ސުކޫލުގައި ވަރަށް ބުރަ ދުވަސް ކޮޅެކެވެ. މެންދުރުގެ ހޫނުގަދަ ވަގުތު އަހަރެން ސުކޫލުން އައިސް،ގެޔަށް ވަދެ ބޫޓު ހަރުގަނޑަށް ލުމަށްފަހު، ވެފައިހުރި ވަރުބައްޔެއްގެ ބޮޑުކަމުން އަވަސްވެގަތީ ކޮޓަރި ހުޅުވުމަށެވެ. މަންމަވެސްވީ ސުކޫލުދަށަށް ކޮއްކޮ ބަލައިގޮސްކަމުން ގޭގައި އެވަގުތު މީހަކު ނެތެވެ. ކާގެއަށްގޮސް ގޮނޑިއެއް ހިފައިގެން އައިސް އަހަރެން އެއަށް އަރައި ފެންލައިޓުމަތީ އޮތް ތަޅުދަނޑިފަތި ނެގޭތޯ ބެލީމެވެ. ކަންދިމާކުރިގޮތުން އެކަން ވަރަށް ފަސޭހައިން ކާމިޔާބުވިއެވެ. އަހަރެން އަވަސް އަވަހަށް ގޮނޑިން ފައިބައި ދުވެފައިގޮސް ގޮނޑި ކާގެއަށް ލީމެވެ. އޭރުވެސް ކޮނޑުގައި އޮތް ދަބަހާއި ވައަތުގައި ހުރި ފޮތްތަށް ދިޔައީ އަހަންނަށް ބަރުކުރަމުނެވެ. ވަގުތު ބޭކާރުކުރަން ނުހަދައި ދޮރުހުޅުވުމަށްފަހު އެތެރެއަށްވަދެ އެންމެ ފުރަތަމަ ކަމަކަށް ތަޅުދަނޑިފަތި އޮތް ތަނަށް ލީމެވެ. މިއީ އަބަދު ކޮށްކޮށް އަހަންނަށް އާދަވެފައި ހުންނަ ކަމެކެވެ. ތަޅުހުޅުވައި ކޮޓަރިއަށް ވަނުމަށްފަހު އަބަދުވެސް ބޭއިޙްތިޔާރުގައި، އެންމެ ފުރަތަމައަށް ކުރެވޭނެ ކަމަކީ މިއީއެވެ. އަދި ހަމައެހެންމެ ކޮޓަރީގެ ތަޅުންގަނޑު ފުދޭވަރަކަށް އުސްކަމުން އަހަންނަށް އެކަމަށް ގޮނޑިއެއްގެ އެހީއެއްވެސް ބޭނުމެއް ނުވެއެވެ. އެއަށްފަހު އަތުގައި ހުރި ފޮތްތަކާއި ދަބަސްވެސް […]