ފަތިހުގެ ހަމަހިމޭންކަން މުޅި މާހައުލަށް ވެރިވެފައިވާއިރު ހާލާއި ކޮވެލީގެ އަޑު ދޭތެރެއަކުން އިވިލައެވެ. ގަސްތަކާއި ރުއްތައް ދެއަތަށް ހެލިލާއިރު ޖެހޭ މަޑު ވައިރޯޅިތަކުން ސިކުނޑިތަކާއި ނަފްސުތަކަށް ފިނިކަން ލިބޭހާވެއެވެ. އިރު ދުނިޔެ މައްޗަށް ފައުޅުވުމުގެ ވަގުތު ކުޑަތަން ވެފައިވާކަމުގެ ހެކިތައް އުޑުމަތިން ފެނި ބިންގަނޑު އަލިވަމުން ދިޔައެވެ. ވިސްނާފިކުރު ކުރާ މީހަކަށް ޤުދުރަތުގެ އަޖާއިބުތަކާއި މެދު ފިކުރުކުރެވޭނެއެވެ. ކުޅަދުންވަންތަކަމުގެ ހެކިތަކާއި ޢަޒަލިއްޔަ ޤާނޫނުގެ ފުރިހަމަކަމެވެ. އާދުވަހަކަށް އިރުއަރައި އެއިރުއޮއްސި އެދުވަސް މާޒީއާއި އެކުވެދެއެވެ. ބައެއްގެ ހިތްތަކަށް އުފާވެރިކަމާއި […]