެތްނަމަ އަހަރެން މިގެ ދޫކޮށްފަ ދިޔަތާ ކިތަންމެ ދުވަހެއް.. އޭރުން އަހަރެންގެ ސަބަބުން އުނދަގުވެގެން ވެސް އުޅޭކަށް ނުޖޭނެއްނު..  ” އައި ރުޅިމަތީގައި އެނދުމަތީގައި އޮތް ތުވާލި ހިފައިގެން ކައިފް ފާހަނައަށް ވަދެ ބާރަށް ދޮރުލެއްޕިއެވެ. ކަޔާން ދެފަރާތަކަށް ބޯހޫރާލަމުން އެކޮޓަރިން ނިކުމެގެން ތިރިއަށް ފައިބައިން ދިޔައެވެ.

ކަޔާން ތިރިއަށް ފޭބިއިރު ސޯފާގައި މުސްކުޅި ފިރިހެނަކާއި ޒުވާން އަންހެންކުއްޖަކު އިނެވެ. ތަންކޮޅެއް ދުރުން ބަދިގެ އޭރިއާގައި ނަދީމާއާއި އެކު ރިފާ ހަރަކާތްތެރިވާތަން ފެނެއެވެ.

” އަހަނ ކަޔާން ދަރިފުޅާ.. އަވަހަށް އާދޭ.. ކޮބާ ކައިފް އާއި ކަރަމް.. ” ކަޔާން ފެނުމުން މާހިރު އަހާލިއެވެ.

” ކައިފް ފެންވަރަނީ.. ކަރަމްވެއްޖެ ޒަކް ބަލާގޮއްސަ.. މިހާރު އަންނާނެ.. ” މާހިރަށް ޖަވާބުދާރީ ވަމުން ކަޔާން މާހިރު ކައިރީގައި އިށީނެވެ.

” ކަރަމްވެސް އެއައީ ރަނގަޅު ދުވަހެއްގަ.. ދަރިފުޅާ ހަނދާން އެބަހުރިތަ އަލިފުޅުބެ މަތިން…” އަލިފުޅު ދައްކާލަމުން މާހިރު ކަޔާން ކައިރީގައި އަހާލިއެވެ.

” ކުޑަކޮށް ހަނދާން ހުރޭ.. އަލިފުޅުބެ ނޫންތަ ކުރިން ރަށުގަ ބޮޑުބެރު ޖަހާ އުޅުނީ.. ވަރަށް ހަނދާންވެ އަލިފުޅުބެގެ އެމަޖާ ނެށުން ގަނޑު ހަނދާން އެބަހުރި…” ހީލަމުން ކަޔާން ބުނެލިއެވެ.

” އާނ އެއީ އޭރު އެންމެ ފޯރިޔާއި އެކު ކުރިކަމަކީ.. އެކަމާ މިހާރު ހިތާމަ ކުރަން.. އެހެން އުޅެވުނު ކަމަށްޓަކާ އަލިފުޅުބެ މިހުރީ ތައުބާވެގެން…” އަލިފުޅު ބުނެލިއެވެ.

” ކަޔާންވެސް ވަރަށް ބަދަލުވެއްޖެ މިހާރު އަލިފުޅުބެއަށް ނުވެސް އެނގުނު..” އަލިފުޅު ބުންޏެވެ/

” އާނ އެއޮތީވާ ތުނބުޅިއެއް.. އެއަށްވުރެ ލޯބިން ގެންގުޅޭ އެކައްޗެއްވެސް ނެތް.. އަހަރެންގެ ކަޔާން އާއި މެދު އަހަރެން ފަޙުރުވެރިވަން.. ” މާހިރު ކަޔާންގެ ބުރަކަށީގައި ފިރުމަމުން ބުނެލިއެވެ.

 

” އަނހަ މިއޮއް އަންނަނީ ކައިފްވެސް….” މާހިރު ބުނެލިއެވެ. އެހެން މީހުންވެސް މާހިރުގެ ނަޒަރު ހުރި ދިމާއަށް ބަލާލިއެވެ. އެލީޝާއަށް ކަޅި ޖަހާލަންވެސް ނޭނގުނެވެ. އެހާ ރީތި ފިރިހެންވަންތަ ޒުވާނެއް އެލީޝާއަށް ފެނުނު މީ ފުރަތަމަފަހަރު ކަހަލައެވެ. ހިތްތެޅެން ފެށީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އެމީހުން ތިބި ތަނާ އަރާ ހަމަވުމުން ކައިފް ހިނިތުންވެލިއެވެ. އެހިނިތުންވުންފެނި އެލީޝާގެ ލޯލިތައް ކޮޅަށް ޖެހުނެވެ.

