Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުކުރެވުނު އިތުބާރު (1 )

Ayyrie Level 110 Stories
December 3, 2018 4 Mins Read
2 Comments

ވެހެމުންދިޔަ ބޯވާރޭ ހުއްޓާލާނޭ އިރެއް ލަފާކޮށްލަންވެސް ދައްޗެވެ. ދޭތެރެއަކުން ގަދަޔަށްވިދާލާފައި ޖަހާލާ ބާރު ގުގުރިން ކަންފަތްތައް ފަޅައިގެންދާހާވެއެވެ. ބާރަށް ވައިޖެހެމުންދިޔައިރު ގަސްތައް މުލުން ލުއްސާނުލާ ތިބީ ނަސީބަކުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގާއަޅާފައިވާ ރަށުގެ މަގުތައްމަތިން ވައިގެ ހަމަލާތަކަށް ކުޅަދާނަނުވެގެން ފައިބައިފައިވާ ފަތްތަކާއި ގޮފިކޮޅުތައް ނޫންއެއްޗެއް ނުފެނެއެވެ.ހަވީރުގެ ވަގުތެއްކަމަކު ވެެރިވެފައިވާ އަނދިިރިކަމުގެ ސަބަބުން ބައެއް ގެތަކާއި ފިހާރަތައްވެސް ވަނީ ދިއްލަންފަށާފައެވެ. މަގުތަކުގައި ހަރުކޮށްފައިވާ ސްޓްރީޓް ލައިޓްތައް މާކުރިންވެސް ވަނީ ދިއްލިފައެވެ.

އެ ތޫފާނީ ވައިޖެހެމުންދިޔަ ވަގުތު، ފަޅުވެފައިވާ މަގުތައްމަތިން އަންހެންކުއްޖަކު ހޫރެމުންކަހަލަ ގޮތަކަށް ހިނގާފައިދެއެވެ. އުމުރުން ސަތާރަވަރަކަށް އަހަރުގެ އެ ކުއްޖާ މަންޒިލެއްނެތް ދަތުރުވެރިއެއް ފަދައިން ހިނގަމުންދިޔައިރު ވަށައިގެންވާ އެއްވެސް ކަމަކަށް ވިސްނުން ހުރިހެނެއް ހިޔެއް ނުވެއެވެ. ލައިގެންހުރި ހުދުކުލައިގެ މަތިކޮޅާއި އަޅިކުލައިގެ ޖީންސް ވާރެޔާތެމި ގަޔަށް ހިފިފައިހުރިއިރު އޭނާގެ ހަށިގަނޑު ފިނީގެ ސަބަބުން ތުރުތުރުއަޅަމުންދިޔައެވެ. ހަށިގަނޑުގެ ތަންތަންކޮޅުން ޒަޚަމުގެ އަސަރުވެސް ފެންނާން ހުއްޓެވެ. ނަމަވެސް އޭނާއަށް އެއިން އެއްވެސް އަސަރެއް ކުރާހެނެއް ހިޔެއްނުވެއެވެ. އިސްޖަހާލައިގެން އޭނާ ކުރިޔަށް ދެއެވެ.

ގޭތެރޭގައި އޮންނަންޖެހުމުން ޒައިކް ފޫހިވެގެން މަރުވާވަރުވިއެވެ. މާލޭގައި ކިޔަވަން އުޅެފައި ރަށަށް އާދެވުނީ މިއަދެވެ. ރަށުގެ ހާލަތު ބަލާލަން އެހާ ދާހިތުން އޮއްވާ ވާރޭ އޮއްސައިގަތީއެވެ. ގޭތެރޭގައިވެސް ބޮޑުދައިތަގެ ދެކުދިން ފިޔަވާ އިތުރުމީހަކު ނެތެވެ. ބޮޑުދައިތަވީ އޭނާގެ ފިރިމީހާ ހިންގާ ފިހާރައިގައި މަސައްކަތެއްގައެވެ. އަމްނާ އާއި އާހިލްއަކީވެސް ކުޑަ ދެކުދިންކަމުން ޒައިކް އޮތީ ފޫހިވެގެން ކުރާނެކަމެއް ނޭނގިފައެވެ.

