ކޮންމެ އިންސާނަކީވެސް މިދުނިޔެމަތީގައި ކުށްކުރެވޭނެ އިންސާނެކެވެ. އަހަރެންއަށް ވެސް ކުށްކުރެވެއެވެ. ނަމަވެސް އަހަރެންނަށް ކުރެވުނީ ކޮން ކުށެއްބާއޭ އަހަރެންގެ ހިތަށް އަރައެވެ. އަހަރެންދެކެ ލޯބިނުވާ މީހަކަށްޓަކައި އިންތިޒާރުކުރެވުން ހެއްޔެވެ. ނޫނީ މާ ބޮޑަށް ލޯބިވެވުން ހެއްޔެވެ. އާއެކެވެ. ލޯބިވުމަކީ ކުށަކަށް ވާނަމަ މިއަދު އަހަރެންނަށް އެކުށް ކުރެވިއްޖެއެވެ. ނަމަވެސް އަހަރެން އިޔާން ދެކެވީ ސާފުތެދުވެރި ލޯތްބެވެ. އިޔާން އަހަރެންގެ ހަޔާތަށް އައީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭރު އަހަރެންނަކީ ދާނެ މިސްރާބެއް މަންޒިލެއް ނެތް އެކަނިވެރިއެކެވެ. […]