ޔަލްވީއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޔުވާން ވަރަށް ބާރަށް ގެއިން ނުކުތެވެ. ޔުވާން ގެއިން ނުކުމެ ކާރަށް އަރައި ވަރަށް ބާރަށް ދުއްވާލިއެވެ. ޔުވާންގެ މިސްރާބުހުރީ މމ.ޒިލައިޓަށެވެ. ޒިލައިޓް ކުރިމައްޗައް ކާރު މަޑުކޮށް އެތެރެއަށް ވަދެގެންދިޔައިރު ކުރިމަތީ ބޮޑު އއަކުރުން ‘އޭ އޭ ކޮމްޕެނީ’ (އަލްފަރ އާރކިޓެކްސް ކޮމްޕެނީ) ޖަހާފައިން ދޮރުން އެތެރެއަށް ވަދެ ލިފްޓޓުގެ 15 ވަނަ ފްލޮރއަށް ފިއްތާލިއެވެ. ލިފްޓުގެ ދޮރުހުޅުވުނީ ޓެރަހަށްށެވެ. “އަޒާން! ކިހިނެއްވީ؟ ބޮޑު ކަމެއްވީތަ؟ ހާދަ ހާސްވެފަ؟” ޔުވާން ހާސްވެހުރެ […]
ހަވީރުގެ ހިތްފަސޭހަ ވަޤުތެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާރމިނަލްގައި ތިބި އެންމެންގެ ކަޅިތައް އަމާޒުވަމުން ދިޔައީ ބެންޗެއްގައި ތިބެ ސަކަރާތް ޖަހަމުން ދިޔަ ދެ ޒުވާނުންނަށްށެވެ. އެ ދެޒުވާނުންކައިރިން ހުރަސްކޮށްފައި ދާ ކޮންމެ އަންހެން ކުއްޖެއްގެ މޫނުމަތިން ފެންނަމުން ދިޔައީ އަންތަރީސް ވާފަދަ ކުލަވަރެވެ. މިހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ޔުވާންގެ ރީތިކަމަކީ މީހުން އާޝޯހު ކުރުވާފަދަ ޖާދުވީ ރީތިކކަމެކެވެ. ޔުވާންގެ ކަސްރަތީ ހަށިގަނޑާއި ތުނިކޮށް ކޮށާ ‘މެއިންޓެއިން’ ކޮށްލެވިފައިވާ ތުބުޅިއަކީ ގިނަ އަންހެން ކުދިން އެންމެ […]
ކުޑައިރުންސުރެ އެންމެ ގާތްކޮށް އުޅުނު އާޔަތު އާއި ޔަލްވީ ވަކިވެގެން ދާންޖެހުނީ ރަށުފެންވަރުގައި ތަޢުލީމު ޙާސިލްކުރެވެން އޮތް އެންމެ މައްޗަށް ކުރުމަށްފަހު ރާއްޖެއިން ބޭރަށް ކިޔަވަން ދާންޖެހުމުންނެވެ. ކިޔެވުންނިމި 6 އަހަރު ފަހުން އާޔަތު އާއި ޔަލްވީ އަލުން ދިމާވވެ، ކުރިއެކޭ އެއްފަދައިން ‘ސިސްޓަރ ބޮންޑް’ ވަރުގަދަވިއެވެ. ރާއްޖެއިން ބޭރުން ތަޢުލީމް ޙާސިލްކުރުމަށްފަހު އެނބުރި ރާއްޖެ އައިސް އާޔަތު އާއި ޔަލްވީ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ތައްޔާރުވާންފެށިއެވެ. ‘ކަރިއަރ’ ފެށި ހިސާބުން ދެމީހުންގެ ދިރިއުޅުންވެސް ހީނުކުރާ ފަދަ […]