Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އުންމީދު

Hamya Level 1
February 13, 2022 2 Mins Read
0 Comments

ކޮޓަރިތެރޭގައި އަވަދިނެތި ނަރުހުންނާއި ޑަކުޓަރު މަސައްކަތް ކުރަމުން ދެއެވެ. އަހަރެންގެ ލޯ ހޯދަމުން ދިޔައީ އަހަރެންގެ ލޯބިވާ ދަރިފުޅެވެ. ފިރިހެން ކުއްޖެކޭ ބުނާ އަޑު އިވުނެވެ. ހިނިތުންވެލެވުނެވެ. ދެކިލަން ކެތް މަދުވިއެވެ. އެކަމަކު އަހަރެންގެ ގާތަށް އެކުއްޖާއެއް ނުގެނެއެވެ. އެއީ ކީއްވެހެއްޔެވެ؟ އަހަރެންނާ ދުރަށް ނުގެންދިޔުމަށް އާދޭސް ކުރާނެހާ ހިތްވަރެއްވެސް އަހަރެންގެ ގަޔަކު ނެތެވެ. މަޑުމަޑުން ލޯ މެރެން ފެށިއެވެ. ޑަކުޓަރު އައިސް ނޭވާ ހޮޅިއެއް ގުޅި ފަހުން މުޅިން އަނދިރިވެ ފުން ނިންޖަކަށް ދެވުނެވެ.

އަނެއްކާވެސް ލޯ ހުޅުވުނު އިރު ކައިރީގައި އިނދެގެން މަންމަ އާއި ފިރިމީހާ ރޯތަން ދުށީމެވެ. އަހަރެން އޮތީ އަދިވެސް ނޭވާހޮޅި އާއި އައިވީ ގުޅައިފައެވެ. ދަރިފުޅުގެ ހުރިހާކަމެއްވެސް ރަނގަޅުކަމަށް ޑަކުޓަރު ބުނާއަޑުއެހީމެވެ. ދެން އެހެންވިއްޔާ ހިތާމަ ކުރަންވީ ސަބަބެއް އަހަރެންނަކަށް ނުފެނުނެވެ. ދެން އިވުނީ ޑަކުޓަރުގެ ޖުމުލައެކެވެ. “ފިރުޝާގެ މާ ބޮޑު އުންމީދެއް ނެތް….އެކަމަކު މަސައްކަތް ކުރާނަން” އަހަރެންނާމެދު އުންމީދު ކުރުން ހުއްޓާނުލާށޭ ބުނަން ބޭނުން ވިއެވެ. ނަމަވެސް ގައިގާ އަޅަމުން ދިޔަ ވޭނުން އެކަން ކުރުމުގެ ކުޅަދާނަކަމެއްވެސް ނުލިބުމެވެ. އަހަރެންގެ ދަރިފުޅު ބޮޑުވާތަން ދެކެން އަހަރެން ބޭނުމެވެ. މިދިޔަ ނުވަ މަހު ދަރިފުޅަށް ހެދި ހުރިހާ ހަދިޔާއެއްގެ ފޮނިކަން ލިބިގަންނަތަން ދެކެން ބޭނުމެވެ. އެތަކެއް ރެޔެއް ނުނިދާ ފެހި ހެދުންތައް ލާތަން ދެކެން ހުންނަން ބޭނުމެވެ. ފުރަތަމަ ފިޔަވަޅާއި ފުރަތަމަ ހީލުމާއި އެ ހުރިހާކަމެއް ގާތުން ދެކެން ބޭނުމެވެ. ދެން އަދިވެސް އަހަރެންނާމެދު އުންމީދު ކަނޑާލަނީ ހެއްޔެވެ؟ އެހެން ވިޔަ ނުދޭށެވެ. އަހަރެންގެ ހިތުން އަބަދުވެސް އެބަ ދުޢާ ކުރަމެވެ. ކޮންމެ ވަގުތަކު ކުޅަދާނަ ވީ ގޮތަކަށް ނަމާދު ކުރަމެވެ. އުންމީދު ކުރުން ހުއްޓާ ނުލާށެވެ.