ފޯނު ހިފައިގެން އޮވެއޮވެ އޭގެ ވަގުތުވެސް ހަމަވީއެވެ. ފޯނު ޗާޖަރަށް ޖަހާފައި އޭނާ ދެން އިށީނީ ގިޓާޖަހާށެވެ. ކުރިއަށް އޮތް ޝޯވ އަށް ދަސްކުރަން ދީފައިވާ ތިން ލަވައެއް ކިޔަން ފެށިއެވެ. ޒައިކްއަކީ މާލޭގެ މަޝްހޫރު ބޭންޑެއްގެ އެއް ވޯކަލިސްޓެވެ. އެކަންކުރަން އިނދެފައިވެސް މިއަދު މިވީކަން ހަނދާންވުމުން އޭނާ މޫޑް އޮފްވިއެވެ. ގިޓާ ބައިންދާފައި އޭނާ ނިކުތްއިރު އެގާރައަހަރުގެ އަމްނާ ޓީވީދޮށުގައި ފިލްމެއް ބަލަންއިނެވެ. ތޭރައަހަރުގެ އާހިލް ކުޑަދޮރުކައިރީ ވާރޭވެހޭ މަންޒަރުބަލަން އިނެވެ.

ޒައިކްވެސް ގޮސް އާހިލްގާތު ހުއްޓިލިއިރު އޭނާގެ ހަނދާނަށް ވެރިވީ ކުޑައިރު އޭނާވެސް އެހެން ހުންނަ ގޮތެވެ. އެދުވަސްތަށް ހިތަށް ވެރިވުމުން ޒައިކްގެ ތުންފަތްމައްޗަށް ވެރިވީ ރީތި ހިނިތުންވުމެކެވެ. އެއީ އެދުވަސްތައް ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނޭ އޭނާގެ ޅަފުރައިގެ މާޒީއެވެ. އެކަންތައްތައް މަތިން ވިސްނުން ދުރުކޮށްލަމުން ވެހެމުންދާ ވާރެއަށް އޭނާވެސް ސަމާލުކަން ދިނެވެ.

ވެހެމުންދިޔަ ވާރޭތިކިތައް ގަސްތަކުގައި ފިރުމަމުންދިޔަ މަންޒަރު ނުހަނު ޗާލެވެ. ގޭގެ ބަގީޗާގައި ފޮޅިފައިވާ އެކި ކުލަކުލައިގެ މާތައް މަންޒަރު ރީތިކޮށްދެމުންދެއެވެ.ގަސްތަކުގެ ތެރެއިން އެގޭގައި ގެންގުޅޭ މުސަޅުތައް ބޯދިއްކޮށްލައިގެން ތިބިތަންފެނެއެވެ. ރާނާފައިވާ ތިރި ފާރުބުރިމަތިން މަގުމަތި ފެނެއެވެ. މަގުމަތީގައި ފެންކޯރު ހެދިފައިވާއިރު ވާރޭތިކިތައް އައިސް ޖެހޭ މަންޒަރު ބަލާ ފޫހިނުވާނެއެވެ. ބޭރަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ޒައިކްގެ ހިތް އެދެންފެށީ ވާރޭތެރެއަށް ނިކުމެލާށެވެ.

“ރީތިދޯ.؟” ޒައިކް ގެއްލިފައި ހުންނަން ފެށުމުން އާހިލް އަހާލިއެވެ. ޒައިކް ސިހިފައި އާހިލްއަށް ބަލާލަމުން ހިނިތުންވެލިއެވެ.

“އާނ. ވަރަށް ރީތި މަންޒަރެއް. ތިއްތިބެއަށް މިމަންޒަރު މިހާ ފުރިހަމަކޮށް މިފެނުނީ ދެއްހަރު ފަހުންވިއްޔަ. މާލޭގަ ފެންނާނީ ހުސް އުސް އިމާރާތްތައް. މިކަހަލަ ރީތި ގަސްތަކެއް ނުހުންނާނެ.” ޒައިކް ކިޔައިދިނެވެ. އާހިލް ދުވަހަކުވެސް މާލެ ނުދާތީ މާލޭގެ ކަންތައްތައް އޮންނަގޮތެއް ނޭނގެއެވެ. އެހެންކަމުން އޭނާ ހެވިފައި ހުރީއެވެ.

