Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެން

ދޮންމަންމަ!

EEKKO Level 1
December 27, 2025 5 Mins Read
2 Comments

އެއީ މީގެ އަހަރެއްހާ ދުވަސް ކުރިއެވެ.ތަޢުލީމު ޙާސިލްކުރަމުންދާ ފަހު އަހަރުކަމުން ކިޔެވުމައިގެން އުޅުނު ދުވަސްވަރެވެ.އާދައިގެ އުފާވެރި، މަޖާ ދިރިއުޅުމެއް އުޅެމުން ދިޔައީމެވެ.ނަމަވެސް އަހަރެންގެ މި އުފާވެރި ހަޔާތަށް ބިރުވެރިކަމާއި ހިތާމައިގެ އޮއިވަރު ދެމިލާން މާކަށް ގިނައިރެއް ނުވިއެވެ.އަހަރެންގެ މުޅި ދިރިއުޅުން އެފުއް މިފުށަށް ޖަހާލީ ލޯބިވާ މަންމަ މި ދުނިޔެއާ އަލްވަދާއުކީ ހިސާބުންނެވެ.މަންމަ ކެންސަރުގެ ބައްޔާ ހަނގުރާމަކުރަމުން ދާތާ އެތަކެއް ދުވަހެއް ވީފަހުން، ޑޮކްޓަރުން އުންމީދު ކަނޑާލީއެވެ. އޭރު އަހަރެންގެ އުމުރުން 15 އަަހަރެވެ.އާއިލާގައި ތިމާގެ މީހަކު ނެތުމާއެކު، އަަހަންނަކީ މަންމަ އާއި ބައްޕަގެ ހުރި ހަަމަ އެކަނި ދަރިއަށްވުމުން، އަހަރެން ބެލުމާއި ހަވާލުވެ ހުރީ ބައްޕަ އެކަންޏެވެ.ނަމަވެސް ބައްޕަ ދެން ކަންތައް ކުރީ އަހަރެން މުޅިން ހީކުރި ގޮތާ ޙިލާފަށެވެ.

މަންމަ ނިޔާވިތާ ބަރާބަރު 3 މަހާއި ދެތިން ހަފްތާ ވީއެވެ.އަދިވެސް ގޭތެރެއަށް ވެރިވެފައިވާ ފަޅުކަމާއި މަންމަ ކައިރީގައި އުޅޭކަމުގެ އިޙުސާސް އަަހަންނަށް ކުރެވެއެވެ.މިވީ ކުުރު މުއްދަތުގެ ތެރޭގައި ހީނުކުރާ އެތައް ކަމެއް ހިނގައިފިއެވެ.ކަމަކަށްފަހު ކަމެކެވެ.މިއާއެކީ އަހަރެންގެ އުޅުމަށްވެސް އަންނަން ފެށީ ކުއްލި ބަދަލުތަކެކެވެ.ނުކައި ހުރުމަކީ އަހަރެންގެ އާދައަކަށް ވިއެވެ. މީހުންނާ ވާހަކަ ދެއްކުމަކީ ކުރަން ޖެހިލުންވާ ކަމަކަށް ވިއެވެ. މީހުން ގިނަ ތަންތަނަކަށް ނުދަމެވެ.ސުކޫލުގައިވެސް އަހަރެން ނެގިމަޑުވެފައި ހުންނަކަން މީހުންނަށް ފާހަަގަވާން ފެށިއެވެ.މޫނުމަތީގައި ހިނިތުންވުމެއް ނެތުމުން ދިރުމެއް ނުވާކަހަލައެވެ.މުޅި މީހާ ހިކި އަނަރޫފަވެފައިވުމުން، ލޯގަނޑު ވީ އަހަރެންގެ ހަތުރަކަށެވެ. ނަމަވެސް މި ހުރިހާކަމެއް ކުރިމަތިވާން މެދުވެރިވި ސަބަބަކީ ބައްޕަ އެހެން މީހަކާ ކައިވެނިކޮށް، ގެއަށް ގެނައި ދޮންމަންމައެވެ.ގަބޫލުކުރަން ދަތި ނަމަވެސް މިއީ ޙަޤީގަތެވެ.ބައްޕަ އެހާ އަވަހަށް މީހަކާ އިންނާނެކަމަށް އަހަރެންގެ ޙިޔާލަށްވެސް ނައެވެ.އެހެންޏާ އަދި މިއުޅެނީ މަންމަ ނިޔާވިފަހުން ހަމައަކަށް ވެސް ނޭޅިގެންނެވެ.ނަމަވެސް އެހާ އަވަހަށް ބައްޕަ މީހަކާ އިނުމުން އަހަރެން މި އިންނަނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

