ރަށާއި ވަދާޢީ ސަލާމްކޮށްލުމަށްފަހު އަހަރެން މާލެއައީ ފޮނި އުއްމީދުތަކަކާއި އެކުގައެވެ. މާލެއިން ތަޢުލީމު ޙާސިލްކުރުމަށްފަހު ދިޔައީ ބޭރަށެވެ. މަތީ ތަޢުލީމު ޙާސިލްކުރުމަށްފަހު ރަށަށް، އަހުލުންގެ ގާތަށް އައީ އެތައް ހަނދާންތަކަކާއި އެކުގައެވެ. ލޯބިވާ މާމަގެ ހަނދާނެވެ. ބޮޑުދައިތައާއި އީސަ ކޮއްކޮގެ ހަނދާނެވެ. ޢާއިލާ އެއްބައި ކުުރުމުގެ މަޝްރޫޢުގެ ހަނދާނާއެކުއެވެ. މޫސުން ހެޔޮވަރު ރޭގަނޑެއްގެ ދަތުރަށްފަހު ދޯނި ރަށާއި ގާތްވަމުން ދެއެވެ. އަހަރެންގެ ހިތް އަވަސް ވަމުން ދިޔައެވެ. ބޭސް އަތްވަށްވުރެ ގަދަ އަވީގައި ހިޔާގަނޑުން ނުކުމެ ދިރުބާ […]
އިލްމާއި ޙިލްމު ހުނަރާ ނެތިގެން ދަނީ މި ރާއްޖޭން ޚުލްޤާއި ރިވެތި ސިފަތަށް ނެތިގެން ދަނީ މި ރާއްޖޭން އިހުގައި ގޮތެއް ހުރިއްޔާ އެގޮތެއް މުޅިން ނެތިއްޖޭ އިހުގައި ވި އަދަބު ސަދަބާ ނެތިގެން ދަނީ މި ރާއްޖޭން އެދުރުން ގެ ލިބިވިޤަދަރާ އެވެރިންގެ މާތް މަޤާމާ އެދުރުންގެ އިޙްތިރާމޭ ނެތިގެން ދަނީ މި ރާއްޖޭން އޭނާގެ އަބުރު މާލާ އޭނާގެ ނަފުސު ދީނާ އޭނާގެ ޙައްޤުތައްވެސް ނެތިގެން ދަނީ މި ރާއްޖޭން ޤައުމިއްޔަތާއި މި ބަހާ ޤައުމުގެ […]
އޭ ފަލަސްތީނާއެ ނަޞްރާ ފަތަޙަ އަދި އަންނާނެޔޭ އޭފަލަސްތީނާ ތިބާ ހެވިލާ ދުވަސް އަންނާނެޔޭ އޭ ފަލަސްތީނާ ތިބާ ތާހިރު ވެގެން އަދި ދާނެޔޭ އޭ ފަލަސްތީނާއެ ނަޞްރާ ފަތަޙަ އަދި އަންނާނެޔޭ —————————————————— މިއަދު އަހުލުން ކާންނުދީ ހައިކަން މަތީ ރޮށްވައިފިޔޭ މިއަދު އެއުރެން ކަތިލަމުން މަގުތަށް ލެއިން ތެންމައިފިޔޭ މިއަދު އުންމަތް ގަބުވެފައި މަންޒަރު ބަލަން އެ ތިބޭނެޔޭ އޭ ފަލަސްތީނާއެ ނަޞްރާ ފަތަޙަ އަދި އަންނާނެޔޭ ——————————————————– މިއަދު ޑަކްޓަރުވެސް މަރާލަން ބޮންއަޅާ ގޮއްވައިފިޔޭ […]