“އާލް ވާރެޔާ ތެމޭހިތްވަނީ. އެހެންޏާ ވާރޭވެހެންޏާ އާލް ފްރެންޑުންނާއެކު ދަން ބައިކް ރައިޑަށް. ކަޑަކަމަކީ މިފަހަރު އެންމެންހެން ޗުއްޓީވީމަ ފުރައިގެން ދިޔައީމަ. އާލް މިއޮންނަން ޖެހެނީ ގޭގައި.” ބޭރަށް ނަޒަރުހުއްޓާލައިގެން ހުރެ އާހިލް ވާހަކަދެއްކިއެވެ. ޒައިކްގެ މޫނުމައްޗަށް ރީތި ހިނިތުންވުމެއް ވެރިވީ ބައިކް ރައިޑަށް ދިޔުމަކީ އޭނާވެސް ކޮށްއުޅުނު ކަމަކަށް ވާތީއެވެ.

“އާލް ތިހާ ދާހިތްވަންޏާ ހިނގާ ތިއްތިބެއާއިއެކު ހިނގާލަން. ނިކުމެލާހިތްވެފަ ތިއްތިބެވެސް މިހުރީ.” ޒައިކް ބުނެލުމުން އާހިލް އުފާވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މޫނު ބަނަވީ ހިތަށްވެރިވީ އެއްޗަކުންނެވެ.

“ކިހިނެތްވީ.؟” އާހިލްގެ މޫނުމައްޗަށް އައިބަދަލު ފެނިފައި ޒައިކްއަށް އަހާލެވުނެވެ.

“އަހަރެމެން ދިޔައީމަ އަމްކޮ ހުންނާނީ އެކަނި. އޭރުން މަންމަ އެހާ ހިތްހަމައެއް ނުޖެހޭނެ. މިހިސާބުގަނޑުގައި ފާޑުފާޑުގެ މީހުން އުޅޭނެ.” އާހިލް އޭނާ ހިތްހަމަނުޖެހުނު ސަބަބު ބުނެދިނެވެ. ޒައިކްއަށް އަނެއްކާވެސް ހެވުނީއެވެ. ޅަކުދިންގެ ވިސްނުން ހުންނަ ގޮތެވެ. ދެވަނަ ސިކުންތުގައި އަމިއްލަ ނަފްސަށް މަލާމާތްކުރެވުނީ އޭނާވެސް އުމުރުން ވިހިއަހަރު މިފުރުނީ އެދުވަސްތައް ދެކެފައިކަން ވިސްނުމުންނެވެ.

“އާލްވެސް ދޯ. ތިއީ ފިރިހެންކުއްޖެކޭ. ތިންކް ވައިޒްލީ. އަމްކޮވެސް ގޮވައިގެން ދިޔައީމަ ތިމައްސަލަ ހައްލުވީއެއްނު. އެހެންނޫނީ އަހަރެމެން ދަމުން އާލްގެ މަންމައާއި އަމްކޮ ހަވާލުކޮށްފައިވެސް ދެވިދާނެއެއްނު.” އާހިލްގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ޒައިކް ބުންޏެވެ. ވަގުތުން އާހިލްގެ މޫނުމައްޗައް އަނެއްކާވެސް އުފާވެރިކަން ވެރިވެއްޖެއެވެ.

އަމްނާ ހުރީކީ ސަކަރާތްޖަހާކަހަލަ މޫޑެއްގައެެއް ނޫނެވެ. އެހެންކަމުން ކަައިރި ހިސާބެއްގައިހުރި ފަރީޝާމެން ހިންގާ ފިހާރައަށް އަމްނާލާފައި އާހިލްއާއި ޒައިކްއާއި ދެމީހުން ހިނގަން ދިޔައެވެ. މަގުތައްމަތި ފަޅުވެފައިވުމުން އެމީހުންނަށް މަގުމަތި އޮތީ ހިތަކަށް ލިބިފައެވެ. ބޭނުންވަރަކަށް ސަކަރާތްގަންނަން އުޅުނެވެ. އެވަގުތުތައް ފޮޓޯގެ ސިފައިގައި ޒައިކްގެ ފޯނުގައި ރައްކާކުރެވެމުން ދިޔައެވެ. އެންމެފަހުން ވަރުބަލިވުމުން އެކުދިން ގޮސްވަނީ އެހިސާބުގައިވާ ގަސްޕާކަކަށެވެ. އެތާ ބެންޗުގައިތިބެވެސް އެމީހުން ފޮޓޯނެގިއެވެ. ޒައިކްހުރީ އުފާވެފައެވެ. ރަށަށްއައިސް ފުރަތަމަ ހޭދަކުރެވުނު ދުވަހޭކިޔާ ސޯޝަލްމީޑިއާގައި ޝެއާކުރާނެ ފޮޓޯތަކެއްވެސް ލިބުނީއެވެ. މާލޭގެ އެކުވެރިންގާތު ފޮނިކަނޑާލަން ވާނެއެވެ.

