ޔުލާގެ ހިތުގައި އުފެދުނީ ނޭނގޭ ބިރުވެރި ކަމެކެވެ. އެންމެން އެންމެންހެން ދަންނަ މި ރަށުގައި މިފަދަ އަމަލެއް ހިންގަން ކެރުނީ ކާކަށް ބާއެވެ؟؟ ………………………………………………………………………………………………………………………………….. ކާމޭޒުމަތީ ފޯނަށް ގެއްލިފައިން ނޫހު ފޯނުން މޫނު އަނބުރައިލީ މާބާރަކަށް އޭނާގެ މަންމަ ހަޅޭއްލަވާ އަޑަށެވެ. “ނާއިލް އަހްމަދް! ހަމަމިހާރު ތެދުވޭ!! މިބުނީނު ތެދުވާށޭ! ނުކުމޭ ކޮޓަރިން..” ބާރުބާރަށް ފާތުން ނާއިލްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަމުން ދިޔައިރު ހީވަނީ ދޮރުފުނޑާލަން އުޅޭ ހެންނެވެ. “މަންމާ ކިހިނެއްވީ؟؟”މާ އަޑުގަދަ ވުމުން ހިމޭނުން […]
ހެނދުނު ހޭލައިގެން ސްކޫލަށް ދާން ތައްޔާރުވާން ހުރި ޔުލާ އަށް ބޭރުތެރޭގައި މާ އަޑުފަށްގަނޑު ގަދަވިހެން ހީވިއެވެ. އިރުކޮޅެއްނުވެ ކޮޓަރި ދޮރު ހުޅުވާލާފައި ވަނީ އޭނާގެ މަންމަ އެވެ މަންމަ ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައިވާ ގޮތަކަށެވެ. ‘ދަރިފުޅާ!! މާޖިދު ސާރ ނިޔާ ވެއްޖެ…’ ޔުލާ އަށް ހީވީ ކަރަންޓު ޝޮކެއް ޖެހުނު ހެންނެވެ. މާޖިދު ސާރ އަކީ ޔުލާމެންނަށް ގްރޭޑް އަށަކާ ހަމައަށް ހިސާބު ކިޔަވައިދިން ޓީޗަރެކެވެ. ކުދިންނާ ގުޅޭ ނުލާހިކު މަޖާ މިޖާޒެއްގެ ޓީޗަރެކެވެ. […]