ހަޔާތުގެ ނިމުމުގެ އަސްލަށް ބަދަލެއް ގެނެވޭނެ ހެއްޔެވެ؟ ދުނިޔެ އާއި މުޅި ކާއިނާތުގައިވާ ހުރިހާ ތަކެއްޗެއް އުފެއްދެވުމުގެ ކުރިން، ﷲ ތަޢާލާ އެންމެ ފުރަތަަމަ އުފެއްދެވި މަޚްލޫޤަކީ “އަލް ޤަލަމް” ނުވަތަ ޤަލަމެކެވެ. އަދި ޤިޔާމަތް ދުވަހާ ހަމައަށް ވާނޭހާ ކަމެއްގެ ތަފްޞީލް، “ލައުޙުލް މަޙްފޫޡު” އޭ ކިޔުނު ފޮތެއްގައި ލިޔުއްވުމަށް އެ ޤަލަމަށް އެކަލާނގެ އަމުރުކުރެއްވިއެވެ. އެއަށްފަހު، ކާއިނާތުގެ ތަޤްދީރު ފުރިހަމައަށް ލިޔެ ރައްކާކުރެވުނެވެ. ވީއިރު، ތަޤްދީރުގައިވާ ކަންކަން ދެނެގަތުމަކީ އިންސާނުން ނުކުޅެދިގެންވާ ކަމެކެވެ. އެހެންނަމަވެސް، […]