ހަޔެއްޖަހަން ގާތްވުމުން ދެމީހުން ގެޔަށްދާން ހިނގަތެވެ. ގެޔަށްދެވުނުއިރު ފަރީޝާވެސް ގެޔަށްއަތުވެއްޖެއެވެ. ކޮޓަރިއަށްވަނދެ ތެތްހެދުން ބަދަލުކުރުމަށްފަހު ލީކަޅުކުލައިގެ ޓީޝާޓާއި ޖީންސްގެމަތިން އަތްދިގު ސްވެޓަރފާޑުގެ ޖެކެޓެެއްލުމަށްފަހު ޒައިކް ނިކުތީ ހޫނުކޮފީއެއް ބޯލުމުގެ ނިޔަތުގައެވެ. ހީކަރުވައިގެންފައިވާތީއެވެ. އޭނާ ކާގެެއަށް ވަތްއިރު އާހިލްއާއި އަމްނާވެސް ސައިބޯންތިއްބެވެ. އެކުދިންނަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ޒައިކްވެސް މޭޒުދޮށުގައި އިށީނެވެ.

“ދައްތާ. ކޮފީއެއް ހަދާލަދީބަލަ.” ޒައިކް އެދުނެވެ. އޭރު ފަރީޝާ އައިސް ކާގެއަށް ވަންނަނީއެވެ. ހިތްހެޔޮ ހިނިތުންވުމަކާއެކު ފަރީޝާ ކޮފީ ޒައިކްއަށް ގެނެސްދިނެވެ.

“އަމް. އާލް. މަންމައަށް މިރޭވެސް ހުރެވޭކަށް ނެތް. އާޔޫދައްތަ އަންނާނެ މިރޭވެސް. ދެކުދިން އާޔޫދައްތަގެ ބަސްއަހާތި. ނައިން ވީމަ ނިދަން އޮށޯންނާތި.” އާހިލްއާއި އަމްނާގެ ބޮލުގައި ފިރުމާލަމުން ފަރީޝާ އޭނާއަށް ހުރެވެން ނެތްވާހަކަ ބުންޏެވެ. ދެކުދިންވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ފަރީޝާ ދެން ބަލާލީ ޒައިކްއަށެވެ.

“ޒީ. ބަނޑުހައިވެއްޖިއްޔާ އާޔޫ ގާތު ބުނާތި އިނގޭ. އޭނާ ކާން ހަދައިދޭނެ.” ފަރީޝާ ޒައިކްއަށް ބުނެލިއެވެ. ޒައިކްވެސް ބޯޖަހާލީއެވެ.

“އާޔޫއަކީ ކާކުތަ؟” ނިކުމެގެން ދަމުން ޒައިކް އާހިލްގާތު އަހާލިއެވެ.

“މައި ބޭބީސިޓަރ.” ލާނެތް ހިނިތުންވުމަކާއެކު އާހިލް ބުނެލިއެވެ. ބަންގިގޮވުމުން ޒައިކް އާހިލްގޮވައިގެން ދިޔައީ މިސްކިތަށެވެ. ނަސީބަކުން ކަނިޖެހުން ފިޔަވާ ވާރޭގެ އަސަރެއް ނެތެވެ.

ޒައިކް ގެއަށް ދިޔައީ އިޝާނަމާދުވެސް ކޮށްލައިގެނެވެ. އޭނާ ކޮޓަރިއަށް ވަތްގޮތަށް އޮށޯތީ ފޯނުހިފައިގެންނެވެ. މިއަދުނެގި ފޮޓޯތައް ބަލަމުންދިޔައިރު އެހަނދާންތައް އާވުމުން ތުންފަތްމަތީ ރީތި ހިނިތުންވުމެއް ދުވެލަދުވެލާ ހުއްޓެވެ. ފޮޓޯތައް ބަލަމުން ރީތިފޮޓޯތައް ފޭވަރިޓްސްއަށްލަމުންދިޔަ ޒައިކް ހައިރާންވީ އެއްފޮޓޯ ފެނިފައެވެ. އޭނާއަށް އެފޮޓޯއަށް ބަލަހައްޓައިގެން ހުރެވުނީ އެހެންވާންވީ ސަބަބެއް ނުވިސްނުމުންނެވެ.

