ހިނދުކޮޅަކަށް ވުރެ ހިނދުކޮޅެއް ވައި ބާރުވަމުން ދިޔައެވެ.ޖެހޭ ވަޔަށް ކެތްނުވެގެން ގަސްތައް ހީވަނީ ދެންމެ ދެންމެ މުލުން ލުހިގެން ހިނގައިދާނެހެންނެވެ. ނަގާ ބޯމަތީގައި އޮތް ކަޅު ބޯ ވިލާގަނޑުން އިންޒާރުދެނީ ވަރަށް ބޯކޮށް ވާރޭވެހެން ތައްޔާރުވަމުން ދާކަމަށެވެ.ދޭތެރެއަކުން ވިދާލާ ވިދުވަރާއި އެކު ޖަހާލާ ބާރު ގުގުރީގެ އަޑު ކަންފަތާއި ހަމައަށް އަންނަނީ ނާމާންކޮށެވެ. މިތޫފާނީ ރޭގައިވެސް އާސަހަރާ ތެރޭ މީހުންތައް ހޭލަމޭލާ ވާތަން ފެނެއެވެ.ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އަގުބޮޑު އެއްޗެއް ބީވެދިޔުމުން މޫނުމަތީގައި އެހުންނަ ހިތާމަޔާއި […]
އޭނާ ފެނުމާއި އެކު އަހަރެން ކުރި ދިގު އިންތިޒާރު ނިމުމަކަށް އަތުވެއްޖެއެވެ. ސަބަބެއް ނެތި އެއް ނޫނެވެ.އެއީ އަހަރެން އެ ސޫރައެއް ދުށުމަށް އެންމެ ގިނަދުވަހު އިންތިޒާރު ކުރެވުނު ސޫރައެވެ.ނަމަވެސް އޭނާގެ ފަހަތުން ލޯންޗުގެ ދޮރުން ނުކުމެގެން އައި އަންހެން ކުއްޖާ ފެނި އަހަރެންގެ ޠަބީޢަތު މުޅިން ގޯސްވިއެވެ.ލޮލުން ކަރުނަ އަންނަން ފެށުމާއިއެކު އަހަރެން އިސްޖަހައިލީމެވެ.އެހެން މީހުންގެ ނަޒަރުތައް އަހަރެންނަށް އަމާޒުވެދާނެތީއެވެ. *************** އެއީ މީގެ ހަތް ވަރަކަށް އަހަރު ކުރިއެވެ.އަހަރެންނާއި އާލް ދިމާވީ ޗުއްޓީއަށް މީހުންތައް […]