ބައްޕަ ވަޒީފާގެ ބޭނުމެއްގައި ރަށުން ބޭރުގައި އުޅުނު ދުވަސްކޮޅެވެ.ގޭގައި އުޅެނީ އަހަންނާ ދޮންމަންމަ އެކަންޏެވެ. އާދައިގެ މަތިން ސްކޫލް ނިންމާލުމަށްފަހު ގެއަށް ދާން ހިނގައިގަތީ އެކަނިމާއެކަންޏެވެ.ޙިޔާލެއްގައިހުރެ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ދިޔައީމެވެ.މަގުމަތިން ދާހާ މީހެއްގެ ނަޒަރު ހުއްޓިފައިވަނީ އަހަންނަށްކަން އެނގިހުރެމެ އަހަރެން ދިޔައީ ކުރިއަށެވެ.އޭރުވެސް  އަހަރެންގެ މޫނުމަތީގައިވި ޖެހިލުންވުމާއި، ބިރުގަނެފައި ހުރި މިންވަރު ބަލައިލި މީހަކަށް ކަށަވަރުވާނެއެވެ.އެހާވެސް ރީތިކޮށް އަހަރެންގެ މޫނުމަތިން އެކަން ފާޅުވާން ހުއްޓެވެ.އެކަންކަމަށް ފަރުވާލެއްނެތި ހިނގަމުން ގޮސް ގެއާ އަރާ ހަމަވުމުން  ދެން ކަންތައްތައް ވާނެގޮތް އެނގިހުރެ އަހަރެން ގެއަށް ވަނީމެވެ.ހަމަ ވައިން ގޮތަށް އަހަރެންނަށް އެރުނީ ސީދާ ދޮންމަންމަގެ ކުރިމަށްޗަށެވެ.އެވަގުތު، ދަބަސް ބާއްވާފައި ބިރެއްފެނިގެން އުޅޭހެން ތެޅިގަނެފައި، ޔުނިފޯމް ބަދަލުކޮށްލަގެން އައިސް  އަހަރެން ވަނީ ބަދިގެއަށެވެ. އޭރު ދައްތަގެ މޫނުމަތިން ރުޅިވެރިކަމުގެ ކުލަވަރު ފެންނަން ހުރުމުން އަހަރެންނަށް ހިންދިރުވާލެވުނެވެ.

