Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޒުމޫނުލޯބި

ހަޔާތުގެ ނިމުމުގެ އަސްލަށް ބަދަލެއް ގެނެވޭނެ ހެއްޔެވެ؟

Aiza Level 1
September 5, 2026 2 Mins Read
0 Comments

ހަޔާތުގެ ނިމުމުގެ އަސްލަށް ބަދަލެއް ގެނެވޭނެ ހެއްޔެވެ؟

ދުނިޔެ އާއި މުޅި ކާއިނާތުގައިވާ ހުރިހާ ތަކެއްޗެއް އުފެއްދެވުމުގެ ކުރިން، ﷲ ތަޢާލާ އެންމެ ފުރަތަަމަ އުފެއްދެވި މަޚްލޫޤަކީ “އަލް ޤަލަމް” ނުވަތަ ޤަލަމެކެވެ. އަދި ޤިޔާމަތް ދުވަހާ ހަމައަށް ވާނޭހާ ކަމެއްގެ ތަފްޞީލް، “ލައުޙުލް މަޙްފޫޡު” އޭ ކިޔުނު ފޮތެއްގައި ލިޔުއްވުމަށް އެ ޤަލަމަށް އެކަލާނގެ އަމުރުކުރެއްވިއެވެ. އެއަށްފަހު، ކާއިނާތުގެ ތަޤްދީރު ފުރިހަމައަށް ލިޔެ ރައްކާކުރެވުނެވެ. ވީއިރު، ތަޤްދީރުގައިވާ ކަންކަން ދެނެގަތުމަކީ އިންސާނުން ނުކުޅެދިގެންވާ ކަމެކެވެ. އެހެންނަމަވެސް، ނުތަނަވަސްކަމުގެ ތަންމަތީގައި އޮވެގެން ގިނަ މީހުންނަށް ފިކުރު ކުރެވެނީ މަރު އައިސް އަތުގައި ހިފާނެ ދުވަހަކާ މެދުގައެވެ. ޤަބޫލުކުރެވެނީ ބަރުދާސްތު ކުރަންޖެހިފައިވާ ވޭނުގެ ހައްލަކީ މަރު ކަމަށެވެ. ފަހަރެއްގައި ވެސް ތިމާގެ ރައްބާ ބައްދަލު ކުރަން ތައްޔާރުތޯ ހިތާއި ހިތުން ސުވާލު ކޮށްލުމެއް ނެތިއެވެ. މިއީ މިއަދު އެތައް މުސްލިމު މުޖުތަމަޢެއްގައި އާންމު ވެފައިވާ ކުށްހީއެކެވެ. ޚާއްޞަކޮށް ފުރާވަރު އުމުރުގެ ކުދީން މިފަދަ ޤަބޫލުކުރުންތައް ގެންގުޅޭކަން ހިތާމަަ އާއެކު ފާހަގަކޮށްލަމެވެ. ވިމާ، މިފަދަ ޤަބޫލުކުރުން ތަކުގެ ހަޤީގަތް އޮޅުންފިލުވައިދިނުމަށް ޓަކައި ޒުވާނުންގެ ހަޔާތުގެ ސަފުހާއެއް ހިއްސާކޮށްލަމެވެ.

 

