ކޮޓަރިތެރޭގައިވީ ހަމަހިމޭންކަން ނަގައިލަމުން ދިޔައީ އަހަރެންގެ ފޯނަށް އަންނަމުން ދިޔަ މެސެޖުތަކުގެ އަޑެވެ. އެހެނަސް އެކަމަކަށް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ. އެ މެސެޖު ކުރަނީ ކާކުކަމާއި ކީއްކުރަންކަންވެސް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ފޯނުގެ ރިންގު ކަނޑާލައިފައި އަހަރެން ތެދުވެ ހިނގައިގަތީ ކުޑަދޮރާ ދިމާލަށެވެ. އެތާ ކައިރީގައި ހުރި ކުނިވަށިގަނޑުގައި އޮތީ، އަހަރެން ވަރަށް ލޯބިވި އަދި އަހަރެންގެ ހިތުން އަހަރެންދެކެ ވެސް އެހާމެ ލޯބިވާ، ޖައިލަމް ދިން މާބޮނޑިއެކެވެ. ނަމަވެސް މިއަދު އެ މާތައް […]
ކޮޓަރިތެރޭގައި އަވަދިނެތި ނަރުހުންނާއި ޑަކުޓަރު މަސައްކަތް ކުރަމުން ދެއެވެ. އަހަރެންގެ ލޯ ހޯދަމުން ދިޔައީ އަހަރެންގެ ލޯބިވާ ދަރިފުޅެވެ. ފިރިހެން ކުއްޖެކޭ ބުނާ އަޑު އިވުނެވެ. ހިނިތުންވެލެވުނެވެ. ދެކިލަން ކެތް މަދުވިއެވެ. އެކަމަކު އަހަރެންގެ ގާތަށް އެކުއްޖާއެއް ނުގެނެއެވެ. އެއީ ކީއްވެހެއްޔެވެ؟ އަހަރެންނާ ދުރަށް ނުގެންދިޔުމަށް އާދޭސް ކުރާނެހާ ހިތްވަރެއްވެސް އަހަރެންގެ ގަޔަކު ނެތެވެ. މަޑުމަޑުން ލޯ މެރެން ފެށިއެވެ. ޑަކުޓަރު އައިސް ނޭވާ ހޮޅިއެއް ގުޅި ފަހުން މުޅިން އަނދިރިވެ ފުން ނިންޖަކަށް ދެވުނެވެ. އަނެއްކާވެސް ލޯ […]