އަހަރެންނާއި ދޮންމަންމަ އެންމެ ފުރަތަމަ ދިމާވި ދުވަހުން ފެށިގެންވެސް އަހަރެން އޭނައާއި މުޙާތަބު ކުރަނީ ދައްތަގެ ނަމުންނެވެ. އޭނާ އެކަމާ ވަކި ފަރުވާލެއް ނުބަހަށްޓައެވެ.އާން ދެން ގެއަށް ގެންނަ ކޮންމެ މީހަކާ ދިމާލަށް މަންމަ ކިޔޭހެއްޔެވެ؟ އެހެންނޫނަސް އެނާއާ ދިމާލަށް މީހަކު މަންމާއޭ ކިޔާފަ ގޮވަން ހެޔޮނުވާނެއެވެ.ބައްޕަ، ދައްތައާއި އިންތާ މިވީ ހުރިހާ ދުވަހު އޭނާ އަހަރެން ގެންގުޅުނީ ތަޅާ މަރައިގެންނޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ.އާނއެކެވެ.އޭނާ އަހަރެން ގެންގުޅެނީ ގޭގައި ގެންގުޅޭ ނޯކަރެއް ފަދައިންނެެވެ.އަހަރެން ކިރިޔާވެސް ސްކޫލުން އަތުވެއްޖެނަމަ އަހަރެން ލައްވާ ކޮންމެވެސް ބުރަ މަސައްކަތެއް ކުރުވާނެއެވެ.އުޅޭނީ އަބަދުވެސް އަހަރެން ގެއަށް ނައިސްގެން ލަސްވެގެންނެވެ.އަނެއްކާ، އަހަރެން ލަހުން ގެއަށް އައިސްފިނަމަ ކޮންމެހެންވެސް އޭނާގެ ރުޅިގަނޑާ ކުރިމަތިލާން ޖެެހޭނެއެވެ.އަހަރެން ބަނޑުހައިވެގެން ހާންތި ވިޔަސް ދައްތަ ކޭމަ ނޫނީ ކާން ލާހިކެއް ނޫނެވެ.އަދި އެވެސް ބާކީ ހުރިއްޔާއެވެ.ދައްތަ އަބަދު މިހެން ހަދާތީ، ކައްކާ ވަގުތު ދައްތަ ފެންނަހިސާބުގަ ނެތިއްޔާ  ކައްކަމުންވެސް ކޮންމެވެސް ވަރަކަށް  އަހަރެން ކަމެވެ. އެކަން ދައްތައަށް އަދި ނޭނގޭކަން އެއީ އަހަރެންގެ ނަސީބެވެ.ފަޅައް އަރައިފިއްޔާ ދެން އެ ނިމުނީއެވެ.އަރުތެރެއަށް އެއްޗެއްލާން ލިބޭނެކަމެއްވެސް ނޭނގެއެވެ.ނަމަވެސް ދައްތަ މިހުރިހާކަމެއް ކުރާއިރުވެސް ޝަކުވާއެއް ނެތި ބުނި ކަމެއް ކޮއްދިނީމެވެ.ދައްތަ ކިތަންމެވަރަަށް އަހަންނާ ދިމާލަށް އެއްޗިހި ކިޔެއްކަމަކު، ދުވަހަކުވެސް ހަޑިކޮށް ވާހަކައެއް ނުދައްކަމެވެ.އަދި ދައްތަ ހިތްހަމަނުޖެހިއްޖިއްޔާ އެކުރާވަރު ރަނގަޅުވާނީ ނުދެއްކިއްޔާއެވެ.މިކަންކަމާހުރެ، ކުށަކީ އަހަރެންބާއޭ ހިތަށް އެރި އަދަދެއްވެސް ނޭނގެއެވެ.ދައްތަ އަހަރެންދެކެ އެހާ ރުޅި އަންނަންވީ ސަބަބެއްވެސް އަހަންނަށް އިނގުނީ ވިސްނާ ވިސްނާ ބޯ ފަޅައިގެންދާހާވަރު ވި ފަހުންނެވެ.

ބައްޕަ ދައްތައާއި ކައިވެނި ކުރީ ލޯތްބަކުން ނޫންކަން އަހަންނަށް އިނގެއެވެ. އެހެން ނޫންނަމަ ބައްޕަ އެހާ އަވަހަށް މީހަކާ ނީންނާނެތާއެވެ.ނަމަވެސް ދައްތަގެ ހިތުގާ އަހަންނާމެދު އުފެދިފައިވާ ނަފުރަތުގެ އަލިފާންގަނޑު އެހުރީ ރީތިކޮށް ފާޅުވާށެވެ. އަހަންނަށް އެތައް ދުވަހަކު ވިސްނުމަށްފަހު އިނގުނީ، ދައްތަ އަހަރެން ދެކެ އެހާ ރުޅިއަންނަނީ ބައްޕަ އަހަރެންނަށް މާ ބޮޑަށް އަޅާލާފަ ދައްތަ އަށް އަޅާނުލާތީ ކަމެވެ.އަދި ބައްޕަ ނެތް ދުވަހަކުން އަހަރެންނަށް ބައްޕަގެ ހުރިހާ ރުފިޔާތައް ލިބޭނެތީ ދައްތަ އެކަމާމެދު ނަފުރަތު ކުރާ ކަމެެވެ.ނަމަވެސް އެއީދެން މީހަކު ރުޅިއަންނަން ކޮންކަހަލަ ކަމެއް ހެއްޔެވެ؟އަހަރެންމީ ބައްޕަގެ ދަރިޔެއްވިއްޔާ ބައްޕަ އަހަންނަށް އަޅާލާނެއްނޫން ހެއްޔެވެ؟ބައްޕަ ދައްތައާއި އިނީކީ ލޮއެއްބަކުންނެއްވެސް ނޫނެވެ.ވީއިރު ބައްޕަ، އޭނާއަށް ވުރެ ބޮޑަށް އަހަންނަށް އަޅާލިޔޭ ކިޔާފަ އޭނާއަށް ކީއްހެވެ؟ނަފުރަތުގެ ރުޅިގަނޑު ހަޖަމްކޮއްލައިގެން ހުންނަންވެސް އޭނާއަށް ހަމަ ނޭނގެނީއެވެ.އެހެން ނޫންނަމަ ކިރިޔާ ކަމެއް ވާއިރަށް އަހަންނަށް އެހާ އަނިޔާއެއް ނުކުރީހެވެ. ބޭނުންހާގޮތެއް ހަދަން އަހަރެން މީ އޭނާއާއި ގުޅުން ހުރި މީހެއް ނަމަވެސް ރަނގަޅެވެ.

