Skip to content
އެސްފިޔަ

ކަރުނައިން ލޯފޭދިފައި 2

ހަނާގެ އުމުރުން އެންމެ 15 އަހަރެވެ. ސާނަވީ ތައުލީމު ހާސިލް ކުރަމުން ދާއިރު، ހަނާ ކިޔަވަމުން ދިޔައީ ގްރޭޑް 10 އެއްގައެވެ.  ހަނާއަކީ ކިޔެވުމުގައި މޮޅު، އަދި ތޫނުފިލި ކުއްޖެކެވެ. ދުވަހަކީ އާދާގެ މަތިން ރަސްމީ ކިޔެވުން އޮތް ދުވަހެކެވެ.  ސްކޫލް ނިންމާލުމަށް ފަހު ގެޔަށް އައިރު ގޭތެރެ ވަނީ އާދަޔާ ޙިލާފަށް ހަލަބޮލިވެފައެވެ. މީހުން ގިނަވެ ތޮއްޖެހިފައެވެ. ހަލަބޮލި  މާހައުލުގައި އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ. ހަނާވެސް ބަލަން ނުހުރެ ވެގެން އުޅޭގޮތް ބެލުމަށްތަކައި އެތެރެއަށް  ވަނެމެވެ. ހަނާ ހުރީ ވަރަށް ހާސް ވެފައެވެ. އެންމެންގެ މިސްރާބް މަންމަގެ ކޮޓަރިއަށް ހުރުމުން އިތުރަށް ހާސްވާ ގޮތް ވިއެވެ.

ހަނާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަނގަމަތީ އަތްއެލުނީ ބޭއިޙްތިޔާރުގައެވެ. އަހަންނަށް މި ފެންނަނީ ހުވަފެނެއް ބާވައޭ ހިތާހިތުން ސުވާލު ކޮއްލެވުނެވެ. ހުވަފެނެއްނަމަ ކިހާ ރަނގަޅު ބާއެވެ. މީހަކު ކޮނޑުގައި  ހިއްވަރުދިނުމުގެ ގޮތުން އަތް ބާވާލިހެން  ހީވެގެން ބަލާލެވުނެވެ. އެވަގުތު މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. ހިތުގެ ވިންދުވެސް ހުއްޓުނު ކަހަލައެވެ. އެމީހާ ކުޑަކޮށް ހަނާ ތަޅުވާލިއެވެ. ވެގެން އުޅޭގޮތް ރޭކާލީ ދެނެވެ. އުދުއްސާގަންނާނެ ގަލެއް ނޭނގިފަ ހުރިހެން މުޅި މީހާގެ ހަތަރެސްފައި ގަނދުވެ، ކަރުތެރޭ އަޑުބެދޭގޮތްވިއެވެ. އިސާހިތަކު ދެލޯ ފުސްވެ ކަރުނަތައް  ދޮން ކޯތާފަތު މައްޗައް ބޮސްދެމުން ފައިބާ ގަތެވެ. އިރުކޮޅަކުން ގައިން ވާގިގޮސް ހަބަރު ހުސްވާ ގޮތް ވިއެވެ.

ހަނާއަށް ހޭވެރިކަމެއް ވީއިރު އޮވެވުނީ ހޮސްޕިޓަލްގައެވެ. ބައްޕަ ގާތުގައި އިންއިރު ބައްޕަގެ މޫނު ވަނީ އެއްކޮށް މިލާފައެވެ. “މަންމާ” އޭ ކިޔާ ހަނާ އަށް ރޮއިގަނެވުނެވެ. ހަނާއަށް ވިސްނާދޭން ހަމީދު މަސައްކަތް ކުރުމުންވެސް އެކަން ވީ ބޭކާރެވެ.

ހިނެއުމާއި ކަފުންކުރުމުގެ މަސައްކަތް ނިމުމާއެކު އާއިލާ މީހުންނާއި ގާތް ތިމާގެ ރަހްމަތްތެރިން  މޫނު ބަލާން ޒިޔާރާތް ކުރިއެވެ.  ހަސްނާގެ  މަރާ ގުޅިގެން އާއިލާ އެންމެން ހިތާމާގެ ކަނޑެއް ކަޑައްތު ކުރީރު އެންމެ އަސަރު ކުރީ ހަސްނާގެ ހަގައް  ހުރި ދަރި، ހަނާއަށެވެ.

ހަނާއަށް ހަމަ އަކަށް އެޅެން ދުވަސްކޮޅެއް ނެގިއެވެ. ނަމަވެސް މަންމަ މަތިން ހަދާންވާ  ކޮންމެ ފަހަރަކު ހަނާގެ ދޮން ކޯތާފަތް ތެންމާލައެވެ. ހަސްނާގެ މަރާ ގުޅިގެން ހަނާގެ ދިރިއުޅުމަށް ވަރަށް ގިނަ ގުނަ އިންގިލާބު ތަކެއް އަތުވެއްޖެެއެވެ. ގޭތެރޭގެ ޒިންމާތައް އަމިއްލައަށް ފެނިގެން ނަގަންފެށިއެވެ.  މުޅި އާއިލާ އަށް ލިބުނު ބަނަކަމުގެ ތެރެއިން ގޭގެ ރޫޙު ގެއްލި ހަރީފު މޫސުމް  އާއިލާއަށް އިހްސާސްކުރެވެމުންދިޔައެވެ.

ހަަނާ އަށް ހޭވެރިކަމެއްވީ ބައްޕަ ދޮރުގައި ޓަކިދޭ އަޑަށެވެ. މޫނު ދޮވޭލާގެން ގޮސް ދޮރު ހުޅުވީއިރު  ދޮރުމަތީ ހުރި……………………ފެނިފައި ހަނާގެ ހިތުގައި ވަހުމް ތަކެއް އުފެދުނެވެ އަދި ހިތުގައި ނަފްރަރުގެ ހުޅުކޮލު ދިއްލެމުން ދިޔައެވެ…………………………..

to be continue in part 3

 

Comments (11)

  1. Anonymous

    reethi mi part ves … ekamu thankolhe kuree

  2. ?nan?

    Thankoleh tha kuree?.. mi ahvure dhigukoh genesdheeba dhww eyrun thaa meehun kiyaa hie ves vaaney?..
    n liyumuge mistakes ves eba huri plxx correct those?… over roll koh buneveynee dhn okkey ey?

    1. Hussaian Arubaan Fawwaz
      ?nan?

      yes

    2. Hussaian Arubaan Fawwaz
      ?nan?

      thx for the feedback. I will try my best.

  3. xim

    Vvv reethi … Thankolheh kurii….bt v reethi….waiting for next…….

  4. Kola

    V v reethi but thankolheh kury next part reethi vefai dhigu vaane kamah ummydhu kuran?

    1. Hussaian Arubaan Fawwaz
      Kola

      Insha allah

  5. Rimko

    Salhi???????????

    1. Hussaian Arubaan Fawwaz
      Rimko

      thx

  6. Rose

    V reeethi.. dhen oiyy part dhiguvaaane kamah heeekuran..

  7. Chawder

    When next part

Comments are closed.