ވިދަވިދާ ހުރި ދޯދިތައް އޮބި،އޮއްސުނު އިރާއެކު ކަނު އަނދިރިކަން ދުނިޔެއަށް ވެރިވެއްޖެއެވެ. ގޭގެ ބޮޑުފެންޑާ ތެރެއިން ސިފަވަނީ އާ ދުވަހަކަށް ދުނިޔެ ދޮންކުރަމުން އަންނަ މަންޒަރެވެ. އެކި ދިމަދިމާ ގައި ހަރުކޮށްފައިވާ ތަސްވީރުތަކާއި އެތުރިފައިވާ ރަންރިހީގެ ތަކާއި މެޑަލްތަކުން އެޅިފައިވާ ދަޅައިން މުޅިތަންވަނީ ހުޅުދާންވެފައެވެ. އެ މަންޒަރަށް ގެއްލިފައި އަހަރެންނަށް ހެރެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނޭނގުނެވެ. ގަޑީގެ ކަށި ނުއަތުން އެނބުރޭނެ ނަމަ ހާދަހާ ރަނގަޅޭ ހިތަށް އަރައެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުން އަހަރެންނަށް ކުރާނީ […]
ގިނަ ރޭރޭ އޮފީހުން ނިމިގެން އީނާއަށް ގެއަށް އާދެވެނީ އިޝާނަމާދުގެ ފަހުންނެވެ. މިރޭވެސް އޭނާއަށް ގެއަށް އާދެވުނީ އާދައިގެމަތީން ވަރަށް ލަސްވީ ފަހުންނެވެ. ވަރުބަލިވެފައި ހުރިވަރުން އަވަހަށް އޮށޯތި ފަތިހު ހޭލުމަށް ނިޔަތްގަނެގެންނެވެ. ނަމަވެސް ކުއްލިއަކަށް ކުރެވެން ފެށި ހިޔާލުތަކެއް ނިދި މާ ދުރަށް ފޮނުވައިލިއެވެ. ހިތަށް ސިފަވީ އައި މަގުމަތީގައި ފެނުނު މަންޒަރެވެ. އަޅާލާނެ ޔާރެއް އިޔާރެއްނެތި މުޅި ދުނިޔެއަށް ބާކީވެ ގިނަވުމަކީ ދުނިޔެ މަތީގައި އިންސާނަކަށް ކުރިމަތިވެދާނެ އެންމެ ބޮޑު އެއް ހިތާމައެވެ. އީނާގެ […]
ޒުކާން މިދިލިގަހެއްގައި ލެނގިލައިގެން ހުރެ ވިސްނަމުންދަނީ ވީރާނާވަމުންދާ އޭނާގެ ހަޔާތާމެދު ގައެވެ. އެވޭނީ އިހުސާސްތައް މުޅި ހަށިގަނޑުވެސް ކުރާކަހަލައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ތިމާ ދިރިހުއްޓާ މަރުގެ އިންޒާރު ވަނީ ލިބިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ ؟ ތިމާއަށް އަމިއްލައަށް އުޅެވުނު ގޮތުގެ ނަތީޖާއެވެ. ޒުކާނަކީ ހދ. ކުޅުދުއްފުއްޓަށް އުފަން ޒުވާނެކެވެ. ރީތި އިސްކޮޅަކާއި ރޫފަވެތި، ހަށިގަނޑެއްގެ ވެރިއެކެވެ. މީހުންނަށް އަޅާލާ ހިތްހެޔޮ ކަމުގެ ނަމޫނާ އެކެވެ. އަދި ޒުކާނަކީ މީހުންނަށް ޤަދަރުވެސް ކުރާ ޒުވާނެކެވެ. […]
މީހުން ބުނާތި އަހަމެވެ. މައިންބަފައިން ދުވަހަކު ވެސް ދަރީންނަށް ދެރަގޮތެއް ނުހަދާނެއެވެ. މައިންބަފައިން ދަރީން ބަލާ ބޮޑުކުރަނީ ވަރަށް ފޮނި އުންމީދު ތަކަކާއެކުގައެވެ. ދަރީންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށް ބުރަ މަސައްކަތްތަކެއް ކުރެއެވެ. އެއްވެސް މަޔަކު ދަރިޔަކަށް ދެރަގޮތެއް ވުމަކަށް ނޭދޭނެއެވެ. ބޭނުންވާ ހުރިހައި ކަމެއް ފުރިހަމަކޮށް ނުދެވުނަސް ދަރީންދެކެ އިންތިހާ އަށް ލޯބި ވާނެއެވެ. ދަރީންގެ ހައްޤު ގައި ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވެދާނެއެވެ. މި ހުރިހައި ކަމެއް މިއަދު އަހަންނަށް ވިސްނުނެވެ. ނަމަވެސް […]