ދައްތަގެ ފަރާތުން އަހަންނަށް ކުރިމަތިވަމުން ދިޔަ އަނިޔާތަކަށް ކެތްކުރަމުން ދިޔައިރު އަހަރެންގެ ހިތަށް އަރައެެވެ.އެހާވަރަށް އަނިޔާކުރާއިރު އޭނާގެ ހިތުގާ ރަޙުމުގެ ކަންފުޅެއްވެސް ހަމަ ނެތީބާއެވެ؟ހިތްފުރެންދެން އަނިޔާ ކުރަން އޭނާއަށް އަހަރެން މިއީ ކުޅޭ އެއްޗެއް ހެއްޔެވެ؟އަހަރެންވެސް މިއީ މީހެއްގެ ހުރި ލޯބިވާ ދަރިޔެއްކަން އޭނާ ހިތަށް ނާރަނީބާއެެވެ؟އޭނާފަދައިން އަހަރެންގެ ވެސް ހިތެއް އޮވޭ ވިއްޔާއެވެ.އަހަރެންވެސް މީ އިންސާނެކެެވެ.ކެއްކުރެވޭނީ ވެސް ވަކި ވަރަކަށެވެ.ނަމަވެސް އަދިވެސް ކެތްތެރިވުން ނޫން ގޮޮތެއް އަހަންނަކަށް ނެތެވެ.ނަމަވެސް އިނގޭހެއްޔެވެ؟އޭނާ ކިތަންމެ ރުޅިއައިސް ހުއްޓަސް ބައްޕަ ގޭގައި އުޅޭވަގުތު އޭނާ އަށް ވުރެ ރަނގަޅު މީހަކު ނުހުންނާނެއެވެ.ކުރަންޖެހޭ ކަމެއް ވިއްޔާ ކިތަންމެ މަސައްކަތެއް އޮތަސް ކޮށް ނިންމާނެއެވެ.އޭނާއަށް ލަސްވާނީ ބައްޕަ ތާކަށް ދާނެ އިރެކެވެ.ނަމަވެސް ދައްތައާއި ދެކޮޅަށް އަހަރެން ހުންނަނީ ބައްޕަ ތަނަކަށް ނުދޭތޯ ދުޢާ ކޮއްލަ ކޮއްލައެވެ.ބައްޕަ ނޫޅޭ ވަޤުތު ދައްތަ އަހަންނަށް ކުރާ އަނިޔާތަކުގެ ވާހަކަ ބައްޕަގާތު ބުނަން އަހަރެން ދެތިންފަހަރަކު މަސައްކަތް ކުރީމެވެ. ނަަމަވެސް ކުރާނީ ކީއްހެއްޔެވެ؟ދައްތަ ވަނީ ބައްޕަގެ ލޮލުގައި ވަރުގަދަ އަނދުނެއް އަޅުވާލާފައެވެ.އެ ހުރިހާ ފަހަރަކުވެސް މޮޮޅު ޑްރާމާއެއް ކުޅެލާފައި ބައްޕައަށް އޮޅުވާލީއެވެ.ވީއިރު ރުޙުމުގެ ލޮލަކަށް ޢައިބެއްވެސް ނުފެންނާނެތާއެވެ.ކުރެވޭނެ މާބޮޑު ކަމެއްވެސް ނެތެވެ.އެކްޓް ކުރަންވެސް ކުޅަދާނަ އަންހެނެއްތާއޭ ހިތަށް އެރިއެވެ. ނަމަވެސް ދައްތަގެ ކިބައިން ސަލާމަތްވާން ހަދާނެ ގޮތެއް ވިސްނަން ހުއްޓާ މިހުރިހާ ކަމަކަށް ނިމުމެއް އައީ، ވަޒީފާގެ ކަންތަގުގައި ރަށުންބޭރުގާ އުޅެފައި ބައްޕަ ރަށަށް އައި ދުވަހުއެވެ.