ދަރިފުޅު ގެނަސްދިނީ ފިރިމީހާއެވެ. ހިތުގައި އެއްފަހަރާ އެތަކެއް ވިންދެއް ޖަހާލިއެވެ. އެންމެންވެސް ބުނަނީ ވައްތަރީ އަހަރެންނާއި ކަމަށޭ ފިރިމީހާ ބުންޏެވެ. އަހަރެން ހީލީމެވެ. ދަރިފުޅު އޮތީ އަރާމު ނިންޖެއްގައެވެ. ލުއި ހިނިތުން ވުމެއް އެކުޑަ ކުޑަ މޫނުގައި ވިއެވެ. އަހަރެންނަށް ރޮވޭ ގޮތް ވިއެވެ. ފިރިމީހާވެސް ހުރީ ފެންކަޅިވެފައެވެ. ނުރުއިމަށް އަހަރެން އިޝާރާތް ކުރީމެވެ. ހިނިތުން ވެވޭތޯ މަސައްކަތް ކުރީމެވެ. ދެލޯ ފުހެލަމުން ދަރިފުޅުގެ ކުޑަ އެނދަށް ލުމަށް ފިރިމީހާ ދިޔައެވެ.

ޑަކުޓަރުން ދަނީ އެތައް މަސައްކަތެއް ކުރަމުންނެވެ. އަހަރެން އުންމީދު ކަނޑައެއް ނުލަމެވެ. އިރާދަކުރެއްވިއްޔާ އަދި ރަނގަޅުވާނެއެވެ. ދުވަހެއް ދުވަހަކަށް ހާލު ރަނގަޅުވާ ކަމަށް ޑަކުޓަރު ފާހަގަ ކުރިއެވެ. ހިތާހިތުން މާތްﷲ އަށް ޙަމްދު ކުރެވުނެވެ. މިހާރު ނޭވާ ހޮޅި ނުގުޅިޔަސް އޮވެވެއެވެ. މަދުންމަދުން ވާހަކަދައްކާލެވެއެވެ. ދަރިފުޅު ކައިރި ލައިގެން އެތައްއިރަކު އޮންނަމެވެ. މިގޮތުގައި ދެހަފްތާއެއްވަރު ވެއްޖެއެވެ. ދަރިފުޅު ބޮޑުވެގެން އަންނަ އިރު އެކުގައި ކުރާނެ އެތައްކަމަކާ މެދު ޚިޔާލު ކުރަމެވެ. ފިރިމީހާއާއި ދަރިފުޅާއިއެކު މަޖާކޮށް ސަކަރާތް ޖެހާތަން ސިފަ ކުރެވެއެވެ.

ދުވަހެއްގެ މެންދުރެވެ. މެޔަށް އަރައިގެން އައީ ދިލަ ތަދެކެވެ. ނޭވާ ލާން އުނދަގޫވާން ފެށިއެވެ. ބޮލުގައި ވަނީ ގަދަ ރިހުމެކެވެ. ހިތުގެ ތެޅުން ބާރުވީ ކުއްލި ގޮތަކަށެވެ. އަހަރެންގާތު ހޮސްޕިޓަލްގައި އެވަގުތު އިނީ މަންމައެވެ. ޑަކުޓަރު ވަރަށް އަވަހަށް އެތަނަށް ހާޒިރުވިއެވެ. އަހަރެންނަށް ހީވަނީ މަރުބައްޔާ ކުރިމަތިވެފައި ވީހެންނެވެ. ވަގުތުން އައި.ސީ.ޔޫ އަށް ގެންދެވުނެވެ. ނަތީޖާއަކަށްވީ ކެންސަރެވެ. ފަރުވާދިނުން އަވަހަށް ފެށިއެވެ. ހާލު ވަރަށް ދެރައެވެ. ދަރިފުޅު ނުފެންނަތާވެސް ހަފްތާއެއް ވެދާނެއެވެ. ފިރިމީހާ އާއި މަންމަވެސް ރޯތަން ދެކެމެވެ. ހިތްވަރު ކުރުމަށް ނަސޭހަތްދެއެވެ. އަހަރެންނަށް ކުރެވޭހާވެސް ކަމަކީ ލުއި ހިނިތުންވުމެއް ރައްދުކޮއްލުމެވެ. ދަރިފުޅު ދުށުމަށް ހިތް ރޮއެވެ. އަހަރެން އަދިވެސް އުންމީދު ކުރުން ހުއްޓައެއް ނުލާނަމެވެ. އެއީ އަހަރެންގެ ހައްޤެއް ނޫން ހެއްޔެވެ؟

Share Article

Follow Me Written By

Hamya

Level 1

Other Articles

Previous

ވީމޭ އިންތިޒާރުގައި – 16

Next

އެ ހުވަފެން – 7

Next
February 13, 2022

އެ ހުވަފެން – 7

Previews
February 10, 2022

ވީމޭ އިންތިޒާރުގައި – 16



All Right Reserved!