ރަށުގެ އަތިރިމަތީގައި އޮތް ބޮޑު ކުޅިއާއި ދިމާއަށް މާޝާގެ ނަޒަރު ހުއްޓާލައިގެން އިނެވެ. އެކި ފާޑުފާޑުގެ ދޫނިތައް މިނިވަންކަމާއެކު އުދުހި އުދުހިފައި އުޅެމުން ދެއެވެ. އެހިނދު މާޝާގެ ހިތަށް އަރަމުން ފައިބަމުންދިޔައީ އެ ދޫނިތައް ފަދައިން އޭނާއަށްވެސް މިނިވަންކަމާއެކު ކުރިން އުޅުނުހެން އަދި އުޅުވޭނެތޯއެވެ. ނޫޅެވެންވީ ކީއްވެ ހެއްޔެވެ؟ އޭނާގެ މަންމަ ވަނީ އޭނާއަށް އުމުރުން އެންމެ 15 އަހަރު ގައި ކެންސަރާއި ހަނގުރާމަކުރަމުން ދިޔުމުގެ ތެރޭގައި ނިޔާވެފައެވެ. ބައްޕަ ވެސް ވަނީ މަސްތުވާތަކެތީގެ އަވާގައި ޖެހި […]