4 ދުވަސް ވަންދެން ރަށުން ބޭރުގައި އުޅެފައި ބައްޕަ ރަށަށް އައި ދުވަހެވެ.ބައްޕަ އައީ ރަށަށް އަންނަ ވާހަކަ އެކަކު ގާތުގައި ވެސް ނުބުނެއެވެ.ބައްޕަ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި އަހަރެން ދުވަސް ގުނަ ގުނާ އިންދައެވެ.އެދުވަހު ފަތިހު މުނާޖާއަށް އަހަރެން ހޭލައި ނަމާދު ކޮށްލައިގެން އިނީ ޤުރުޢާނުގެ މިންވަރެއް ކިޔާލާށެެވެ.އެހެން އިންދާ ދައްތަ ގޮވާ އަޑަށް އަހަރެން ދިޔައީ ބަދިގެދޮށަށެވެ.އޭނާއަށް ކޮފީތަށްޓެއް ހަދައިދިނުމަށްފަހު އަހަރެންވެސް ކޮފީތަށްޓެއް ހިފައިގެން އިރުއަރާ މަންޒަރު ބެލުމަށް ދިޔައީ، އަހަވަށް އެތަނުން ދެވޭތޯއެވެ.އަހަރެން ދަންދެން އަހަންނާ ޑިމާލަށް ވަށްކަޅިން ބަލަހަށްޓައިގެން ފާޑަކަށް އޭނާ ހުއްޓެވެ.

ގިނަ އިރުތަކެއް ވަންދެން އިރުއަރާތަން ބަލަން އިނދެއިނދެފައި އަހަރެން އަނެއްކާވެސް އަވަސްއަވަހަށް ގޮސް ބަދިގެއަށް ވަނީ  ހެނދުނުގެ ސައި ހެދުމަށްޓަކައެވެ.މިއީ ބައްޕަ ދައްތައާއި އިން ފަހުން އަހަރެން ކޮންމެ ދުވަހަކު ވެސް އުޅެންޖެހޭ ޙާލެވެ.ނަމަވެސް އެއީ ބަންދު ދުވަހެއްކަމުން ސްކޫލަށް ދާން ނުޖެހޭނެތީ އަހަރެން ވަކި އުފަލެއް ނުވެއެވެ.ގޭގައި އަބަދު މަސައްކަތް ކޮއްގެންވެސް ދައްތަގެ އަނިޔާތަކާ ކުރިމަތިލުމަށް ވުރެ، ސްކޫލުގައި ގިނައިރު ހުރުން ވެސް އަހަންނަށް މާ ރަނގަޅެވެ.ނަމަވެސް އަހަރެން ގޭގައި ނެތަސް ވަކި ވާ ކަމެއް ނޯވެއެވެ.އޭނާގެ ކަމަކަށް ވާނީ އަހަންނަށް އިންތިޒާރުކުރުމާއި ފިލުމުބެލުމެވެ.އަހަރެންލަށްވާ ކައްކާފައި ދެން ކައިފާނެއެވެ.އެހެންކަމުން އަހަރެން އަވަސް އަވަހަށް ކާން އެއްޗެއް ތައްޔާރުކޮއްފައި ގޭދޮށް ކުނިކަަހަން ނުކުތީމެވެ.އޭނާ ގޭތެރޭގައި އަހަންނަށް ލޯއަޅައިގެން އިން އިރު އެއްޗަކުން ޖަހާފާނެކަމުގެ ބިރަށްޓަކައެވެ.އޭރުވެސް ރޭގައި އަހަރެން ތަށިތަށް ނުނަގާ ބޭރަށް ދިއުމުން، އޭނާ އަހަރެންގެ މޫނުމަތީގައި ޖެހިތަނާއި އަތުގައި ބާރުބާރަށް ހިފާފައިހުރި ކަމުގެ ނިޝާން ފާޅުވާން ހުއްޓެވެ.