” މީ ކަޔާންއާއި ޖެހިގެން ހުންނަ ސޮރު ކައިފް… އަހަރުމެން މާލެ ބަދަލުވިއިރު ޒުމޭރާ ބަނޑުގަ އޮތް ދަރިފުޅު މީ.. ” ކައިފް ކަޔާން ކައިރީގައި އިށީނުމުން މާހިރު ތައާރަފް ކޮށްދިނެވެ.

” ދަރިފުޅާ ކައިފް މީ ކާފަގެ އެންމެ ގާތް އެކުވެރިޔާ އަލިފުޅު.. ދެން މީނީ އޭނާގެ ކާފަ ދަރިފުޅު އެލީޝާ” މާހިރު ތައަރަފް ކޮށްދިނުމުން ކައިފް އެމީހުންނަށް ބަލާލާފައި ހިނިތުންވެލިއެވެ. ކައިފްގެ ނަޒަރު އެލީޝާއަށް ދިމާވި ހިނދު އެލީޝާ އަވަސް އަވަހަށް އިސްޖަހާލިއެވެ. އެލީޝާގެ ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ.

” ކާފަ ކޮބާ ކާފަގެ ފްރެންޑް އައީތަ” ގޭތެރެއަށް ވަދެގެން އައި ކަރަމްގެ އަޑަށް އެންމެ އެދިމާއަށް ބަލާލިއެވެ. ކަރަމްއަށް ސޯފާގައި ތިބި މީހުން ފެނި އަނގަ ސަކަރާތްވިއެވެ. ކަރަމްއަށް ވީގޮތް ފެނި ކައިފްއަށް ހެވުމުން ކައިރީގައި އިން ކަޔާން ކައިފްގެ ކޮނޑުގައި ޖެހިގަތެވެ. ކަރަމްގެ ފަހަތުން ވަދެގެން އައި ޒަކްވާން ފެނުމުން ކައިފްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ވަގުތުން އެހެން ދިމާލަކަށް ނަޒަރު ހިންގާލީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ.

” މީ އެންމެ ކުޑަ މީހާ ކަރަމް.. ދެން އެހުރީ އާބިދާގެ ދަރި ޒަކްވާން… މީ ކާފަގެ ވަރަށް ގާތް ރަހުމަތްތެރިއެއް.. ދެން އެއީ އޭނަގެ ކާފަ ދަރި އެލީޝާ..” މާހިރުގެ އަނެއް ފަރާތުން ސޯފާގައި އިށީން ކަރަމް އާއި ޒަކްވާން އަށް އެމީހުން ތައާރަފް ކޮށްދެމުން މާހިރު ބުންޏެވެ. ޒަކްވާންއަށް އެލީޝާއާށް ބަލާލެވުނު ގޮތަށް އެހެން ދިމާއަކަށް ބަލާލަންވެސް ނޭނގިފައި އިން ކަހަލައެވެ. އެކަޅު ބުރުގާ ގެ ތެރެއިން ދޮންދޮން ކުޑަ މޫނު ކޮޅު ފެންނައިރު ކަޅުފޮއިރެއެއްގައި ހަނދު ފެންނަކަހަލައެވެ.

Share Article

Follow Me Written By

cuty

Level 1

Other Articles

Previous

މަޖުބޫރު ލޯބި

Next

ޚަމްދު ލީލާ – ޓްރެއިލާ

Next
March 15, 2020

ޚަމްދު ލީލާ – ޓްރެއިލާ

Previews
March 15, 2020

މަޖުބޫރު ލޯބި

5 Comments!

  1. Kairaa says:
    March 15, 2020 at 8:24 am

    Varah varah reethi mi bai vx…..whn nxt…..waiting for the nxt part….

  2. Yaal says:
    March 15, 2020 at 9:32 am

    Varah veethi vaanehen heevey mi story…………Avahah next part up kohla dehchey…………….??????????

  3. magnumm says:
    March 15, 2020 at 12:45 pm

    Nice starting masha allah?.. waiting for the upcoming partsss? <3

  4. Shiya says:
    March 17, 2020 at 1:50 pm

    ❤️❤️❤️
    Alhe aslam is my dad’s name. Ehenve mivaahaka balaaleeves. Varah reethi ❤️❤️❤️

  5. LAZY_QUEENY says:
    March 17, 2020 at 9:56 pm

    Vvvv reethi mi part vx….. Whn is next part…Curiously waiting for next part…. Lysm????

Comments are closed.



All Right Reserved!