ހަނާގެ އުމުރުން އެންމެ 15 އަހަރެވެ. ސާނަވީ ތައުލީމު ހާސިލް ކުރަމުން ދާއިރު، ހަނާ ކިޔަވަމުން ދިޔައީ ގްރޭޑް 10 އެއްގައެވެ. ހަނާއަކީ ކިޔެވުމުގައި މޮޅު، އަދި ތޫނުފިލި ކުއްޖެކެވެ. ދުވަހަކީ އާދާގެ މަތިން ރަސްމީ ކިޔެވުން އޮތް ދުވަހެކެވެ. ސްކޫލް ނިންމާލުމަށް ފަހު ގެޔަށް އައިރު ގޭތެރެ ވަނީ އާދަޔާ ޙިލާފަށް ހަލަބޮލިވެފައެވެ. މީހުން ގިނަވެ ތޮއްޖެހިފައެވެ. ހަލަބޮލި މާހައުލުގައި އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ. ހަނާވެސް ބަލަން ނުހުރެ ވެގެން އުޅޭގޮތް ބެލުމަށްތަކައި އެތެރެއަށް ވަނެމެވެ. ހަނާ ހުރީ ވަރަށް ހާސް ވެފައެވެ. އެންމެންގެ މިސްރާބް މަންމަގެ ކޮޓަރިއަށް ހުރުމުން އިތުރަށް ހާސްވާ ގޮތް ވިއެވެ. ހަނާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަނގަމަތީ އަތްއެލުނީ ބޭއިޙްތިޔާރުގައެވެ. އަހަންނަށް މި ފެންނަނީ ހުވަފެނެއް ބާވައޭ ހިތާހިތުން ސުވާލު ކޮއްލެވުނެވެ. ހުވަފެނެއްނަމަ ކިހާ ރަނގަޅު ބާއެވެ. މީހަކު ކޮނޑުގައި ހިއްވަރުދިނުމުގެ ގޮތުން އަތް ބާވާލިހެން ހީވެގެން ބަލާލެވުނެވެ. އެވަގުތު މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. ހިތުގެ ވިންދުވެސް ހުއްޓުނު ކަހަލައެވެ. އެމީހާ ކުޑަކޮށް ހަނާ ތަޅުވާލިއެވެ. ވެގެން އުޅޭގޮތް ރޭކާލީ ދެނެވެ. އުދުއްސާގަންނާނެ ގަލެއް ނޭނގިފަ ހުރިހެން މުޅި މީހާގެ ހަތަރެސްފައި ގަނދުވެ، ކަރުތެރޭ އަޑުބެދޭގޮތްވިއެވެ. އިސާހިތަކު ދެލޯ ފުސްވެ ކަރުނަތައް ދޮން ކޯތާފަތު މައްޗައް ބޮސްދެމުން ފައިބާ ގަތެވެ. އިރުކޮޅަކުން ގައިން ވާގިގޮސް ހަބަރު ހުސްވާ ގޮތް ވިއެވެ. ހަނާއަށް ހޭވެރިކަމެއް ވީއިރު އޮވެވުނީ ހޮސްޕިޓަލްގައެވެ. ބައްޕަ ގާތުގައި އިންއިރު ބައްޕަގެ މޫނު ވަނީ އެއްކޮށް މިލާފައެވެ. “މަންމާ” އޭ ކިޔާ ހަނާ އަށް ރޮއިގަނެވުނެވެ. ހަނާއަށް ވިސްނާދޭން ހަމީދު މަސައްކަތް ކުރުމުންވެސް އެކަން ވީ ބޭކާރެވެ. ހިނެއުމާއި ކަފުންކުރުމުގެ މަސައްކަތް ނިމުމާއެކު އާއިލާ މީހުންނާއި ގާތް ތިމާގެ ރަހްމަތްތެރިން މޫނު ބަލާން ޒިޔާރާތް ކުރިއެވެ. ހަސްނާގެ މަރާ ގުޅިގެން އާއިލާ އެންމެން ހިތާމާގެ ކަނޑެއް ކަޑައްތު ކުރީރު އެންމެ އަސަރު ކުރީ ހަސްނާގެ ހަގައް ހުރި ދަރި، ހަނާއަށެވެ. ހަނާއަށް ހަމަ އަކަށް އެޅެން ދުވަސްކޮޅެއް ނެގިއެވެ. ނަމަވެސް މަންމަ މަތިން ހަދާންވާ ކޮންމެ ފަހަރަކު ހަނާގެ ދޮން ކޯތާފަތް ތެންމާލައެވެ. ހަސްނާގެ މަރާ ގުޅިގެން ހަނާގެ ދިރިއުޅުމަށް ވަރަށް ގިނަ ގުނަ […]
ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު ވަނީ ބޯ ވިލާތަކުން ފޮރުވިފައެވެ. ވެހެމުން ދިޔަ ވާރޭ ތިކިތައް ދަނީ މިއުޒިކެއް ފަދައިން ބިމުގައި ބޮސްދެމުންނެވެ. ހިއްގައިމު ފިނި ރޯޅިތަކުން ފަޒާއަށް ވަނީ ދުންފިނީގެ އަސަރު ފޯރާފައެވެ. މެންދަމުން އަލިވެ 2 ޖެހީރުވެސް ވެހެމުން އައި ވާރެއަކަށް ބަދަލެއް ނާދެއެވެ. މިހިއްގައިމު ރޭގެ ނިދިން މަޙްރޫމް ވެފާއި އޮތް ހަނާއަށް އޮވެވުނީ ބޮޑު އުދާހެއްގެ ތެރޭގައެވެ. ލޮލުގައި ނިދީގެ އަސަރެއް ނެތް ހިނދު އޮހެމުން ދިޔަ ކަރުނަތަކަކަށް ވެސް ބަދަލެއް ނާދެއެވެ. ކަރުނައިގެ ފުސްކަމުގެ ތެރެއިން ހަނާއަށް ސިފަވަމުން ދަނީ މަޒީގެ އަނދިރި ސަފްޙާ ތަކެވެ……………