ކުނިކަހާ ނިންމާލާފައި ތެދުވިއިރު ކިރިޔާ ކޮޅަށްހުރެވޭ ކަމެވެ.ވާނީވެސް އެެންތާއެވެ.ނުކައި ހުރެ ހުރެ މީހާ ހީވަނީ މިހާރު މަރުވެފައި ހުރި މައްޔިތެއް ހެން ވިއްޔާއެވެ.ވަރުބަލިކަމާއެކު ހިނގާލާފައި އަހަރެން ދިޔައީ ފެންފޮދެއް ބޯލުމުގެ ނިޔަތުގައި ބަދިގެއަށެވެ.ސިންކު ކައިރީގައި ފުން ޙިޔާލަކަށް ގެއްލިފައިހުރި އަހަރެން ސިއްސައިގެން ދިޔައީ ނުއެނގި ހުއްޓާ އަހަރެން އަތުން ވެއްޓުނު ބިއްލޫރި ތަށީގެ އަޑަށެވެ.އެވަގުތު އަހަރެންގެ ހިތް އަނގައަށް ނައީ ކިރިޔާއެވެ.ތުރުތުރު އަޅާ ޙާލު އެ ބިއްލޫރިކޮޅުތަށް އަތުން ނަގަމުން ދިޔަ އަހަރެން، ހުރި ތަނަށް އަނބުރައިގަތީ، ދެފައި ދަމައިގެން ސޯފައިގައި ޓީވީ ބަލަން އިން ދައްތަ، ހަމަ އެ އަޑަށް ފުންމައިގެން އައިސް ދެވަނަ ފަހަރަށް އަހަރެންގެ މޫނުމަށްޗަށް އަރުވާލި ބާރު އެތިފަހަރުންނެވެ.ހީވީ ގައިގަ ހުރިއްޔާ ހުރި ބާރެއްލާފައި ޖެހި ހެންނެވެ.އޭރު އަހަންނާ ދިމާލަށް އެއްޗެކޭ ބުނަން އޭނާ ހުޅުވާލި އަނގަ ލައްޕަން މަޖުބޫރުވީ ގޭގެ ދޮރުހުޅުވާފައި ވައިން ބައްޕަ، ދައްތަގެ ނަން ހަރުއަޑުން ގޮވާލި އަޑަށެވެ.ބައްޕަ އައި ގޮތަށް އައިސް ދައްތަގެ މޫނުމަތީގައި އެތިފަހަރެއް އަޅާފައި އަވަސްވެގަތީ އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށެވެ.ދަމުން ދިޔައީ ދައްތަ ޕޮލިހުންނާވެސް ހަވާލު ކޮޮޮށްފައެވެ.

އުނދަގުލުން ނަމަވެސް އަހަރެން ދެލޯ ހުޅުވާލި ވަގުތި ފުރަތަމަވެސް ފެނުނީ ހުދުކުލައިން ފަރުމާ ކޮއްފައިވާ ސީލިންގއެވެ.ދެކޮޅު ދެކޮޅަށް ނަޒަރު ހިންގާލިއިރު ކައިރީގައި ބައްޕަ އިނުމުން މި އޮވެވުނީ ހޮސްޕިޓަލުގައިކަން ރޭކާލުމުން ވީ ގޮތް ދެނެގަނެވުނެވެ.ބައްޕަ ބުނި ގޮތުން އަހަރެން ހޭ ނާރާތާ ގަޑި އިރެއް ވެއްޖެއެވެ.އެވަގުތު، މީގެ އިރުތަކެއް ކުރިން ވީ ކަންތައް ހަނދާނަށް އަންނަން ފެށުމުން ކަރުނަތަށް އޮހިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.ބައްޕަ އަހަރެން ހުއްޓުވަން މަސައްކަތް ކުރިއެވެ.އެވަގުތު ބައްޕައަށް އަހަރެން، ދައްތަގެ ހުރިހާ ވާހަކައެއް ކިޔަދޭން ފެށީމެވެ.ބައްޕަ އެކަމާ ހުރީ ވަރަށް ދެރަވެފައިކަން މޫނުމަތިން އަހަންނަށް ދެނެގަނެވުނެވެ.ބައްޕަ ހުރީ ބުނާނެ އެއްޗެއް ނޭނގި ހުއްޓިފައެެވެ.އިރުކޮޅެއްފަހުން އަހަރެން ބައްޕައަށް ގޮވާލުމުން ބައްޕަ ބުނީ ހާސް ނުވުމަށާއި  ބައްޕަ ދައްތަ ވަރި ކުރީ ކަމަށާއި އޭނާ ވީ ޕޮލިހުންނާ ހަވާލު ކޮށްފާ ކަމުގައެވެ.އަދި ދެން ބައްޕަ ގަސްދުކުރަނީ އިތުރު މީހަކާއި ނީނުމަށް ކަމަށާއި، އިތުރު މީހަކާ އިންނަ ނަމަ އަހަރެން ގާތުގައި ބުނެފައި ނޫނީ ނީންނާނަން ކަމަށެވެ.ބައްޕަ މިހެން ބުނުމުން އަހަރެން ހުރީ ނުހަނު އުފާވެފައެވެ.ހަމަ އެވަގުތު ނަރުހަކު އައިސް އަހަރެންގެ އަތަށް ގުޅާާފައިވާ އައި.ވީ ކަށި ނައްޓުވާލާ، ރަނގަޅަށް ކެއުމަށް އެދުމަށް ފަހު ގެއަށް ދިޔުމަށް ފުރުސަތު ދިނެވެ.އަހަރެން ބައްޕައާއެކު ގެއަށް ދިޔައިރު މޫނުމަތީގައިވީ، މީގެ އެތަށް ދުވަހެއް ކުރިން އަހަރެންގެ މޫނުމަތީގައި ވި ރީތި ހިނިތުންވުމެވެ.ބައްޕަވެސް މެއެވެ.

