ވިސްނާ ވިސްނާވެސް އަހަންނަށް ކުރެވުނީ ކޮންކަމެއް ކަމެއް އަހަންނަކަށް ނޭނގުނެވެ. އަހަރެންގެ ސިކުނޑިއަށް އެއްވެސް ބާވަތެއްގެ ވިސްނުމެއް ނުވަނެވެ. ލޯމައްޗަށް ސިފަވެގެން ދިޔައީ މީގެ އަހަރުތަކެއް ކުރިން ވީ ކަންކަމެވެ. ރަށުގައި ދުވެ ކުޅެ ސަކަރާތްޖަހައި އުޅުނު ދުވަސްތަކަށް ނިމުން އައީ، ގުރޭޑް 7 ނިމުމުންނެވެ. އިތުރަށް ތައުލީމު ހާސިލްކުރުމަށް މަންމައާއި ބައްޕަ، އަހަރެން މާލެ ފޮނުވުމުންނެވެ. މާލެ ދެވޭތީ އަހަރެން ވަރަށް އުފާވިއެވެ. ހިތުގައި ކަނޑައެޅެމުން ދިޔައީ، މަންމަމެން އުފާކޮށްދިނުމުގެ ވަރުގަދަ އަޒުމެވެ. ނަމަވެސް، މާލޭގެ […]
ރަށުގެ ހިމުން ދޮންވެލިގަނޑުގައި ފައިތިލަ ބީއްސައިލެވުމުން, ހިތަށް ކުރެވުނީ އާދަޔާހިލާފު އިހުސާސެކެވެ. އަށް އަހަރު ފަަހުން, ރަށަށް އާދެވުމުން ފެނުނީ އާ ރަށެކެވެ. ނުދަންނަ މޫނުތަކެކެވެ. އާ ތަންތަނެވެ. ތަންތަނަށް ބަލަމުން ހިނގައިގަތީމެވެ. ހަށިގަނޑުގެ އޮޑި, މިސްރާބު ޖެހީ, ގަބުރުސްތާނާއި ދިމާއަށެވެ. އެތެރެއަށް ވަދެވުނީ, ނިދީގައި ހިނގާފައިި ދާ ގޮތަށެވެ. ކަޅި ހުއްޓައިލެވުނީ ކުރިމަތިން ފެންނަމުން ދިޔަ އެއްޗަށެވެ. ކަރުނައިން ތެމެމުން ދިޔަ ލޮލަށް ފެނުނީ، ލޯބިވާ ދައްތަގެ މަހާނަ އެވެ. ************************************** ދައްތަ […]