އެއީ މީގެ އަހަރެއްހާ ދުވަސް ކުރިއެވެ.ތަޢުލީމު ޙާސިލްކުރަމުންދާ ފަހު އަހަރުކަމުން ކިޔެވުމައިގެން އުޅުނު ދުވަސްވަރެވެ.އާދައިގެ އުފާވެރި، މަޖާ ދިރިއުޅުމެއް އުޅެމުން ދިޔައީމެވެ.ނަމަވެސް އަހަރެންގެ މި އުފާވެރި ހަޔާތަށް ބިރުވެރިކަމާއި ހިތާމައިގެ އޮއިވަރު ދެމިލާން މާކަށް ގިނައިރެއް ނުވިއެވެ.އަހަރެންގެ މުޅި ދިރިއުޅުން އެފުއް މިފުށަށް ޖަހާލީ ލޯބިވާ މަންމަ މި ދުނިޔެއާ އަލްވަދާއުކީ ހިސާބުންނެވެ.މަންމަ ކެންސަރުގެ ބައްޔާ ހަނގުރާމަކުރަމުން ދާތާ އެތަކެއް ދުވަހެއް ވީފަހުން، ޑޮކްޓަރުން އުންމީދު ކަނޑާލީއެވެ. އޭރު އަހަރެންގެ އުމުރުން 15 އަަހަރެވެ.އާއިލާގައި ތިމާގެ މީހަކު ނެތުމާއެކު، އަަހަންނަކީ […]