އެއީ އާހިލް ނަގާފައިވާ ފޮޓޯއެކެވެ. ޒައިކް ވާރޭތިކިތަކަށް އަތްދިއްކޮށްލައިގެން ހުރި މަންޒަރެވެ. އޭނާ ހައިރާންވީކީ އެފޮޓޯ ނެގިފައި ހުރިލެއް މޮޅުކަމަކުންނެއް ނޫނެވެ. އޭނާ ހައިރާންވީ ފޮޓޯގެ ކަނަކަށް އަރާފައި އިން ކުއްޖަކު ފެނިފައެވެ. އޭނަހުރީ އިސްޖަހާލައިގެންނެވެ. ކަޅުކުލައިގެ ފަން އިސްތަށިގަނޑު އޮތީ މޫނަށް ފައިބާފައެވެ. ލައިގެންހުރި މަތިކޮޅާއި ޖީންސް އޮތީ ތެމިގެން ގަޔާތަތްވެފައެވެ. ހަށިގަނޑުން ޒަޚަމްތަކެއް ފެންނާންހުއްޓެވެ. ދޮން ރީތިކުއްޖެއްކަން މޫނު ނުފެނުނަސް ހަށިގަނޑުން އަންގައިދެއެވެ.

ޒައިކްއަށް އެކުއްޖާއަށް ބަލަން ހުރެވުނެވެ. އެމީހުން ދިޔަ މަގުމަތީ އޭނާ އެއްވެސް މީހަކު ނުދެކެއެވެ. ސަކަރާތްގަނޑު ގަދަވީމާ ލޮލުގައި އަޅައިނުގަތީކަން ނޭނގެއެވެ. އެކުއްޖާ ފެނުމުން ޒައިކްގެ ހިތަށް އުނދަގޫވިއެވެ. އެކުއްޖާއަށް އެހީތެރިކަމެއް ބޭނުންވާކަން އިހުސާސް ކުރެވި އެކުއްޖާއަށް އެހީވާން ބޭނުންވިއެވެ.

ޒައިކްވެސް ޚުދު އޭނާގެ އިހުސާސްތަކާމެދު ހައިރާންވިއެވެ. އޭނާއަކީ ދުވަހަކުވެސް ކިތަންމެ ހާލެއްގައި މީހަކުވިޔަސް ހަމްދަރުދީވާ މީހެއް ނޫނެވެ. ނަމަވެސް އޭނާއަށް އަމިއްލަ ނަފްސު އޮޅުނުފަދައެވެ.

“ޒައިކް ޒަހީންތަ؟ ނުވަތަ ޒައިކް އަހުމަދުތަ؟” ޒައިކްއަށް ކިޔާލެވުމާއެކު ދެން ހިމޭންވެފައިއޮތް ކޮޓަރިތެރޭ ގުގުމާލީ ޒައިކްގެ ރީތި ހުނުމުގެ އަޑެވެ.

ޒައިކް އާހިލްގާތު އެފޮޓޯއާއިމެދު ސުވާލުކުރުމުން އެމޫނުމަތިން ފާޅުވީ ބިރުވެރިކަމުން އެކަނިވެސް އޭނާއަށް އެއީ ކާކުކަން އެނގޭކަން ހާމަވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ހަމަޖެހިލަމުން ނޭނގޭކަމަށް ބުންޏެވެ. ޒައިކްއަށް އިތުރަށް އަހާލަން ނުކެރުނަސް އޭނާގެ އަޒުމުގައި އެކުއްޖަކު ހޯދާ އެހީވުން ވިިއެވެ.

Share Article

Follow Me Written By

Ayyrie

Level 110 Stories

Other Articles

Previous

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި….1 ވަނަބައި

Next

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 14

Next
December 3, 2018

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 14

Previews
December 3, 2018

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި….1 ވަނަބައި

2 Comments!

  1. thaara says:
    December 4, 2018 at 7:20 pm

    hey uhmeedhukuran mi story reethivrnekamah…………………….inshaa allah

  2. Lover says:
    January 8, 2019 at 11:41 am

    Wow. Ekam kuri vaahaka nunimenis thi feshi. Hope two will up soon

Comments are closed.



All Right Reserved!