އޭގެ ފަހުން މިހާރު އަހަރެއްހާ ދުވަސް ވީއެވެ.އަދިވެސް އެހަނދާންތައް އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައި ވެއެވެ.ނަމަވެސް މިހާރު އަހަރެން އެހެން މީހުންނާ ވާހަކަ ދައްކާ އުޅެމެވެ. ގަޑިން ގަޑިއަށް ރަނގަޅަށް ކައިގެން އަހަރެން މިއުޅެނީ ހިތްހަމަޖެހިގެންނެވެ.ބުރަ މަސައްކަތުން ބައްޕަގެ ހިތްވަރާއެކު ގްރޭޑް 10 ނިންމާ، ސާނަވީ އިމްތިހާނުން ރަނގަޅު ނަތީޖާއެއް ވެސް ހޯދީމެވެ.މިހާރު ގަސްދު ކުރަނީ ގްރޭޑް 11 ކިޔެވުމައިގެން ކުރިއަށް ދިއުމަށެވެ.ދައްތަ އާއި ވަރިވިފަހުން ބައްޕަ އެހެން މީހަކާ އަދި ނީނދެއެވެ.ބައްޕަ އަހަރެން އެކަނި ކޮއްފައި އެއްތާކަށް ވެސް ނުދެއެވެ.ދައަތަގެ މައްސަލަ އަށް ފަހު، މިހާތަނަށް އެފަދަ ހިތްދަތި ކަމަކާ ކުރިމަތިލާކަށް ނުޖެހެއެވެ.އަހަރެންނާއި ބައްޕަ މި ދިރިއުޅެނީ ހިތްހަމަޖެހިގެން އުފަލުގައެވެ.

 

– ނިމުނީ –

 

* ކިޔުންތެރިންގެ ސަމާލުކަމަށް!! *

މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ.އެހެންކަމުން މިވާހަކައިގައި ބައެއް މައްސަލަތައް ހުރެދާނެއެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމެވެ.ނަމަވެސް އަޅުގަނޑު ދެން ލިޔާ ވާހަކައެއްގައި އެ ކަންކަން ރަނގަޅު ކޮއްލަން މަސައްކަތް ކުރާނަމެވެ.ކިޔުންތެރިންނަށް މި ވާހަކަ ކަމުދިޔަ ކަމަށް އުންމީދުކުރަމެވެ!

 

 

Share Article

Follow Me Written By

EEKKO

Level 1

Other Articles

Previous

މުޅި ހިތް ބޭޤަރާރު ވެއްޖޭ-5

Next

ދެވުނީ ވޭނޭ 28

Next
December 27, 2025

ދެވުނީ ވޭނޭ 28

Previews
December 27, 2025

މުޅި ހިތް ބޭޤަރާރު ވެއްޖޭ-5

2 Comments!

  1. savuu_17 savuu_17 says:
    December 29, 2025 at 1:47 am

    Masha allah..vhk vvv reethi..keep it up gurll

    1. Anonymous says:
      December 29, 2025 at 9:04 pm

      thnxx! ^_^
      vrh ufaa vehje vaahaka reethi v ma!
      iA will try to write better!

Comments are closed.



All Right Reserved!