ކޮންމެ އިންސާނެއް ވެސް ބޮޑުވަމުން އަންނަ އިރު ކަޑައްތު ކުރާނެ އެންމެ އުނދަގޫ މަރުޙަލާ އަކީ ފުރާވަރު އުމުރުގެ ދުވަސްވަރެވެ. ޅަފަތުގައި މައިންބަފައިންގެ މަގަތުގައި ހޭދަކުރި ދުވަސްތަކަށް ނިމުމެއް އަންނަ ދުވަސްވަރެވެ. ބޭވަފާތެރި މިތުރުންގެ ހަޤީޤަތް ވިސްނޭ ދުވަސްވަރެވެ. އެހެންމެ، ނަފްސާނީ މައްސަލަ ތަކާއި އާއިލީ ނުފޫޒުގެ ތުރާލުގައި ބެދިފައިވާ އިރު ތަޢުލީމީ ހަޔާތުގެ ޒިންމާތައް އުފުލަންޖެހިފައިވާ ދުވަސްވަރެވެ. ބަރު ހިތަކާ އެކު ވެސް އަމިއްލަ ފައި މައްޗަށް ތެދުވެ ދިރިއުޅުން ކޮޅުންޖަހުމަށް މަޖުބޫރުވެފައިވާ ދުވަސްވަރެވެ. އެކަނިވެރި ކަމުގެ ކަނޑުގައި ގެނބެމުން ދާއިރު ސަލާމަތުގެ އަތެއް ދިއްކޮށްލާނެ މަދަދުވެރިޔަކު ނެތް މިފަދަ ދުވަސްވަރަކާ ކުރިމަތިލާން ޖެހުމުން ގިނަ ޒުވާނުން ދިރިއުޅުން މަތިން ފޫހިވާ ގޮތްވެއެވެ. ކަންކަން ކުރުމަށް އޮންނަ ޝައުގުވެރިކަން ގެއްލި އަމިއްލަ ނަފްސު އެކަހެރި ކުރުމަށް ބޭނުންވެއެވެ. އެތައް ރެއެއްގެ ނިދިން މަހްރޫމް ކުރުވާ ފިކުރުތަކާއި ދުރުވުމަށް ނުހަނު ދަތިވެވެ. ތިމާ ކުރާ ކަންކަމުން އަހެން މީހުންނަށް ތަކުލީފު ލިބޭ ކަމަށް ހިތް ބުނަމުން ދެޔެވެ. މިފަދަ ފިކުރުތައް ގިނަ ޒުވާނުން ގުޅުވަނީ މަރާއެވެ. ދުނިޔެ އިން ވަކިވުމުން ތިމާގެ ފަރާތުން އެހެންމީހުންނަށް ގެއްލުމެއް ނުލިބޭނެ ކަމަށް ދެކިގެންނެވެ. ދަތި އުނދަގޫތަކާއި ކުރިމަތިލާން ނުޖެހޭނެކަމަށް އުއްމީދު ކޮށްގެންނެވެ. ނަމަވެސް، ހަޤީޤަތަކީ އަމިއްލަ އަށް މަރުވުމުގެ ގެއްލުން ވަގުތީ މުސީބާތްތަކަށް ވުރެ މާބޮޑަކަމެވެ. އެހެނީ، އެއީ ބޮޑުވެގެންވާ ފާފައެކެވެ. ސަބަބަކީ ފުރާނަ އަކީ މާތް ﷲ ގެ ހައްޤެއް ކަމަށް ވީތީއެވެ. ދުނިޔަވީ ދަތި އުނދަގޫ ތަކުގެ ސަބަބުން ފުރާނައަށް ގެއްލުން ދިނުމަކީ ﷲ ތަޢާލާގެ އޯގާވަންތަ ކަމަށް އިންކާރު ކުރުމެވެ. އަދި އެއްވެސް އިންސާނަކަށް ނޫފުލެވޭނޭ ވަރުގެ ބުރައެއް އެކަނލާގެ ނުޖައްސާވާނެއެވެ.

ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ހިކުމަތުގެ ބުއްދިން ވިސްނުމަކީ ނުހަނު މުހިންމުކަމެކެވެ. ދުނިޔެ އަކީ އުޚުރަވީ ޙަޔާތައް ތައްޔާރު ވުމަށް ލިބޭ ވަގުތީ ތަނެއް ކަމަށް ދެކިގެން އަޅުކަން ކުރުމުގައި ވަގުތު ހޭދަކުރުމުން ގޯސް ހިޔާލުތަކާއި ދުރުހެލިވެވޭނެއެވެ. ހަމައެހެންމެ، ދިރިއުޅުމުގައި ދިމާވާ ކޮންމެ މީހަކީ މުހިންމު ފިލާވަޅެއް އުނގަންނައިދޭ އެދުރެއް ކަމަށް ދެކެފި ނަމަ ނަފުރަތު ކުރުމުގެ ނުބައިކަމުން ދުރުވެ ޝުކުރުވެރި ވުމަށް މަގުފަހިވާނެއެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކަކީ ފާގަތި މުސްތަޤްބަލަކަށް ތިމާ ފައްކާ ކުރުވާ ތަމްރީނެއް ކަމަށް ދެކުމުން ދަތި އުނދަގޫތަކާ ކުރިމަތިލާން ހިތްވަރު ލިބޭނެއެވެ.

 

މަތީގައި ހިއްސާ ކުރެވިފައިއެވަނީ އަދުގެ ޒުވާނުން ތަހައްމަލް ކުރަމުންދާ ކަންކަމުގެ ހަޤީޤަތާއި އެކަމުން އަރައިގަންނާނެ ގޮތްތަކެވެ.

Share Article

Follow Me Written By

Aiza

Level 1

Other Articles

Previous

ޒާޔާ-2 (ފަނަރަވަނަ ބައި)

Next

އެންމެ ފަހު ސިޓީ

Next
September 5, 2026

އެންމެ ފަހު ސިޓީ

Previews
September 5, 2026

ޒާޔާ-2 (ފަނަރަވަނަ ބައި)



All Right Reserved!