” މިތަނަށް އެހެން މީހުންވެސް ވަދޭ. އެކަމަކު އެއީ ކާކުތޯ މިއީ ކާކުތޯ ނުބަލަމެއްނު. ” ރީހާން އެހެން ބުނެލުމާއެކު ނާއިކް އިސްތަށިގަނޑުގައި އަތް ހާކާލުމަށްފަހު އިސްޖަހާލީ ހިނިތުންވެ ހުރެއެވެ. ******* ***** އާދުވަހަކަށް އިރު ފެނުން ތޮޅިލިއިރު ރަށުތެރޭގެ ހަލަބޮލިކަން އިތުރުވެ ކޮޅުކޮޅު މައްޗަށް މީހުން ހޭލަމޭލަވަމުން ދިޔައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އިރުއެރުމާއެކު އަޟްހާ ޢީދުގެ ފޯރި ފެށިގެން ދިޔައީއެވެ. ޢީދު ދުވަސްތައް ކުލަގަދަކޮށް ފާހަގަކޮށް އެކިއެކި ސަޤާފީ ކުޅިވަރުތައް ކުޅުމާއި އުފާފައުޅު […]
ފަތިހުގެ ހަމަހިމޭންކަން މުޅި މާހައުލަށް ވެރިވެފައިވާއިރު ހާލާއި ކޮވެލީގެ އަޑު ދޭތެރެއަކުން އިވިލައެވެ. ގަސްތަކާއި ރުއްތައް ދެއަތަށް ހެލިލާއިރު ޖެހޭ މަޑު ވައިރޯޅިތަކުން ސިކުނޑިތަކާއި ނަފްސުތަކަށް ފިނިކަން ލިބޭހާވެއެވެ. އިރު ދުނިޔެ މައްޗަށް ފައުޅުވުމުގެ ވަގުތު ކުޑަތަން ވެފައިވާކަމުގެ ހެކިތައް އުޑުމަތިން ފެނި ބިންގަނޑު އަލިވަމުން ދިޔައެވެ. ވިސްނާފިކުރު ކުރާ މީހަކަށް ޤުދުރަތުގެ އަޖާއިބުތަކާއި މެދު ފިކުރުކުރެވޭނެއެވެ. ކުޅަދުންވަންތަކަމުގެ ހެކިތަކާއި ޢަޒަލިއްޔަ ޤާނޫނުގެ ފުރިހަމަކަމެވެ. އާދުވަހަކަށް އިރުއަރައި އެއިރުއޮއްސި އެދުވަސް މާޒީއާއި އެކުވެދެއެވެ. ބައެއްގެ ހިތްތަކަށް އުފާވެރިކަމާއި […]